އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް އޮތް ތާއީދު ފުވައްމުލަކު ސިޓީގައި ދައްކާލައިފިއެވެ.

މި ދެ ބޭފުޅުންނަށް އޮތް ތާއީދު ދައްކާލާފައިވަނީ މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވި ވެހިކަލް ބުރުންނެވެ.

ޑރ.ޝަހީމް ވެސް މި ވެހިކަލް ބުރުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، މި ވެހިކަލް ބުރުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. މި ބުރުގައި އެކި އުމުރުފުރާތަކުގެ މީހުން ބައިވެރިވިއިރު ގިނައީ ޒުވާނުންނެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ.ޝަހީމް ފުވައްމުލަކަށް ވަޑައިގެންނެވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ދަތުރުފުޅުގައި ޝަހީމް ވަނީ އެސިޓީގެ ކަމުވޮށިގެންވާ ރައްޔިތުންނާއި، އިއްޒަތްތެރި ބޭފުޅުންނާއި އެ ސިޓީގެ އިލްމުވެރިންނާއި، ޤްރުއާން ކިޔަވައިދޭ މުދައްރިސުންނާއި، އުސްތާޛުން އަދި އިމާމުންނާ ބައްދަލުކުރާ ގޮތަށް ކަމަށާއި، މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ޒުވާނުންނާއި، އިސްރައްވެހިންނާއި ބައްދަލުކުރައްވާފައެވެ.

އަދި އެ ސިޓީގައި މިދިޔަ ހޯމަ ދުވަހު ދީނީ ދަރުހެއް ވެސް ޝަހީމް ވަނީ ދެއްވާފައެވެ.

ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާގެ ވަގުތެއްގައި ޑރ.ޝަހީމް ގދ.ތިނަދޫ އަށް ވަޑައިގަންނަވާނެއެވެ. ޝަހީމްގެ އިތުރުން ރައީސް ޔާމީން ވެސް ގެންދަވަނީ އެކި ރަށްތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ. އެގޮތުން ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

އަންނަ މަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު މި އިންތިހާބުގައި ޕީޕީއެމްއާ ވާދަކުރައްވަނީ އިދިކޮޅު އިއްތިހާދެވެ. އެގޮތުން އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ރަނިންމޭޓަކީ ފައިސަލް ނަސީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރާޑޯ

    ހީވޭ ކަމެއްހެން. އެމްޑީޕީ ފެއިލް ވާ މަންޒަރު ސާފުކޮށް ފެނޭބާ

  2. ޥިސްނާ

    ﷲ އިރާދަ ކުރެއްވިއްޔާ
    ﷲ ގެ ދީން މުގުރި ބަޔަކު ﷲ އެބަޔަކު ބަލި ކުރައްވާ

    • ކަހުރަބު

      ﷲގެ ދީނަކީ ބަޔަކަށް މުގުރޭވަރުގެ ބަލިކަށި އެއްޗެއްތަ؟

      • Anonymous

        އެދީން ބަލިކަށި ކުރަނީ ކަލޭމެން ކަހަލަ މީހުން. އެދީނަކީ ނަސުރުދީ ކުރިއަރުވަން ޖެހޭ ދީނެއް. ދީނެއް ކުރިއަރާ ނުދާނެ އެދީން ކުރިއަރުވަން ބަޔަކު މަސައްކަތް ނުކުރާހާ ހިނދަކު. އެހެން ނަމަ މިއަންމާގަ ރޮހިންޔާ ދަރިކޮޅު އަދިވެސް ތިބީހީ އެތާނގެ ވެރިކަމުގައި. އެމީހުނަކީ، 100 އަހަރު އެތާ އިސްލާމީ ވެރިކަމެއް ކުރި ދަރިކޮޅެއް. އެކަމަކު މިއަދު އެވަނީ އެންމެ ނިކަމެތި ހާލުގައި، ދީނަށް އުޅެވޭނެ މަގެއްނެތި ބިކަވެފަ. އެހާލު ދިވެހިންނަށް ޖެހެން އެދެނީތަތަ؟

  3. ލޯންސްޓަރ

    ވޯޓުން ތާއީދު ފެންނާނީ.

  4. ނިހާން ހަމީދު

    ތީ ހުސް ފައިސާ އާއި ޓީސާޓް ބަހައިގެން ރައްޔިތުންގެ ލާރިގަނޑު ހުސްކޮށްގެން ..ކަމަކުނުދޭ މިޔޮތް ހުރިހާދުވސމަހު ލާރިއެއއކުރީ ތިކުޅިކުޅެން..ކާކު މޮޔަވަނީ..

