އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓްގެ އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ) އަށް ލ.މައިބާދޫއިން ލިބުނު މަރުޙަބާއަށް ވުރެ އެރަށަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަޑައިގަތުމުން ގިނަ ރައްޔަތުން ނިކުމެ މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރ އެރަށައް ވަޑައިގެންނެވި އިރު، 150 ހަށް ވުރެ ގިނަ މީހުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެެވެ. މިނިސްޓަރ އެރަށަށް ވަޑައިގެން އެރަށުގައި ހުންނަ ޕީޕީއެމް ޖަގަހައެއް ހުޅުވާފައިވާއިރު، މިނިސްޓަރ ވަނީ މިރަށުގެ އެކި ގޭގެޔަށް ޒިޔާރަތްކޮށް ރަށުގެ މީހުންގެ ހާލު ބައްލަވާފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރާއިއެކު އިސްލާމިކް މިނިސްޓަރގެ ސްޓޭޓް މިނިސްޓަރ އަލީ ވަޙީދު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މާބައިދޫގައި ހުޅުވި ޖަގަހައިގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ފަޒީލް

މާބައިދޫއިން ޑިފެންސް މިނިސްޓަރއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މީހެ ހަފްތާއެއް ހާ ދުވަސް ކުރިން ކެންޕެއިން ދަތުރެއްގައި މާބައިދޫއަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ނިކުމެ ވަޑައިގަތީ އެންމެެ 37 ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

މާބައިދޫގައި އިބޫއަށް މަރްޙަބާ ދެންނެވުމަށް ނިކުތް މީހުން. ފޮޓޯ:ފަޒީލް

އިބޫއަށް މިހާ ކުޑަ ތަރުޙީބެއް މާބައިދޫއިން ލިބުނުއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި މިރަށުގެ ކައުންސިލްގެ ތިން ގޮޑީގެ ތެރެއިން 2 ގޮޑި ކާމިޔާބު ކުރީ އެމްޑީޕީންކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތަކަށް ލޯކަލް ކައުންސިލް އިންތިޚާބުން ބޮޑު ކާމިޔާބީއެއް ލިބުނު ކަމުގައި ވީނަމަވެސް، މިއީ އެއްވެސް ހާލެއްގައި މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އާ ގުޅުން ނެތް ނަތީޖާއެއްކަން މިއަދު ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުގެ ކެންޕެއިން ދަތުރު ތަކަށް ލިބެމުންދާ ތަރުޙީބުން ދައްކައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އާދަނު

    ކައުންސިލް އިންތިހާބުގައި ޔާމީނު ގާތްގަނޑަކަށް އެކަނި ނިކުމެ ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފައި. އޭރު މައުމޫނު ހުރި ސައިޑެއް ނޭންގޭތީ މައުމޫނުގެ އެތައް ސަޕޯޓަރުން ވޯޓްގައި ބައިވެރި ނުވޭ. މިހަރު އެހުރިހާ މީހުންވެސް އެތިބީ ޔާމީނުއަށް ތާއީދު ކުރަން. އަދި ކައުންސިލް އިންތިހާބަށް ފަހު އެތައް ހާސް ބަޔަކު ޕީޕީއެމް އަށް ސޮއި ކޮށްފި. ޔާމީނު ފަސޭހަ ކަމާއިއެކު އިންތިހާބު ކާމިޔާބު ކުރާނެ.

  2. ޢަލީ

    ބޭނުންވަނީ ހުރިހައި ރަށަކުންވެސް ތި މަންޒަރު ފެނިގެންދިއުން، ސަބަބު ވަރަށް ގިނަ، އަޅުގަނޑުމެން ހަނދާން ނެތިގެންނުވާނެ. ޑޮލަރެއް ނުލިބިގެން އުޅުނު އުޅުމާއި ބޭރުގައި ކިޔަވަން ފޮނުވައިފައިތިބި ކުދިން ގެންނަންޖެހުމާއި ބޭސްފަރުވާއަށް ބޭރަށް ނުދެވިގެން އުޅުނު ހަނދާނާއި މުސާރައިން ބައިކުޅަބައި ކަނޑާލި ކަމާއި އެއްވެސް ރަށެއްގައި ތަރައްޤީގެ އެއްވެސް ކަމެއް ނުކުރެވި ރަށްރަށުގައި މަސައްކަތްކުރި ކުދި ކުންފުނިތައް ބަނގުރޫޓުވެގެން ދިޔަކަން، މިފަދަ ކިތަންމެ ކަމެއް، މިއަދު އެހުރިހައިކަމެއް މިއޮތީ މި ސަރުކާރުން ރަނގަޅު ކޮށްދީ ދިވެހިރުފިޔާއެކޭ އެއްގޮތަށް މެޝިނުން ޑޮލަރު ލިބޭގޮތް ހަދައިދީފައި، ރަށްރަށުގައި މީހުން އެއުޅެނީ ހޭބޯނަރާ މަސައްކަތުގައި ، މަސައްކަތްކުރާނެ މީހުން ަދުވެގެން މިހާރު މިއުޅެނީ، އިންޝާ ﷲ 2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ.

