ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރާއްޖެ އާއި އިންޑިއާ އަކީ ޒަމާނުއްސުރެން ބަދަހި ގުޅުމެއް އޮތް ދެގައުމެވެ. އެގޮތުން ރާއްޖެއިން މީގެ ކުރިން މަދަނީ އަދި އަސްކަރީ ކަންކަމުގައި އެހީހޯދުމަށްދާ ފުރަތަމަ ގައުމަކީ އިންޑިއާއެވެ. މި ގުޅުން ހީނަރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންޑިއާއިން ރާއްޖޭގެ އެތެރޭގެ ސިޔާސަތުތަކުގައި ފާޅުގައި ވަކިބަޔަކަށް ތާއީދު ކުރަންފަށައި ކުއްވެރިއަކަށް އެގައުމުގެ އެމްބަސީ އިން ހިމާޔަތް ދިނުމެވެ. މުހައްމަދު ނަޝީދަކީ ކުއްވެރިއެއް ނޫންކަމަށް ނިންމުމަކީ އިންޑިއާ އަށް ނުވަތަ އެހެން ގައުމަކަށްވެސް ލިބިގެންވާ ބާރެއް ނޫނެވެ. އެ ކަމަކީ ރާއްޖޭގެ ޝަރުއީ ކޯޓަކުން ނިންމަން ޖެހޭ ކަމެކެވެ. އަދި މި ނިންމުން ނިންމުމުގައި އިންޑިއާ އަދި އެހެން ގަމުތަކުންވެސް ކޯޓުތަކަށް ނުފޫޒުފޯރުވުމުގެ ހައްގު ލިބިގެނެއްނުވެއެވެ. ކަންމިހެން ހުރިކަމުގައި ވީނަމަވެސް ޑރ.ވަހީދު އަދި ޔާމީން ގެ ސަރުކާރުންވެސް ވަނީ އެކި މަޝްރޫއުތަށް ހިންގުމަށް އިންޑިއާގެ ކިބައިން އެހީއަށް އެދިފައިއެވެ. ނަމަވެސް އިންޑިއާއިން ހިންގަމުންދާ ޕްރޮޖެކްޓްތަށް މަޑުޖެހި އިންޑިއާއިން ދޭން އެއްބަސް ވެފައިވާ އެހީތަށް ނުދީ އެގައުމުން ދަނީ ތަފާތު ބަހަނާ ދައްކައި މަސައްކަތް ލަސްކުރަމުންނެވެ. މިއާ ހިލާފަށް ޗައިނާ އިން ހިންގަމުންދާ ޕްރޮޖެކްޓްތަށް ބާރަށް ހިންގައި އޭގެ ނަތީޖާ ފެނުމުން ޗައިނާ ވެގެން ގޮސްފައިވަނީ މި ސަރުކާރުތަކަށް އިތުބާރުކުރެވޭ ބައިވެރިއަކަށެވެ. ކަންމިހެން ހުރުމާއި އިންޑިއާގެ ގަނާކުރުމުގެ ސިޔާސަތުތަކާއިހެދި ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ބަދަހިވެ އިންޑިއާ އަށްވުރެ ޗައިނާ މުހިންމު ވެފައިއެވެ. މީގެ ސަބަބަކީ އިންޑިއާއާއި ހިލާފަށް ޗައިނާގެ ޕްރޮޖެކްޓްތަށް ނިމޭގޮތް އަވަސް ވުމާއި ބަޖެޓް އަށް ފެތޭ ޕްރްޖެކްޓް ތަކަކަށް ވުމެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ދަނީ ރާއްޖޭގައި އޮތް އެގައުމުގެ ނުފޫޒު ނައްތާލަމުންނެވެ. އެހެންކަމުން މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިހާބު ނުވޭތޯ ނުވަތަ ވެރިކަމުން ދުރުކުރަން އިންޑިއާއިން މަސައްކަތްކުރުމަކީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ. އަދި އިންޑިއާގެ އޮފިޝަލުންނާއި އެނަލިސްޓުން ރާއްޖެ އިންޑިއާއި ދެކޮޅަށް މަސައްކަތްކުރާކަމަށް ލޭބަލް ކުރަނީ މިހެންވެގެންނެވެ.

