ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ރަޝާދުގެ ޕްރޮގްރާމްތައް ޓީވީއެމް އިން ދެއްކުން ރައީސް އޮފީސް އިން މަނާ ކޮށްފިއެވެ.

އެސްޓީއޯ އެމްޑީ ތާއިދު ކުރައްވަނީ، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.

"ވަގުތު"އަށް އެނގިފާއިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދު އެވެ.

ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ.

އަދި އެ ޕްރޮގްރާމްގެ ބަދަލުގައި މިރޭ ދައްކަމުން ދާނީ ރިޕީޓް ޕްރޮގްރާމެކެވެ.

މިކަމާއި ގުޅިގެން ޓީވީއެމް އިން ވެސް އަދި އެސްޓީއޯއިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަސްމާ

    އަމްރު ބަހައްޓައިގެން އެސްޓީއޯ އިން ވަގުވިޔަފާރި ކުރުން މެކުހުގައި.

    17
    6
  2. ޙާލަތު

    އިބޫއަށް ތާއީދު ނުކުރާ ރައްޔިތުންނަށް ވާނެގޮތް ދެން ވިސްނާލާ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    28
    3
  3. ހަސަނާ

    ރައީސަކައް ހުދުމުހުތާރުވެވޭނީ މިވަރައް ވެރިކަންހޯދަން ދެއްކިހުރިހާވާހަކައެއް ބިލާހާކައްވެ ދަރަނި ދަންތުރައިގެ ބިޔަބޮޑުދަންތުރައެއްގަ ގައުމު އެޅުވިރައީސް ބައިތުލްމާލުދިރުވާރައީސް ދޮގުހަދާރައީސް ޑަޒަނުން ފުނިފުންޏައް ސްޓޭޓުމިނިސްޓަރުން ކޯޑިނޭޓަރުން ލާ މަތިބަރުސަރުކަރު ހިންގާ ރައީސް.......މަކަރު ރައީސް

    31
    2
  4. ބޯދިގުޒައީމް

    މުގާބެއެއް އުފަންވީ ރާއްޖެއިން 30 އަހަރުފަހުން އުފަންވިއިރުވެސް އުމުރުންދުވަސްވެފަވަނީ ބަކުން ކާން ގޮނޑީގަ 25 ވަރަކައްއަހަރު ހިބަރުވަދު އަޅަން 2 މަސްދުވަސް

    22
    2
  5. Anonymous

    الحمد لله

    3
    14
  6. ލުއްޗާ

    ހާދަހާ ޑިމޮކްރަޓިކް އަދި ކޮންފިޑެންސްވެސް ސަރުކާރެކޭދޯ!؟

    27
    1
  7. ނަމުން ޑިމޮކްރަސީ

    މިއީ ވަރަށް ދަށު ދަރައިގެ އަމަލެއް. ހިޔާލު ތަފާތުވުން ބަލައިގަންނަންވާނެއޭ އެންމެ ގަދައަށް ކިޔަނީ މިވެރިންނެއް ނޫންތަ؟

    26
    4
  8. ހަނީފު

    ޢަލީ ކިހިނެއްތޯ ތިހައްދަވަނީ.
    ޢަލީވެސް ނަޝީދު ފަޅިގައެއްނު

    9
    1
  9. އެޑިޓް

    ތިހެން ހެދުން މާ ލަސްވެއްޖެ..

    6
    16
  10. ޟީމާ

    ފުކެއްބޮޑުވަރުތީ. ވެއްޓެނީތަ

    19
    3
  11. މުހަމްމަދު ބޮރިސް

    އަމުރުގެ ވައްކަންތައް ބަލާނެ އެހެން ނޫނީ ހަމަ މިހާރު ރައީސަށް ތާއީދު ކުރޭ. ހަމަ މިހާރު ތާއީދު ކުރާށޭ

    3
    13
  12. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ފެއިލްޑް ފެކްޝަނެކޭ ފަޅޮލެކޭ ކިޔާނެ ކަމެއް ނެތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔާގެން މީހުންތައް ގުނބޯ ހައްދާގެން ވެރިކަމަށް އައި ނިޔަތް ނުބައި ބައިގަނޑެއް

    25
    2
  13. ސދަސދ

    ރަނގަޅު ނިންމުމެއް.

    7
    14
  14. ވާނުވާ

    ރައީސްގެ ސިޔާސަތު ކަނޑަކަމަށްބުނެ ވަކިފިކުރަކަށް ތާއީދު ހޯދަން އުޅޭބޭފުޅަކަށް ސަރުކާރުކުންފުނިން ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ޕޮޒިޓިވް ކޮަށް ބުނެނުދެވޭނެ. އެހާލަތުގަ އެހާމަކުރަނީ މުނާފިޤް ސިޔާސަތެއް. އަމުރު ވަކިކުރަންޖެހޭ. މިކޮމެންޓް ނުޖެހިޔަސް ހަޤީޤަތް ވާނީ ހަޤީޤަތަށް

    11
    14
  15. ރަބަރޭ

    ސަރުކާރަށް ސަރުކާރު ހިންގުމާއި ހަވާލުވެ ހުރި ވެރިޔާއަށް ތާއީދު ނުކުރާނަމަ އަންނި ބޮޑުވަޒީރު ވިދާޅުވިޔަސް އެފަދަ މަގާމެއްގައި އަމުރު ބަހައްޓާކަށް ނުޖެހޭ

    9
    12
  16. އާދަނު

    ކީތްވެ ވަކިކުރަން ނުކެރިގެން އުޅެނީ. ފިނޑިކަމުން ދޯ. ތިޔަހާ ފިނޑި މީހުން ތިޔަ އުޅެނީ ވެރިކަމުގައި ހުންނަން.

    19
    2
  17. ތިންދޫ މީހާ

    އަމްރުއަކީ ލުއްޗާއެއް، ސަރުކާރުގަ ކީއްކުރަން ސަރުކާރުގެ ވައިވެސް ޖެހޭހިސާބުގައި ބަހައްޓަން ހެޔޮނުވާނެ ބޮޑު ގައްދާރެއް، އަންނިގެ އަވާގައި ޖެހިގެން ޕާޓީއަށް ހަރާންކޯރުވީ

    2
    3
  18. އަހައްމަދޫ

    ހަމަ ރަނގަޅު މިހެން ވާން ޖެހޭނީ.

    2
    3
  19. މަރީ

    ވެރިކަމުގެ 4 ވަނަބާރަށް ނުފޫޒު ފޯރުވާފައިވާ މިންވަރު މިފެންނަނީ.

  20. އަންނަނީ އަންނަނީ

    އޯގާތެރި ސަރުކާރެއް ދުށުމަށް

  21. ަސދސަދ

    ރައީސްއާއި ދެކޮޅަށް މަސައްކަރް ކުރަން ރައީސްއަށް އެއްބާރުލުންދޭންޖެހޭ މަގާމެއްގައި ހުރެގެން ކިހިނެއް ތިކަން ދެކޮޅު ޖެހޭނީ.
    އެއްމެ ރަނގަޅު ގޮތަކީ ރައްޔިތުން ނިކުމެ ޔާމީން ވެރިކަމަށް ގެނައުން

    10
    2
  22. އިބްރާހިމް

    މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓޭ.