ސެމްސަންގ ކުންފުނިން އެންމެ ފަހުން ނެރުނު އެ ބްރޭންޑްގެ ނޯޓް 9 އަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ނޯޓް 9 އަށް ޕްރިއޯޑާ ކުރަން މިހާރު ހުޅުވާލާފައިވާއިރު ފޯނު ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް މިހާރު ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

ދިރާގުން އިންސްޓޯލްމެންޓް ޕްލޭންތައް މެދުވެރިކޮށް ފޯން ނެގޭނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އަދި ފުލްޕޭމެންޓް އެއްކޮށް ދައްކައިގެންވެސް ފޯން ނެގޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑާޓާ ލިބިގެންދާނެއެވެ.

ކޮންމެ ކަސްޓަމަަރަަކަށްވެސް ޕްރިއޯޑާ ކުރެވޭނީ އެންމެ ފޯނެކެވެ. މިގޮތަށް ޕްރިއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ބްލޫޓޫތް ސްޕީކަރެއް ދޭގޮތަށްވެސް ދިރާގުން ވަނީ ހަމަޖައްސާފައެވެ. މި ހިލޭ އިނާމް ލިބޭނީ އޯޑަރު ކުރާ ތަރުތީބުންނެވެ.

ސެމްސަަންގ ނޯޓް9ގެ 128ޖީބީ އަދި 512 ޖީބީގެ ފޯންތަކަށް މިހާރު ޕްރިއޯޑަރު ކުރެވޭއިރު، މި ސައިޒްތަކުގެ ތިން ކުލައެއް ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެެއެވެ. އެއީ މިޑްނައިޓް ބްލެކް، އޯސަން ބްލޫ، އަދި މެޓަލިކް ކޮޕާއެވެ.