އެކި ކަންކަން ހިންގުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަވާފައިވާކަމަށް ތުހުމަތު ކުރެވޭކަމުގައިވާނަމަ، އިދކޮޅު ފަރާތްތަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، ތ.އަތޮޅު ދިޔަމިގިލީގައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، މިއަދު ހެނދުނު، އެރަށުގައި ބޭއްވި ޖަލްސާގައި، އެރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ކަންކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ވަންޏާ، އެންމެ ފަސޭހައިން ރައްޔިތުންނަށް ވިސްނައިދޭން، ރައީސް ޔާމީނަކީ މިކަހަލަ ކަންކަން ޓޮލަރޭޓް ކުރާ ނުވަތަ މިކަހަލަ ކަންކަން ވިޔަސް އެންމެ ރަނގަޅު މީހެއްކަމަށް ދެއްކުމަށްޓަކައި، ވޯޓުގެ ކުރިން އަޅުގަނޑު ބަލިކުރަން އެންމެ ފަސޭހަވާނީ މިކަހަލަ މައްސަލަތައް ހިފައިގެން އޭސީސީ އަށް ދިޔައިމަ ނޫންތޯ. އޭސީސީ އަށް ގޮސް ސާބިތުކުރަންވީ ނޫންތޯ މީގައި ހިމެނޭ ކޮރަޕްޝަނެއް." ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

ދިޔަމިގިލީގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވެފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މައްސަލައިގައި ކޮރަޕްޝަން ހިމެނޭކަމަށް އެމަނިކުފާނު ވެސް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން އެމައްސަލަ ތަހުގީގު ކުރައްވަން ވަޑައިގަންނަވާފައި ނުވާކަމަށާއި، އެމައްސަލަ ވެސް ތަހުގީގު ކުރަން ހުށަހެޅީ ސަރުކާރުގެ ފަރާތުންކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ ވާހަކަ ދައްކަވާއިރު، އަޅުގަނޑު ހަމަ އެބޭފުޅުންނާވެސް، ދިވެހި ރައްޔިތުންނާވެސް ސުވާލެއް ކޮށްލާނަން. އެމްއެމްޕީއާރްސީގައި ކޮރަޕްޝަން އޮތްކަން އަޅުގަނޑު ޤަބޫލު ކުރަން. އެކަމަކު ކޮރަޕްޝަން އޮވެގެން އެކަން ހައްލެއް ހޯދަން ނުވަތަ އެކަން ހުއްޓުވަން އެބޭފުޅުން (އިދިކޮޅު ފަރާތްތައް) ތޯ ޝަރީއަތަށް ވަޑައިގެންވީ. އެބޭފުޅުންތޯ މައްސަލަ ހުށަހެޅީ. ދިވެހި ރައްޔިތުންގެ ހައްގުގައި މިއިން އެއްވެސް ކަމެއް އެބޭފުޅުން ނުކުރައްވަވައޭ. ހަމަ ސަރުކާރުން އެމައްސަލަ ތަހުގީގު ކުރީވެސް، ސަރުކާރުން އެމައްސަލަ ޝަރީއަތަށް ހުށަހެޅީވެސް." ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އިންސާފު ނެތްކަމަށް، ޕޯޑިއަމްތަކަށް އަރައިވަޑައިގެން، އަޑު ހަރުކޮށް ވިދާޅުވި ކަމުގައިވިޔަސް، އެކަންކަން ނުވާނެކަމަށެވެ. އަދި، އެކަންކަންވާނީ، އެކަމަށް ހިނގަން އޮންނަ މަގުން ހިނގީމާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކި ފަރާތްތަކެއް ދޫކޮށްލަން، ރައީސް ޔާމީނުގެ އަރިހުގައި އެދުނުކަމުގައި ވިޔަސް، އެކަންކަން ނުވާނެ ކަމަށެވެ. ރައީސަށް އެފަދަ ބާރުތަކެއް ލިބިލައްވާފައި ނުވާކަމަށާއި، ރައީސްވެސް މަސައްކަތް ކުރައްވަން ޖެހޭނީ ޤާނޫނުތަކުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތައް އިތުރަށް ރައްދު ދެއްވާ ރައީސް ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުން ދެކެ ލޯބިވަނީ ހަމައެކަނި އިންތިޙާބު ކައިރިވުމުން ކަމަށެވެ. އަދި، މިޑް ޓާމް އިލެކްޝަން އެއް ބޭއްވުމުގެ ވާހަކައަކީވެސް، އެފަދަ ވާހަކައެއްކަމަށް ވިދާޅުވިއެވެ. އެކަމަށް ވަޢުދުވެ، އެކަން ނުކުރެއްވުމުން، އޭރު އެތައް ބަޔަކު އެމްޑީޕީ ދޫކޮށް ދިޔަކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"ވޯޓު ކައިރީވީމާ ލޯބިވާނެ، މިކަހަލަ ވާހަކަ ދައްކާނެ. މިކަހަލަ ކިތައް ވާހަކަ ދެއްކިތޯ ސަރުކާރެއް އަންނަން ކައިރިވާއިރު، ވޯޓެއް ކައިރިވާއިރު. ހަމަ އެބޭފުޅުންނަށްވެސް އެނގިވަޑައިގަންވާނެ ސަރުކާރެއް އައިއިރު، ވަރުގަދައަށް އެމްޑީޕީ ވާހަކަ ދައްކަމުން ގެންދަނީ ތިމަންމެންނަކީ މިޑް ޓާމް އިލެކްޝަން އެއް ބާއްވާނެ ބައެކޭ. އަދި މި ޖާދުލުގައި ޖެހިވަޑައިގެންވި ކިތަންމެ ބޭފުޅުންނެއް ފަހުން އެބޭފުޅުންނާ ވަކިވެގެން ދިޔައީ." ރައީސް ވިދާޅުވިއެވެ.