  5. ރީނދޫ

    2018 ޔާމީން ޝަހީމް

  6. އައްފާން

    ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންއަށް އިންތިހަބު ކާމިޔާބުވާނެ.

  7. އާދި

    ތިހެން ޓިޝާޓާއި ސަޔާ ދީގެން ބާއްވާލާ ސައިކަލް ބުރަކުން ތާއީދު ވަޒަނެއް ނުކުރެވޭނެ ، ރައީސް ޔާމީނު އަރިހުގަ ދާރުބާރޭމެން އެކަނި އަނެއް ކޮޅުގަ ދެން ހުރި ހުރިހާ ޕާޓީއެއް

  8. ޙެޔޮ އެދޭ ފަރާތެއް

    ހީވޭ ކަމެއްހެން. ރައީސް ޔާމީން މިހާރުވެސް ކާމިޔާބު ކޮއްފި.

  9. ނައްލަބެ

    ދެންބުނޭ އެއީ ހުސް އޭލިއަނުންނޭ ޕީޕީއެމްގެ ހެދުން އަޅައިގެން ތިބި.

  10. ނީޒާ

    ތީ ދައްކާ މަންޒަރު ތިކަން ފެންނާނެ ވޯޓުން

    • ހފފސ

      މިދުވަސްކޮޅު ފެންނަ މަންޒަރު މިއީ އަސްލު މަންޒަރު. އިބޫއާއި ފައިސަލް ނަސީމުގެ ތާއީދު ފެންނާނެ އެމީހުން އެކުރާ ދަތުރުތަކުން. 2000 މީހުންގ އާބާދީން 50 މީހުންގެ ސަޕޯޓް. މާލޭގަ ޖަލްސާއެއް ނުބޭއްވުނީ ޖަލްސާއަށް ދާނެ މާގިނަ ބަޔަކު ނުވުމުން. ކޯލިޝަނުގެ ސަޕޯޓް ބޮނޑި ވަރަށް ބޮޑުކަން މިކަމުން އަންގައިދޭނު.

  11. ރޮދިއިބޫ

    ކޮބާ އެމް ޑީ ޕީ މީހުންނަށް ފެނޭތަ

  12. އޭނަ

    ދެމީހުނާ ފަޅި. ތިތާ އެބަހުރިތަ މީހަކު

  13. ހުސޭނުބެ

    ވޯޓުން މޮޅުވިޔަސް ކަލޭމެން ގަބޫލެއް ނުކުރާނެ.

  14. ސަމް މަާލެ

    ސާބަހޭ ޝަހީީ،މު

  15. ޙަމީދު

    ސާބަސް ޔާމީނު އިބޫމެންތިކުރާދަތުރުތަކުން ފެންނާނީ ތަރައްގީ އެނޫންއެއްޗެއް ނުފެންނާނެ....

  16. އިނޫ

    އަޅޭ

  17. މަތު

    ޢެއްވެއުލުމާ ބަސްބުނުމުގެ ހައްގު ނިގުޅައި ނުގެން ނަމަ ތާއީދު ފެނުނީސް..ތިފެންނަނީ ވަޒީފާ ގެ ބިރު ފައިސާގެ ނުފޫޒު ޖަލުގެ ކުޑަ ގޮލިއާ ގޮއްމުށުގެ އަނިޔާގެ ބިރު ތިއަޔަކައް ތާއީދެކޭނުކޔާނެ

  18. ރަދުން

    ތިތާގިނައީބަންގާޅުން

  19. ޤައުމު

    ޥެރިކަން ކުރެވެނެެ ެފަދަ ލީޑަރޝިޕް މީހުންނަށް ެތައްއަހަރެއްގެ ތަޖުރިބާއިން ކުޑަ ދެކުދިން އެތަނަށް ލައިގެން ޖެހޭ ޙާލު ތަޖުރިބާ ކުރުމަށް ޤއުމުގެ ވަގުތު ބޭކާރު ކުރުމަށް ނުވިސްނަވާ..ތީ މޮޔަކަމެއް.

  20. މުޙައްމަދު

    އަމިއްލަޔަށް އަރުވާލެވިގެން ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށް ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅުންނަށް މިމަންޒަރު ފެނިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން

  21. މުޙައްމަދު

    ބޮނޑިބަތް ޖަމީލު މި މަންޒަރާ ގުޅޭ ޓްވީޓެއް ކޮށްދެއްވާ! މިއީ ކަލޭމެންނަށް އޮތް ތާޢީދުތަ ނޫނީ ރައީސް ޔާމީނާއި ޑރ ޝަހީމަށް އޮތް ތާއީދެއްތަ؟؟؟؟؟