ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަމްރު މުހައްމަދު ރަޝާދުގެ ޕްރޮގްރާމް ކެންސަލް ކުރުމުން، އަމްރުގެ އިންޓަވިއު ދައްކަން ސަންގު ޓީވީން ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފާއިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދު އެވެ.

ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމްގެ ބަހެއް ހޯދުމަށް އެތަނުގެ އިސްވެރިއަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ޕީއެސްއެމްއިން އަމްރުގެ ޕްރޮގްރާމް ކެންސަލް ކުރިތާ މާގިނައިރުތަކެއް ނުވަނީސް ސަންގު ޓީވީން ވަނީ އަމްރުގެ އިންޓަވިއުއެއް މާދަމާރޭ އޮންނާނެ ކަމަށް ބުނެފައެވެ.

ސަންގު ޓީވީން ބުނި ގޮތުގައި އަމްރުގެ އިންޓަވިއު އޮންނާނީ މާދަމާ ރޭ 22:00 ގައި ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައެވެ.

"ޕްރޮގްރާމް ކެންސަލް އެއް ނުވާނެ" ސަންގު ޓީވީން ކުރި ޓުވިޓެއްގައި ބުންޏެވެ.

ޕީއެސްއެމްއިން ދައްކަން ނިންމާފައިވާ އަމްރުގެ ޕްރޮގްރާމް ކެންސަލް ވުމާއި ގުޅިގެން އެސްޓީއޯއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އަމްރު އަކީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޛހީހ

    އަމްރުމެން ކަންކުރާގޮތް ރަނގަޅެއްނޫން.
    ސަރުކާރުގައި އުޅެ ސަރުކާރަށް ބަސްބުނުމަކީ އައްޗިކަމެއް

    4
    6
  2. ސައުސަން

    ސަންގު އަކީ އަދީބުގެ އެއްޗެއް. ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީނު މާލީ ބަޔާން ތައްޔާރުކުރަން ޖެހޭތީވެ އަންޑަސްޓޭންޑިންގ އެއްގެ ދަށުން އަސްވާޑު ނަމަށް އެގްރިމެންޓަކުން ބަދަލުކުރީ. ނަމަވެސް އަސްވާޑު "އަސްލާ" ޚިލާފުވެ ކޯޓަށް މައްސަލަ ވައްދައި މިއޮތީ ޔާމީނުގެ ހިއްސާ ތިމަންނައަށް ދިންކަމުގެ އެގްރިމެންޓޭ ކިޔައި ޓީވީ މިލްކުކޮށްލީ އަދި ހެކިވެރިޔާއަށް 10 ޕަސެންޓު ދިނީ. ޔާމީނުއަށް ސަންގު ޓީވީ ދިނީ އަދީބު. މިހާރުވެސް އަސްވާޑުގެ ނަމުގަ އޮތަސް އަސްލަކީ އަދީބު.
    މިހާރު މިފެންނަނީ އިބޫ ރާޑިކޮށްލަން އަދީބު އޭނަގެ ޕަވަރ ދައްކާލާ މަންޒަރު. އިބޫއަކަށް ރޭކާނުލާ.

    5
    1
  3. އަންނަނީ އަންނަނީ

    އޯގާތެރި ސަރުކާރެއް ތޯ މީ

    4
    1
  4. ޑައެލޯގް

    ސަންގުޓީވީ ބަރާބަރުވާނެއެވެ. ރާއްޖެޓީވީއާއި ޕީއެސްއެމްއަކީ ރައީސް އޮފީހުގެ އަޅުންނެވެ.

    12
    1
  5. Anonymous

    ތިހެދީ ހަމަ ރަނގަޅަށް.

  6. Anonymous

    އެސްއެސްނެޓް އަށް ސަންގު ޓީވީ ނުފެނެ