"ފިކުރެއްގެ ދިރުމަކީ މިފަހަރުގެ ކިންގްމޭކަރ" ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން އަށް ތާއީދު ކުރައްވަމުން ގެންދަވާ އިމްތިޔާޒް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އިމްތިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބިފައިއޮތްއިރު، ޖުމްހޫރީ ޕާޓީން މިއަހަރުގެ ސެޕްޓެމްބަރ މަހުގައި އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމާފައިވާ ދަނޑިވަޅެއްގައިއެވެ.

މިފަހަރު ޖޭޕީން ވަނީ ނިމިދިޔަ އެންމެ ފަހު ރިޔާސީ އިންތިޚާބާއި ހިލާފަށް މިފަހަރުގެ އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި ކޯލިޝަން ނުހަދައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހްއަށް ތާއީދުނުކުރަން ނިންމާފައިއެވެ.

މީގެ ކުރީގައި އިންތިހާބުތަކުގައި "ކިންގްމޭކަރގެ" ދައުރު އަދާކޮށްފައިވަނީ ޖޭޕީގެ ލިޑަރ ޤާސިމް އިބްރާހީމްއެވެ. މިހާތަނަށް ޤާސިމް ތާއީދުކޮށްފައިވާ ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވަނީ އިންތިހާބު ކާމިޔާބުކުރެވިފައިއެވެ. ގާސިމް އިބްރާހީމްގެ ޕާޓީ ޖޭޕީންވެސް ވަނީ ގާސިމްއަކީ ރިޔާސީ އިންތިހާބުގެ ކިންގްމޭކަރގެ ގޮތުގައި ސިފަކޮށްފައިއެވެ. އަދި ޖޭޕީން ތާއީދުކުރުމުގައި އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތުކަމަށްވެސް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވަނީ ވިދާޅުވެފައިއެވެ.

މިވަގުތު ޤާސިމް އިބްރާހީމް އިންތިިހާބަށް ކުރިމަތިލާން ގަސްދުކޮށްފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތައް ދަނީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއިއެކީ ކުރިއަށްދިއުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެހެންކަމުން މިފަހަރަކީ ޤާސިމް އިބްރާހީމަށް އިންތިހާބު ކާމިޔާބުކުރުމުގެ އުންމީދުއޮތް އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފެއްޓެވި އިރު، ނަޝީދުގެ އަރިސް ބޭފުޅުން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބިފައިވެއެވެ.

މީގެ ދެ ދުވަސް ކުރިން ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" އަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ރިޔާސީ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްވެސް ފަށައިފައިއެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއާއެކު މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޝީދަށް އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް ވިދާޅުވެފައިއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން އެ ގޮތަށް ތަން ނުދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަސދަސދ

    ފުރަތަމައިނުންވެސް މައްސަލަ ޖެހުނީ.
    ގާސިމް އެޢީ އެއްވެސް މީހެއް ކަމަށް ނަހަދާނެކަން މިހާރުވެސް އެނގިއްޖެ.
    އައްނިއަށް ވައިއެޅޭ ބަޔަކަށްވެސް ވޯޓެއްނުދޭނަން.
    ވަރަށް ބލ ބޮޑުވާނެ.

    7
    1
  2. މުގާބޭ

    އިންތި ކޮސްބޮލަށް އަރައިގެން ނިކަންނޫޅެބަލަ! ފަކުރެއްގެ ދިރުމަކަށް ކުރިމަގެއްނެތޭ. ދެ ފަހަރުވެސްވީ ފޭލި ތިއުޅެނީ ތިންވަނަ ބައްޔަކުން ބަލިވެ ހެޓްރިކެއްހެދެން. އަންނިއަށް ކޮސްގޮވޭތީ އޭނާއަކަށް ތާއީދެއް ނެތޭ. މަވެސްމީ ކުރީގަ އަންނިވެގެން އުޅުން މީހެކޭ ނަމަވެސް މިހާރު ބޮލަށް އަރާފަހުރި އެނބުރުންފިލާ އަލި ހަވާސާމަގު ފެނިއްޖެ. ފަކުރެއްގެ ދިރުމަށް ވަރަށް ސަލާމް.

  3. ސޮލަންބޯ

    ލާދީނީ ފިކުރެއްގެ ދިރުން އަހަރެމެން ބޭނުމެއް ނޫން. ގައުމު ދަރަނީގެ އަނދަވަޅަކަށް ވައްޓާލާނެ ފިކުރެއްގެ ދިރުން އަހަރެމެން ބޭނުމެއްނޫން

  4. މުފައްކިރު.

    ރަގަނޅެއްނޫން. ޕީޕީއެމް. ޕީޕީއެމް ބޭނުން ބަޔަކަށް ވެރިކަން ފުރޮޅާލުމުގެ ގާބިލްކަން އެބަހުރި.

  5. އާދަނާ

    ތިކަހަލުގެ ބޯބުރާންތިވެފަތިބި ތެޔޮބިޑިބޯ މީހުންނަށް އެއީ މާގަދަމީހަކަށްވިޔަސް އަހަރަމެންނަކަށް އޭނަޔަކީ މަގުމަތީއުޅޭ ޕާޓެއަކާތަފާތެއްނޫން! އިންތިއަކީވެސް ތެޔޮބިޑީގެ ގޮލައެއް، ވީމާ ކަލޭމެން ކިތަންމެ އޭނަގަދަކުރިޔަސްއެއީ ހަމަޕާޓޭއެއް!