  3. ޢުންބެ

    2008 އަހަރު ޑީއާރުޕީ ދިއަހުރިހާރައްތަކުންވެސް މައުމޫންއައްވެސް ހަމަތިވަރު ގާސިމު ރައްތަކައްފޭބީ ރައައްދޫލާގަ އެފަހަރުގެ ނަތީޖާ ތަކުރާރުނުވާނެބާ އެގިދާނެތާމި ފަހަރު ކުލަތަކުގެ ނަތީޖާ

  4. ކ

    ދޮންމަނިކާ.މިއީ މިނިސްޓަރަށް އޮތް ސަޕޯޓެއް ނޫން. ސިފައިންގެ ހަރަކާތްތައް އޮންނަ ހިސާބެއްވީމަ އެމީހުން ބުނީމަ ނުކުމެގެން އުޅޭބައެއް. ތިޔަ މިނިސްޓަރަށް ރާއްޖެއިން ލިބޭނީ ސުމެއް.

    • ހހހހހ

      އާނއެކޭ މިނިސްޓަރު ވެގެނެއް ނޫނޭ. ޕީޕީއެމް ސަރުކާރުގެ މިނިސްޓަރެއް ވީމަ ޕީޕީއެމް އަށް އޮތް ތާއީދު އެއީ. މޮޅު އެއްޗެއް ބުނެލާފަ ވަރަށް އުފަލުންތަ ތިހިރީ؟ ހެހެހެ މިތިބަ ދޮޅު އަހަރުގެ ދޮޅު ރޯނާއިންތަކެއްތާ.

  5. އަޙް

    މިއީ ރައީސް ޔާމީނަށް އޮތްތާއީދު، މި މަންޒަރު މުޅި ރާއްޖެއިން ވެސް ފެންނާނެ. އިބުރާޙީމު ލަދުން ނަން އަނބުރާގެންދާނެ ދަރަޖައަށް އިބުރާޙީމުގެ ބުއްދި ގޯސްވާނެ މިފަހަރު.

  6. އަލީ

    ރައީސް ޔާމީން ނޫނީ ކުފޫ ހަމަވާ ބޭފުޅަކުނެތް. އިބޫއަށް ވޯޓު ދޭންވީ ސަބަބެއްނެތް.

  7. އަލިބެ

    މިނސްޓަރ އާދަމްޝަރީފަކީ ވަރަށް ހިތްތިރި އެހެން މީހުންނަށް އިޙްތިރާމްކުރާ ޤާބިލް ތަޢުލީމީ ބޭފުޅަކަށް ވުމުން ޢާއްމު ރައްޔިތުން ވަރަށް ލޯބިވާ ވަޒީރެކެވެ. އެމަނިކުފާނަކީ ސަރޫކާރުގައި އެންމެ ދަށްފަންތީން ފެށިގެން ކުރިއަރަމުންއައި ތަޖުރިބާކާރެކެވެ. އެހެންކަމުން މިޤައުމަށް އައި ބަދަލުތަކާއި އަންނަންޖެހޭ ބަދަލުތައް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ އާދަމް ޝަރީފު ޢުމަރެވެ. އަދި އަހަރެމެންކަހަލަ އަތޮޅުތެރޭގެ އާބާދީކުޑަ ރަށަކަށް ނިސްބަތްވާ މިފަދަ ބޭފުޅަކަށް ދިފާޢީވަޒީރުކަން ދެއްވެވިކަމީ ރައީސް ޔާމީން ވަކިރަށަކަށް ވަކި ޢާއިލާއަކަށް ވަކިގޮތެއް ނުގެންގުޅުއްވާކަމުގެ އަލކިގަދަ ހެއްކެކެވެ. އެހެންކަމުން މިފަހަރު ރައީސް ޔާމީނަށް ފުރުޞަތުދީ މިހާރު ލިބިފައިވާ ތަރައްޤީ ދެގުނައަށް ޖެއްސުމަށް ދިވެހި ފަރުދުން އަތުގުޅާލައި ވިސްނުންތެރިކަމާއެކު ވޯޓު ެއްވާށެވެ. ފުރުޞަތު ނަގާލައި މިހެދުނީ ހާދަބޮޑު ގޯހެކޭ ފަހުން ކިޔަން ނުތިބެމާތޯއެވެ.

  8. ޞަލާޙް

    ޢާލީގެ ދިރާސާ ވަރަށް ފުރިހަމަ! އަދި ބައިވަރު ދުއްތުރާތައް ދިވެހިންނަށް ކުރި ވެރިކަމެއް އަންނިގެ ވެރިކަމަކީ!!!!

  9. ޝާނާ

    ޕަކާސް އަދިވެސް ޤަޢުމުގެ ވެރިކަމާ މޮޔަވޭ