މިއަދު ހެނދުނު ބޭއްވި، ރައީސް ބައިވެރިވެވަޑައިގަތް ޖަލްސާގައި ދިޔަމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަހަ

    އޭސީސީގަ އެބަ އޮތް 1 މިލިއަން ޑޮޅަރުގެ މައްސައެއްވެސް ކުރިއަކަށް ނުދޭ ވާގޮތެއްނޭގޭ އެހެން ނޫނަސް ތިބޭފުޅާގެ ސާފުތާހިރުކަން ހުރިހާ ދިވެހިންނަށް ވަރަށް ސާފު އިތުރު ތަފްސީލެއް ބޭނުމެއްނުވޭ

  2. އަހުމަދު

    ރައީސް ކޮރަޕްޝަން ހިންގަންޔާ ދަނީ ކާކު ކާރީއަށް؟

  3. މިސޮރު

    ވަގޭ! ވަގޭ! މީހުންނާއި، ދިމާލަށް ގޮވާހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. ރައީސް ޔާމީން ވިދާޅުވިފަދައިން، ތުހުމަތު ކުރެވޭ ނަމަ އެކަންކަން ސާބިތުކުރަން ކަމާބަހޭ ފަރަަތްތަކަށް ހުށަހަޅާ، މައްސަލަ ހުށަހަޅަންޖެހޭ ކޯޓުތަކަށް ހުށަހަޅާ. ކަމެއްސާބިތުވެ، ހުކުމެއް ނުކުރާހާ ހިނދަކު ، ކޮންމެމީހަކަީވެސް މައުސޫމް މީހެއް. ވަގެކޭ ، ކޮރަޕްޝަނެކޭ ނުކިޔޭނެ. އެއްޗެކޭ ކިޔާއިރު ކޮންމެ މީހަކުވެސް، ކޮންމެވެސް ވަރަކަށް ވިސްނާލާފަ، ހަމަޖެހޭ ވާހަކަ ދައްކަންވާނީ.

  4. ޢަލީ

    ތިބޭފުޅާއަށް ކޮރަޕްޝަން އެއީ ކޮންޗެއްކަންވެސް ނޭގޭނޭ އެހެންވެ އަހަރެން މިބަލަނީ މަނިކުފާނު ބަދަލުކުރެވޭތޯ

  5. ނުވާނެ

    އޭސީސީ އެއީ ކޮންތަނެއް ބަޔަކު ދާން. ޔާމީންގެ މައްސަލައެއް އެތަނުން ބަލައިވެސް ނުގަންނާނެ.

  6. ހަމީދު

    ތިކަން ކުރާނެ ޔާންޓޭ ވެރިކަން ބަދަލުވާ ދުވަހަކަށް ރެޑީވެގެން ހުރޭ

  7. އަލީ

    އަދީބު ކުރިން ޔާމިން އާއި އެކު މަސައްކަތް ކުރިއިރު ވަގައްގޮވީ ހަމަ އިދިކޮޅުން މިއަދު އަދީބު އެވަގު ކަލޭގެ ހުރީ އިބޫމެންނާއި އެކު. ދެން ކަލޭމެން ސިޔާސީ މަގްސަދެއް ހާސިލް ކުރަން ރައީސް ޔާމީންއަށް ވަގަށްގޮވިޔަސް މިއަދު ކަލޭމެން ދައްކާ ވާހަކަ ގަބޫލު ކުރާނެ ބަޔަކު ނުވާނެ.