މިކަމުގެ އެންމެ ފަހުގެ މިސާލަކީ 2018 އޯގަސްޓް 13 ވަނަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ ރަސްމީ ޓީވީ ރާޖްޔާ ސަބާ ޓީވީ އިން ގެނެސްދިން އިންޑިއާ މޯލްޑިވްސް ޓައިސް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ޕެނަލްގައި ހިމެނެނީ އިންޑާއާ ކަނޑުގެ ސިފައިންގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ އަބިޖީތު ސިންގް އާއި އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރެލޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް ސުރެޝް ގޮއެލް އަދި އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ފަންޑުކޮށްގެން ހިންގާ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް ޕްރޮފެސަރ އެސްޑީ މުނީ އެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވަމުންދަނީ ރައީސް ޔާމީންގެ ސަބަބުންކަމަށް ބުނެފައިއެވެ. އަދި މިކަމުގައި އިންޑިއާގެ ހާރިޖީ ސިޔާސަތުގެ މައްސަލައެއް ނެއްކަމަށް ދެއްކުމަށް އެމީހުން މަސައްކަތްކޮށްފައިވެއެވެ. އަދި ސަރަހައްދުގެ ޕާކިސްތާނު ފިޔަވައި އެހެން ގައުމުތަކާއި އިންޑިއާގެ ގުޅުން ރަނގަޅުކަމަށާއި ރާއްޖެއަށް ވަރަށް ވަރުގަދަ މެސެޖެއް ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮގްރާމުގައި ދެކެވުނު ވާހަކަތަކުގައި ޕެނަލްގެ ބައިވެރިން ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކާއި ސައުދީ އާއެކު ބަދަހިވަމުންދާ ގުޅުމަކީ އިންޑިއާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަނގަކޮށްފައިއެވެ. މިކަމުން ދޭހަވަނީ އިންޑިއާ އޮތީ ރާއްޖޭގައި އެގައުމުގެ ނުފޫޒު ފަނޑުވަމުންދާތީ ބިރުވެރިކަމެއްގެ ތެރޭގައިކަމެވެ. އަދި ފެބްރުއަރީ 2012 ރާއްޖޭގައި ހުރި ހިންދޫ/ބުޑިސްޓް ބުދުތަކެއް ތަޅާލުމުން އެކަމާ އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އަޅާފައި ނުވާތީ ޕްރޮފެސަރ މުނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދިވެހިން އެންމެ ކަންބޮޑުވާން ޖެހޭ ފަދަ ވާހަކައެއްގެ ގޮތުގައި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކާއިއެކު އިންޑިއާއިން މަސައްކަތްކުރަމުން އަންނަކަމަށް ބުނިބުނުމާއި މީގެ މިސާލެއްގެ ގޮތުން ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ ވާހަކަ އެނާ ފާހަގަކުރުމެވެ. މީގެއިތުރުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި އެގައުމުން ދަނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރާއްޖޭގެ މަސްރަހަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ގައުމުގެ އެންމެ މުހިންމު އިދާރާތަށް ކަމަށްވާ ސިފައިން އަދި ފުލުހުންނަށް ނުފޫޒު ފޯރުވުމަށް އިންޑިއާއިން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށް އެނާ ބުނެއެވެ. މި ޕްރޮގްރާމްގައި ފާހަނގަ ކުރެވުނު އަނެއްކަމަކީ ރާއްޖެއަށް ބިރުދެއްކުމަށްޓަކައި ގަންބޯޓް ޑިޕްލޮމަސީ އާއި ނޭވަލް ބްލޮކޭޑް ފަދަ އަޝްކަރީ ފިޔަވަޅުތައް އެޅުމަށް ސުރެޝް ގޮއެލް ގޮވާލާފައިވާ ގޮވާލުމެވެ. 2015 ވަނަ އަހަރު މިފަދަ ފިޔަވަޅުތަކެއް އިންޑިއާއިން ނޭޕާލާއި ދެކޮޅަށް އަޅާފައިވާކަމަށް ވެސް ފާހަގަކުރެވެއެވެ.

