ބޯހިޔާވަހިޔާވަހި ކަމުގެ ދަތިތަކާއި ގޯތި ދޫނުކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފ،އަތޮޅާއި ދ.އަތޮޅަށް އޭނާ ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ އެތައް މިލިއަން ޑޮލަރެއް ހަރަދުކުރުމަށްފަހު އަތޮޅުތަކުގެ ރައްރަށުން ބިންހިއްކުމަށްފަހު ވެސް، ރައްޔިތުންނަށް ގޯތި ދޫނުކޮށް ލަސްވަމުންދާކަމުގެ ޝަކުވާތައް އެތަށް ރަށަކުން ލިބުނު ކަމަށެވެ.

ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި، އިސްރާފު ކުޑަކޮށް ބޯހިޔާވަހިކަމަށް އިސްކަންދެއްވާނެ ކަމަށެވެ.

"ބޯހިޔާވަހިކަމުގެ ޝަކުވާ ރަށްރަށުންވެސް ލިބެމުންދިޔަ, ޚާއްސަކޮށް ބައެއް ރަށްރަށުން ބިން ހިއްކުމަށްފަހު އެބިންތަކާއި އަޅާނުލާ އަދި ގޯތި ދޫނުކޮށް އޮންކަމުގެ ޝަކުވާ ރައްޔިތުން ކުރި" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ސުކޫލް މަދަރުސާތެރެ ސިޔާސީކޮށް، ޓީޗަރުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ޝަކުވާ ވެސް ރައްޔިތުން ކުރިކަމަށާއި ރަށްރަށުގެ ފެން ތަޣައްޔަރު ވުމާއި، ނަރުދަމާގެ މައްސަލަތައް ވެސް ރައްޔިތުން ފާހަގަކުރާކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ފ.އަދި ދ. އަތޮޅަށް ބަލާލިނަމަވެސް އެ ދެއަތޮޅުގެ ފަޅުރައްތަކުން ވެސް އެރައްޔިތުންނަށް އެއިން މަންފާއެއް ނުލިބޭނެހެން އެކިއެކި ފަރާތްތަކަށް ދޫކޮށްލާފައި އޮތްކަމީވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ޙާއްސަކޮށް މަސްވެރިން ދ.އަދި ފ.އަތޮޅުގައި ވެސް ގިނަ އިރު، މަސްވެރިނަށް އެކަށީގެންވާ އާމްދަނީ ނުލިބޭ މައްސަލައަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް" ފައިސަލް ވިދާޅުވި އެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އިންތިޚާދުގެ ސަރުކާރެއްގައި ޤާނޫނު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަންދޭނެ ކަމަށާއި. އިއްތިހާދެއްގެ ސަރުކާރެއްގައި އިސްރާފު ކުޑަކޮށް، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންދީގެ ރާއްޖެ ތަރަށްޤީކުރައްވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ބޯގަޅި ކެނޑިޑޭޓުގެ ގަމާރު ރަނިންމޭޓް. ........ ރަށެއްގެ ބިން ހިއްކިޔަސް ޖެހިގެން އަންނަ ދުވަހު ގޯތިދޫކުރިކަމެއް އެނގިފައެއްނެތް. ބިމުގެ ޕްލޭން ކުރަހައި ލައްކަ މަސައްކްތަ ކުރުމަށްފަހު ނޫނީ ގޯތި ދޫނުކުރާނެ......... ސިކުޑި އިންނަތަނުގައި އެހެން އެއްޗެއް އިނީމާ ގޮވޭނީ މޮޔަ!

  2. މިސޮރު

    ފައިސަލޫ... ، ތިޔަ އިވުނީ އެންމެ ޝަކުވާއެއްގެ އަޑު އިނގޭތޯ. ތިޔަކަހަލަ ކިތަންމެ ޝަކުވާއެއް ރައްޔިތުން ކުރާނެ. ޝަކުވާތައް އަޑުއެހުމުގެ ޤާބިލުކަން ނެތިއްޔާ، ތިޔަފަދަ ޒިންމާދާރު މަޤާމުތަކަށް ކުރިމަތި ލައިގެން ނޫޅޭ. ތިއީ އަދި އާދައިގެ ޝަކުވާެއް. މީގެ 5 އަހަރު ކުރިން ތިޔަހެން ރައްރަށަށް އަރާ އުޅުނު ނަމަ މާގިނަ ޝަކުވާތައް އަޑުއިވުނީް. މިހާރު ރައްޔިތުންގެ ގިނަ ޝަކުވާތަކަށް ރައީސް ޔާމީން ވަނީ އަޑުއައްސަވާ ހައްލު ހޯއްދަވައިދެއްވާފަ. ދެންވަެސް އެކަންވާނީ ރައީސް ޔާމީން އަށް.