  8. ރަނގަޅު

    ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި،ރުޅިވެރިކަން ނުއުފައްދާ ގައުމުހަލަބޮލިނުކޮށް ގޮތްގޮތަށް ވާހަކަނުދައްކަވާ ރައީސްވިދާޅުވެލައްވާހެން މައްސަލައެއްއޮވެއްޖެނަމަ
    ޚިޔާނާތެއްއޮވެއްޖެނަމަ އެމައްސަލައެއްބައްލަވާފަރާތަށް ހުށަހަޅުއްވާ މައްސަލައެއް
    ނުބެއްލެވިއަސް މައްސަލަބޭރުކޮށްލެއްވިއަސް އެކަންއެގޭނީކަމާބެހޭފަރާތަށްހުށަހަޅުއްވައިގެން
    ހީއަކަށް ކުށެއްނެތްފަރާތަކަށް ނަފުރަތުއުފެއްދުމަށް ވަގެކޭ،ވަގެކޭ ޚިޔާނާތޭ ކޮރަޕްށަނޭ ލިޔުއްވުން ވަރަށްދެރަ

  9. މަކޅޭ

    އަނގަހުޅުވާފަ މޮޅު ވާހަކައެބަ ދައްކައެއްނު މިތާގަ އިންސާފުވެރި ކޯޓެއްހުރިނަމަ ތިބޭފުޅާ މިހާރު އޮންނާނީ ޖަލުގަ ރައޔިތުންގ ލާރިތައް އަދީބުއާ ދެމީހުންވެގެން ކައިފަ އަމިއްލަ އެކައުންޓަށް ޖަމާކުރި ޗެކުތައްވެސް އެހެރީ ލަދެއް ނުގަނޭދޯ

  10. ސުއައިބް

    މީނަ އަކީ ދުނިޔޭ ގެ ހުރި އެންމެ ބޯގޯސް މީހާ ..... މީނަކިޔާހާއެއްޗަކަށް ރައްޔިތުން ނުހެއްދޭނެ.....
    ވަރަށް ސަލާން...

  11. ޝާނާ

    ހިވޭ ކަމެއް ހެން ދެން އޭސީސީ އަށް ގޮސް ތިޔަ ކިޔާ ހާސަރުތައް ނިންމާލަބަލަ!

  12. އަހްމަދު

    އެތާތިއްބެވީ މަނިކުފާނުގެ ބޭފުޅުން ނޫންތޯ.

  13. ޒުވާނާ

    ނުކެރޭނެ ދާކަށް ގޮށްސިއްޔާ ބޭލޭނީ އިދިކޮޅު ކޯލިޝަން މެމްބަރުންގެ ސޯޓު.

  14. ޟހ

    ގަރުނުގެ ބޮޑު ޖޯކް.

  15. ޙާލުގެދުލުން

    ރައީސާ ދިމާއަށް ވަގަށް ގޮވަނީ މިޤައުމަށް ގެންނަ ތަރައްޤީ ދެކެފައި އެކަން ހަޖަމްނުވެގެން. އިންޝާﷲ މިފަހަރުވެސް ރައީސް ޔާމީން

  16. ޙާލުގެދުލުން

    މުޅިންވެސް ރަށްރަށަށް ކޮއްދޭން ވަޢުދުވަނީ ރައީސް ޔާމީން އެރައްރަށަށް ކޮށްދީފައިވާ، އަދި ގެނެސް ދެއްވާފައިވާ ތަރައްޤީ/ ހަމަހިނި އަންނަނީ.

  17. ކުޑަހުވަދޫ

    ތިހެން މިރައީސް ވިދާލުވި އެތައްކަމެއް އެބަހުރި، ރައްޔިތުންގެ މަޖްލީހުންކަންކަން ނިންމަން އިދިކޮޅުންދާންވީ ނޫންހޭވެސްބުނި، އިދިކޮޅުން މެޖޯރިޓީ ނެގީމާ 12 މެންބަރުން ޕެރަލައިޒް ކޮއްލީ، ކޯތައްވެސް ދާންވީނޫންހޭ ވިދާލޫވި، ކޯޓުން ހުކުމް ކުރީމާ ގާޡީން ނެގީ ވަގައް. ދެން އޭސީ ސީން އައްގޮސްގެން ކޮންކަމެއްތޯވާނީ؟ އެބޭފުޅުންވެސް މިރައީސްސާ ދެކޮޅައްނިންމައިފިއްޔާ ގޮޅި ޔަގީންވީ.

  18. ޖާން

    ދޮންފުތު މަންމަ އެއްކައިރީގައި އަހާބަލަ ، ޖެހިގެންހުރިގޭގެ ދަލޭކަގެ އަލަމާރި ފަޅާލީ އޭނާގެ ދަރިތޯ ؟
    މީ އަޅެ ރައީސެއްތަ ހީކޮށްގެން މިއުޅެނީ މިރާއްޖޭގަ މިތިބީ ކަނުންކަމަށް ؟