އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފަސް އަހަރުގެ ދައުރަކަށް އެއްބަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިކަން ހާމަކޮށްފައިވަނީ އިބޫ ވެރިކަން ކުރައްވާނީ ދެ އަހާރާއި ބައިގެ ދައުުރެއްގައިތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވާން ފެއްޓެވުމާ ގުޅިގެންނެވެ.

ޖޭޕީގެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ފައްޔާޒު ވިދާޅުވީ، ކޯލިޝަނުން ވަނީ ފަސް އަހަރުގެ ދައުރަކަށް ވައުދުވެފައި ކަމަށާއި ދޮޅު އަހަރުވުމުން އިބޫ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

"އެއްވެސް އިދިކޮޅު ލީޑަރެއްގެ ނުފޫޒެއް ވެސް އިބޫއަށް ނޯންނާނެ. އިބޫ އިސްތިއުފާއެއް ނުދެއްވާނެ " އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ދޮޅު އަހަރުގެ ސަރުކާރެއްގެ ވާހަކައަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮޅު އަހަރުގެ ވެރިކަމަކަށް އިބޫ އެއްބަސްވެ ވަޑައިގަތީ ބައެއްގެ ކަސްތޮޅުގައި އެމަނިކުފާނު ބަދެވިފައިވާތީ ކަމަށެވެ.

"އިބޫގެ ތަޅުގަނޑި އޮތީ އެހެން ބައެއްގެ މުށު ތެރޭގައި. އެބަޔަކު ބުނާގޮތަށް ނޫނީ ފިޔަވަޅެއް އެޅުންވެސް މަނާ. މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ވެސް ނެތް،" އިބޫއަށް ފާޑުވިދާޅުވެ ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، އެޅުވިފައިވާ ކަސްތޮޅުން ނެއްޓި އިބޫގެ މިނިވަންކަން ދައްކުވައިދޭން ޖެހޭ ކަމަށާއި ދޮޅު އަހަރުގެ ބަދަލުގައި ވެރިކަމަށް ކުރިމަތި ލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ޕޯޑިއަމްގައި ރައްޔިތުންނަށް އިބޫ ވިދާޅުވެދޭންޖެހޭ ކަމަށެވެ.

"ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުންވަނީ އަމިއްލަފުޅަށް ކަންކަން ނިންމޭވަރުގެ ގާބިލް މިނިވަނެއް،" އިބޫއަށް އިޝާރާތް ކުރައްވާ ހަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބަށްފަހު ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ގެންނާނެ ކަމަށް ބުނެފައިވަނީ އެމްޑީޕީގެ މެނިފެސްޓޯގައެވެ. އަދި އެ ކަމަކީ އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަލުން ގެނައުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިފައިވާ އިއްތިހާދެއްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ އަސާސްތަކެއް ހިމެނޭ މެނިފެސްޓޯއެއް ނެރެން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސްއަކު އިންތިހާބު ކުރަންޖެހޭނީ ފަސް އަހަރުގެ ދައުރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    ދޮޮގުވެރިން ކިޔާ އެއްޗެއް ކިހިނެއް ގަބޫލް ކުރާނީ....

  2. އަސްލުވެސް ވަރަށް ލޮނުމަޑު

    މޮޔަފުޅުވެލެއްވީތޯ... އެމްޑީޕީން އިބޫއަށް ދީފަވަނީ ދޮޅުއަހަރުގެ ދައުރަކަށް ޝަރުތުކޮށްފަ... ބަލަގަ އިބޫއަށް 5 އަހަރުގެ ދައުރެއް ކޯލީޝަނުން ދިނަސް، ޖޭޕީން ދިނަސް އޭނަޔަކަށް ނުވާނެ... ނުވެސް ކުރެވޭނެ... ވައްޓަަފާޅިއެއް މިޒާޖެއް، ސިފައެއް އަދި ހައިސިއްޔަތެއްވެސް ނެތް.

  3. ނަޢިމާ

    ވރިކަން ލިބިއްޖެނަމަ ( އިންޝާއަﷲ ނުލިބޭނެއެވެ. ) ތިންމަސްނުވަނިސް ތަޅާފޮޅން ފަށާނޭކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން އިންޝާއަﷲ!

  4. ބޭބެ

    ތިހެން އެއްބަސްވާނެ!! އެކަމަކު މެނިފެސްޓޯ ބައްލަވާ ލެއްވިންތޯ؟؟ ތި ކޯޅޭޝަނަށް ވެރިކަން ލިބިއްޖިއްޔާ ލިބޭ ދުވަހުން ފެށިގެން ހަމަ ރަގަނޅަށް ކޯޅެން ފަށާނެ!! އިބޫ އެބުނަނީ ތިމަންނާގެ ވެރިކަމެއްގެ ފުރަތަމަ 3 ދުވަސް ހޭދަކުރާނެގޮތް!! އެތިން ދުވަހު ކުރާނެ ކަންތައްތަކުގެތެރޭ މިހާރު ގާނޫނީ އިމުން ބޭރުވެތިބެ ގާނޫނާ ގަވާޢިދާ ޚިލާފަށް ކުރި ޢަމަލެއް/އަމަލުތަކެއްގެ ސަބަބުން ކޯޓުން ޙުކުމްކޮށް ޙުކުމް ތަންފީޒު ކުރަމުންދާ ބޮދެތި މުޖުރިމުން ދޫކޮށްލާނެކަމަށް!! އެކަން އެކުރާކަމަށް ވަންޏާ އެކުރެވެނީވެސް ގާނޫނާ ޚިލާފް ކަމެއް!! ދެން ކިހިނެތް!! މުޅިންވެސް ޗާޓުން ބޭރުން ކުރިންވެސް ކަންތައްތައް ކުރިގޮތަށް ކުރަން އެބުނަމުން އެގެންދަނީ!! މިވަރުގެ ބަޔަކަށް ކިހިނެތް ވެރިކަން ދޭނީ!! އަޅުގަނޑު ހަނަދާންވަނީ ޖަމީލު ކުރިން ބުނެފައިވާ ބަސްކޮޅެއް!! "ހޮވުނަސް ޙަވާލުނުކުރާނަން" މިބަސްކޮޅު!! މިހާރު އޭނާ އެހެރީ ނަޝީދުގެ އުނގަށް އެއްފައި ވައްޓާލައިގެން!! އަނެއް ދެފައި ލައިގެން އުޅޭތަނެއް ބޮޑަށް އެނގޭނީ އޭނާއަށް!!

  5. ފާގަ

    އިދިކޮޅުން ދިނަސް ނަޝީދުއެްް ނުދެޔޭ. އަބޫއަށް ކީއްވެބާ ނުކެރެނީ ބުނަން ތިމަން 5 އަހަރަށޭ ކުރިމަތި މިލަނީ

  6. ޝާނާ

    އިބޫ ވަނީ ނަޝީދު އަށް 1/2 އިޔާރ ކަމަށް ބުނެ ވަޢުދުވެފަ ބޮޅެއް