  3. ރާއްޖެ

    ކަލޭމެން ބުނަނީ ރައްޔިތުން އަތަކު ފައިސާއެއް ނެތޭ، ގައުމުގެ އިގްތިސާތު ފުޑުފުޑު ވެއްޖެއޭ، ދެން ކޮންތާކުން ނެރޭ ފައިސާއިން ގެދޮރުއަޅަންތަ ގޯތި ދޭންވީ؟

  4. Anonymous

    ފައިސަލަށް އެކަންޏެއްނޫން ތިޝަކުވާ ލިބެނީ، ރައީސު ޔާމީނަށާއި ސަރުކާރަށްވެސް ލިބޭ ތިފަދަ ޝަކުވާތައް، ހަގީގަތް ސާފުވާއިރު ވާގޮތަކީ ރަށު ކައުންސިލަރުންނާއި މޭޔަރުންނަށް އެމްޑީޕީ މީހުންތިބި ރަށްރަށުގަ ތިމައްސަލަ އެންމެބޮޑީ، އެމްޑީޕީ ކައުންސެލަރން ބޭނުމެއްނުވޭ ރައްޔިތުންނަށް ބޭނުންވާ އެއްވެސްކަމެއް މިސަރުކާރުން ފަހިކުރުވާކަށް، އެމްޑީޕީ އެބޭފުޅުން ބޭނުންވަނީ މިސަރުކާރަކީ ރައްޔިތުންނަށް ދަތިކުރާ ފައިދާއެއްނުދޭ ސަރުކާރެއްކަމަށް ރައްޔިތުންނަށް ދައްކާ، ސަރުކާރާއި ރައްޔިތުންގެ މެދުގާ ފިތުނަ ފަސާދަޢުފައްދަން

  5. Anonymous

    ތިޔަބުނާފަދަ ރައްޔިތުންނަށް ގޯތިދޫކުރުމާއި ފުޓްސެލްފަދަ ބިންތައް ދޫކުރުންފަދަ ކަންތައްތަކަކީ ރަށްރަށަށް ހޮއްވާފައިވާ ކައުންސިލަރުންގެ ފަރާތުން ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ކަންތަށް، ގިނަރަށްރަށުގައި ތިބި ކަލޭމެންގެ ރީނދޫ އިދިކޮޅު ކައުންސިލުންވީމަ އެއީ އެފަދަ ގާބިލުކަމެއްނެތް ނާތަހުޒީބު މީހުންނަށްވާތީ ކައުންސިލްގެ ޒިންމާ އަދާނުކުރެނީ، ދެންވެސް ކައުންސިލަރުން ހޮވާއިރު ގާބިލު ޒިންމާދާރު ކައުސިލުން ހޮވުމަށް ރައްޔިތުންގެ ވިސްނުން ބަހައްޓާ، މިނޫންގޮތަކަށް ތިފަދަ މައްސަލަ ހައްލުނުވާނެ

  6. ޝާނާ

    ފައިސަލްމެނަށް ނޭނގޭނެ މުޅި އާއިލާ ކައިބޮހެ ހަދަނީ ޤާސިމް ކާންދިނީމަ ދެން ރަށްރަށުގެ މީހުން ބޭނުންވާ ކަންކަމުގެ ވާހަކަ ދެއްކީމަ ތިހާ ވަރަށް ހާސްވެ ނޭވާ ހޮޅިޔަށް އެޅި ތެޅިފޮޅެނީ އެކަން ކުރާނެ ގޮތެއް ނުވިސްނޭ ދޯ ހަހަހަ

  7. ދ.އަތޮޅު

    ވަރަށް ރަގަޅު ވާހަކައެއް. ރައްޔިތުންނަށް ފައިދާ ނުލިބޭގޮތަށް ފަޅުރަށްތައް ދިނުމަކީ މައްސަލްއެއް. މިހާރު ސަރުކާޜު ރަށް ދޫކޮށްފައި ހުރީ އެރަށްރަށުގެ ކުލި ލިބޭގޮތަށް. އެމް.ޑީ.ޕީން މ.ފ.ދ ދަތުރު ފެރީއެޭކިޔާފަ ދ.އަތޮޅުން ދެ ފަޅުރަށް ކުއްޔަކާ ނުލާދީފައި އޮތީ، ފެރީއަށްވެސް އަރަންޖެހޭނީ ލާރި ދީގެން ކޮތަޅެއް ލީއާ ލާރިދޭންޖެހޭ.

  8. އަލީ

    ގަމާރު ބޯގަޅި ނުކިޔަވާ އިބޫގެ ރަނިންމޭޓު ކޮސްގޮވަނީ.

  9. ރިމް

    ރަނިންމޭޓަކާ ވަރަށް ވައްތަރު! ހަމަ މަސްނުބޭނުނީމަ މހރ ކެޔޮޅުދާހެން ތިހުރީ ދެއަތް ފުރަގަހަށް ބަދެފަ!

  10. ފައިސަލް ނަސީމު

    ކީއްވެތަ އެރައްރަށުން އެމީހުންނައް ގޯތިދޫނުކުރީ ގޯތިދޫކުރެއްވިނަމަ ކޮންމެވެސްވަރެއްގެހިތްހަމަޖެހުމެއް އެމީހުންނައްވެސްލިބުނީސްދޯ

  11. އޭނަ

    އެމްޑީޕީ އަށް ވެރިކަން ނުދެއްވާނދޭވެ