މުޅި ރާއްޖެއަށް ރައީސް ޔާމީން ގެންނަވާ ތަރައްގީ ފެނިފައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވަނީ ބަސްހުއްޓި އަޖައިބުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ދަތުރުތަކުން، ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް ހަމަ ލޮލަށްފެނި، ރައީސް ޔާމީނަށް ރައްޔިތުންކުރާ ތާއީދު ފެނުމުން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އެވަނީ ބަސްހުއްޓިފައި ކަމަށެވެ.

"މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަމަ ލޮލަށް ފެނި، ރައީސް ޔާމީނަށް ރައްޔިތުންކުރާ ތާއީދު ފެނުމުން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އެވަނީ ބަސްހުއްޓި އަޖައިބުވެ ވަރަށް ބޮޑަށް އިންތިޚާބުން ބަލިވާނެކަން ޔަގީންވެ މާޔޫސް ވެފައި،" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ އެމްޑީޕީން މިހާރުވެސް ގެންގުޅެނީ ރައްޔިތުންގެ ކުންފުނިތައް ކުރިން ވިއްކާލި ސިޔާސަތު ކަމަށެވެ.

"މި ސިޔާސަތުގެ ދަށުން އެފަދަ ކުންފުނިތައް ނައްތާލައި އިނދަ ޖެއްސުމުން އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ. އެ ސިޔާސަތަކީ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދިވެހިން ނިކަމެތިކޮށް ބިކަކޮށްލުން, އެއީ ވަކި ބަޔަކަށް ގައުމު ބަރޯސާ ކުރުމަށް ރާވާރޭވުމެއް" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ބޮޑެތި މަޝްއޫތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާއިރު ރައީސް ޔާމީން ތަރައްގީ ކުރަވަމުން އެގެންދަވަނީ ހަމައެކަނި މާލެއެއް ނޫން ކަމަށާއި ރާއްޖޭގެ އަތޮޅުތަށްވެސް އެގެންދަވަނީ ތަރައްގީ ކުރަވަމުން ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ދަނީ ބުނަމުންނެވެ. އޭގެތެރޭގައި ބްރިޖާ އެއާޕޯޓާއި 25 ބުރީގެ އިމާރާތް ނުވަތަ އަތޮޅުތަކު ތެރޭ ހަދަމުންދާ ބަނދަރާއި ހިއްކަމުންދާ ބިންތަކާއި ފްލެޓުތަކުން ވެސް މިކަން ހާންމަވެގެން ދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަސްވެރިޔާ

    މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ރައީސް ޔާމީން މިފަހަރުގެ އިންތިޚާބު 70 ޕަސެންޓާ ކައިރިން ކާމިޔާބުކުރައްވާނެކަމަށް ފެނެއެވެ. ރާއްޖެއަށް ދެވަނަ އބްރާޙިމް ޝިހާބެއް ނުލިބޭނޭފަދައިން ރައީސް ޔާމީންވަރުގެ ހިންގުންތެރި ރައީސެއް ދެން ނުލިބޭނެއެވެ. އަޅުގަނޑު އަތޮޅުތަކުގެ ބައެއް ރަށްރަށަށް ކޮށްލި ދަތުރުން ރަށްރަށަށް އައިސްފައި ޢުމްރާނީ އަދި އިޖްތިމާޢީ ކުރިއެރުންތައްފެނި ހަމަ ޙައިރާންވެއްޖައީމެވެ.

  2. Anonymous

    ޖަމީލު އެބުނަނީ ހަތަރު ފުރޮޅުލީ ބަހެއް ހުއްޓުނު ވާހަކަ.

  3. ރީނދޫ

    2018 ޔާމީން ޝަހީމް

  4. އަބްދުއްލާ

    ވޭތިވެދިޔަ 7 އަހަރު ރައްޔިތުންނަށް ކަމެއް ކޮށްދިނުމާ ދެކޮޅަށް މަސައްކަތް ކުރެއްވި . ރައްޔިތުންނަށް ކޮށްދޭންޖެހޭ އަސާސީ ހިދުމަތާ ތަރައްގި ދިރާސާކޮށް މަޖިލީގުގެ ބަޖެޓް ފާސްކުރެއްވުމަށް ވޯޓް ދިނުމަށް ދެކޮޅުހެއްދެވި ބޭފުޅަކު މިއަދު ތަރައްގީ އަށް މިވެނިކަމެއް ކޮށްދޭނަމޭ ބުނާއިރު އެކަމެއް އޮންނަނީ ސަރުކާރުން ކޮށްދީފަ. އެއީ 7 އަހަރު ދުވަހު ގައުމުގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދިނުމަށް ފައިވިއްދާފަ ހުރުމުން ކުރެވުނީ ނުކުރެވެނީ ކޮންކަމެއްކަމެއްވެސް ނޭގޭ ހާލުގަ ދެއްކޭ ވާހަކަ.އެމްޑީޕީ އަކަށް މިގައުމަށް ރަނގަޅުކަމެއް ކޮށެއްނުދެވޭނެ

  5. ޤައުމު

    ޢިންޝާﷲ 75% އިން.ޓީ އަކުން ޤައުމު ތަރައްޤީ ނުކުރެވޭނެ. ޤޢުމީ ލޯތްބާއި ޤއުމާމެދު އޮންނަ ތަޞައްވުރާއި ތަޖުރިބާ ވ މުހިންމު.ވެ

  6. ސްކޯރޕިއަން

    ވޭތުވެ ދިޔަ ހަތަރުއަހަރެއްގެ ތެރޭގައި މިބައިމީހުނެއް އަތޮޅުތެރޭގައި ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްޤީ ގެ މަސައްކަތެއް ނުދެކޭ! ކުރިހާވެސް ކަމަކީ ރައީސް ނަޝީދު ހޮވަން މިނިވަންކުރަން ސަރުކާރާއި ކޯޓުތަކާއި ދެކޮޅަށް މާލެ ގަޑަބަޑު ކުރުން. މިކަންކުރަން ދެން ރައީސް މައުމޫނުވެސް ހަމަބޯކާލައިގެން ވައްދައިފި. މިއީކުރިކަމަކީ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ ފަރާތުން ވަކާލާތުކުރަން ރައްޔިތުންގެ މަޖްލީހަށް ހޮވީމާ މިކަމެއްވެސް ނުކުރެވުނު. ދެން ކިހިނެއް ރައްޔިތުންނަށް ކުރާ ކަންތައް ފެންނާނީ. އަހަރުމެންނަށް އެގޭ ދަތުރުފެށިއިރުވެސް ވާނީ ތިވަރުކަން. އެރަށަކަށް އަރާއިރު ސަރުކާރުން އެރަށެއްގައި ހިންގަނީ ކޮންކަމެއްތޯ ބަލާވެސް ނުލެވުނު. ތާއިދުއޮންނާނީ ކިހާވަރަކަށް. ހަމަކޮސްގޮވަނީ ތިމަންމެން އަންނާނަމޭ ވެރިކަމަށް ކިޔައިގެން. ދެން ކޮންކަމެއް ރަށްރަށަށް ކޮށްދެވޭނީ. އަދިތައްޔާރުވާންވީ 2023 އަށް ކުރިމަތިލާން މިފަހަރަކު ނެތް ޗާންސެއް.