މިކަމުން ހާމަވަނީ އިންޑިއާއިން ބޭނުންވަނީ އެގައުމުން ކަނޑައަޅާ ރޮނގެއް ރާއްޖެއިން ހުރަސްނުކޮށް ރާއްޖޭގެ ތަރައްގީގެ ބައިވެރިޔަކަށް އެގައުމު ނޫން އެހެން ގައުމެއް ހޯދަން އިންޑިއާއިން ނޭދޭކަމެވެ. އިންޑިއާއިން ބޭނުންވަނީ އެގަމުން ކަނޑައަޅާ ގޮތަކަށް އަދި ވަގުތެއްގައި ރާއްޖޭގެ ތަރައްގީގެ ޕްރޮޖެކްޓްތަށް ހިންގުމަށެވެ. މިކަމުގެ ބޭނުމަކީ އިންޑިއާ ނުރުހޭ ވެރިޔަކު އިންތިހާބު ވެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ދުއްތުރާކޮށް ފިއްތުމެވެ. ހިތާމައަކީ ވެރިކަމުގެ ދަހިވެތިކަމުގައި ބައެއްދިވެހިން މިކަންތަތައް ހަދާންނައްތާލައި ދިވެހީންގެ އިސްތިގްލާލު ވިއްކާލާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިހެންވީމައޭ އަހަރެން ކޮމެންޓްކުރަމުންމިދަނީ އިލެކްޝަނަށް ނުފޫޒުވަދެއްޖެއޭ.. އިދިކޮޅުމީހުން ހުއްޓުމެނެތި އިލެކްޝަން ކޮމިޝަނަށް ފާޑުކިޔަނީ އެމީހުންގެ އެއްވެސް ގުޅުމެ އިލެކްޝަން ކޮމިޝަނާ ނެތްކަންދައްކަން.. ހަދާންކުރޭ 1ފެބްރުއަރީގެ ހުކުމް ނެރުނުދުވަހުގެ ހަވީރާޖެހެންދެން އެމީހުން ސްޕުރީމްކޯޓަށް ފާޑުކީ.. ފަޑިޔާރުންނަ ފާޑުކީ.. އެމީހުންނާ ކޯޓުތަކާ ފަޑިޔާރުންނާ ގުޅުންނެތްކަން ދައްކަން އެއްޗެހިގޮވި.. އާޙިރުގަ ކަންވީކިހިނެތްކަން އެއްމެންދެކުނު.. އިންޑިޔާ ސަފީރު 2013ގަ އިންތިހާބުގަވެސް އިލެކްޝަންތެރެއަށްވަދެ ކުރިކަންތައް ރައްޔިތުންނަފެނުނު.. އެހެންވީމަ އަހަރެމެން މިހާރު ޔަގީންކުރަން އިލެކްޝަނަށް ފައިސާގެނުފޫޒު ވަދެއްޖެކަން.. ހަރަދުކުރަނީ އިންޑިޔާއާ އިންޑިޔާގެ މަދަދުގާރުން.. ކޯލިޝަނަށްދޭ ކޮއްމެ ވޯޓަކީ އިންޑިޔާގެ އަޅުވެތިކސމަށްދާން ދެވޭ ވޯޓެ ވިސްނާ... ވިސްނާފަ ވޯޓުދީ.. ގައުމު ސަލާމަތްކުރޭ.. ރޔާމީންއަށް ވޯޓުދީ.. އިންޝާﷲ..

  2. މިއީމިއުޅޭ ނަޝީދުގެނުހޮރޮއްޕާނާހެދި ޖެހޭ އުނދަގޫތައް
    ޢަދި އެމް ޑީ ޕީއަށް ވެރިކަމަށް އާދެވިއްޖެނަމަ އިންޑިޔާއަށް އެއަރ ޕޯތްތަކާ ރާއްޖޭގެ ވަޔާ ކަނޑާ ވަޔާ މިލިޓަރީ ދާއިރާ ވިއްކާލާނެކަން ކަށަވަރު ...

  3. ޥަރަށް ވެސް ރަނގަލު ވާހަކައެއް.ދިވެހިން ތިބެނީ މޮޔަވެފައި

  4. މީއެމްޑީޕީއާ މުހައްމަދު ނަޝީދުގެ ވިސްނުން ، ބޭރުގައުމުތަކުން މިގައުމުގެ އިސްތިގްލާލްއާއިކުޅެން މަގުފަހިކޮށްދިނީމަ މިހާރު ހަޔާތެއްނެއް... މީދިވެހިރައްޔިތުން ވިސްނަންވީވަގުތު... މަގެގައިމާ މަގެދީނާ މަގެއަމްނާނުކުޅޭތި...

  5. މި ސަރަހައްދުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ އިންޑިޔާއިންކަންތާރީޚް ހެކިދޭ.