ފ.އަތޮޅު ނިލަންދޫގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ އެ މީހާ މަރުވެފައިވާކަން އެނގުނީ ހެނދުނު ނިދާ ނުހޭލާއިގެން ކޮޓަރި ބެލުމުންނެވެ.

މި މީހާ އަކީ އެ ރަށު ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުންދާ މީހަކަށްވާއިރު ރޭ 12 ޖެހިއިރު ވެސް މަސައްކަތުގައި އޭނާ އުޅުނު ކަމަށްވެއެވެ.

އަދި ދެ މަސްފަހުން އޭނާ ރަށަށް ދާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފީސް

    މަރަކީ މިފަދަ ކަމެކެވެ. އެހެންވެ ބުއްދިވެރިޔަކީ މިކަމަށް ތައްޔާރަށް ހުންނަ މީހާއެވެ.