ބ. އަތޮޅަށް ފަސްޓް ލޭޑީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތުޅާދުއަށް ވަޑައިގަތުމުން ހީވެސް ނުކުރާ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ މެޑަމް ފާތުމަތު އިބްރާޙިމްއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ގިނަ ތުޅާދޫއިން، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 300 އެއްހާ މީހުންވަނީ ބަދަރު މައްޗަށް އެއްވެފައެވެ.

ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެެއްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ތިބި ކަން ފާހަގަ ކޮށްލެވެ އެވެ. އަދި އެކަމަނާ މިއަދު ވަނީ އެރަށުގެ އިޖުތިމާޢީ މަރުކަޒަށް ވަޑައިގެން ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދޭ މީހުންނާއި ބައްދަލު ކުރައްވަވާ އެބޭފުޅުންގެ ހާލު ބައްލަވާ ލައްވާ، އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބު އަރުވާފައެވެ.

ފަސްޓް ލޭޑީ އެރަށައް ވަޑައިގަތުމުން ސަރުކާރަށާއި ޕީޕީއެމްއަށް ތާޢީދު ކުރައްވަވާ ބޭފުޅުން ބަދަރު ސަރަހައްދުގައި ތިބި އިރު، އިދިކޮޅު ސަޕޯޓަރުންވެސް ވަނީ ބަދަރު މައްޗަށް ނިކުމެ، ޝުޢޫރު ފާޅު ކޮށްފައެވެ. ބަދަރު މައްޗަށް އެއްވެ ތިބި މީހުން އެމްޑީޕީގެ ދިދަޔާއި ޓީޝާޓު ލައިގެން ތިބި އިރު، އެމީހުން ދިޔައީ ރައީސް ޔާމީންގެ އިސްތިޢުފާއަށް ގޮވަމުން ނެވެ.

ބަދަރު ސަރަހައްދަށް އެއްވެ ތިބި އެމްޑިޕީ މީހުން

ބ.ތުޅާދޫ ކައުންސިލް މެންބަރު ޒާއިދް ރަޝީދު "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މެޑަމް ފާތުން ވަޑައިގެންނެވި ވަގުތުގައި ބަދަރު މަތީގައި އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބި ކަމަށާއި ނަމަވެސް ފުލުހުންގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމުން އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.

"މުޒާހަރާއެއް ނޫން، ބަލާލަން، ކޮންމެވެސް ވަރަކަށް (އިދިކޮޅު) މީހުން ތިބި. ހަމަނުޖެހުމެއް ނުހިނގާ، ފުލުހުން ދެއްކި ލައިން ކައިރީގަ ތިބީ. ދެން އިސްތިޢުފާއަށް ގޮވި އެއްވެތިބި އިދިކޮޅު މީހުން" ޒާއިދް ވިދާޅުވިއެވެ.

ބ.ތުޅާދޫއަކީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ރަށެކެވެ. ލޯކަން ކައުންސިލް އިންތިޚާބުގައިވެސް މިރަށުން ބޮޑު ކާމިޔާބީއެއް އެމްޑީޕީން ވަނީ ހޯދާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެނގޭތަ

    މަރުހަބާ އަކުން ކެއްކޭނެ ރިހައެއް ނެތެވެ. މި ރިހަގަނޑު ކައްކައި މިއީ ހަމަ ރިހަގަނޑެއް ކަމަށް ނިންމާނީ ވެސް މަރުހަބާއަކުން ނޫނެވެ. ކޯޓުންނެވެ. ބަލަން ތިބޭށެވެ.

  2. ރައްޔިތުން

    މެޑަމް ތިކުރައްވަނީ ރައްޔިތުންގެ ހައްގުގައި ޤައުމަށްޓަކާ ކުރައްވަވާ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކަން ކަށަވަރު.. ކަމަނާ ދެކެ ހިތްބަރުކުރާ ބަޔަކު އެކުރައްވަނީ އެމީހުންގެ ހިތާއި ދެކޮޅައްކަން އެއީ ޔަގީން ކަމެއް. ރައްޔިތުން ކަމަނާގެ ޚިދުމަތްތައް ބަލައިގަނެ ޝުކުރުވެރިވޭ. ރައްޔިތުން އެދެނީ ތި އޯގާތެރި، އިޚްލާސްތެރި އަދި ޚިދުމަތްތެރި މަހާރެހެންދި ދެވަނަ ދައުރުގައިވެސް ޚިދުމަތް ކުރެއްވުމުގައި އަދި ހާލު ބައްލަވައި އެހީތެރިވުމގައި ދެމިހުރުން. ރައީސް ޔާމީން ރައްޔިތުންނަށް ކޮއްދެއްވަމުން ގެންދަވާ ޚިދުމަތް ތަކާއި ޤައުމު ބާރު ސްޕީޑުގަ ތަރައްޤީ ކުރައްވަމުން، އަދި ޤައުމުގެ އެްބައިވަންތަކަމާއި އަމަން ދަމަހައްޓަވާ އަދި މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރި ކޮއްދެވަވައި އަދުލު އިންސާފު ގާއިމް ކޮށްދެވަވައި، ގައުމާއި ރައްޔިތުން ހިމާޔަތް ކޮއްދެއްވަވާ އިޚްލާސްތެރި ޚިދުމަތްތެރިޔެއް ކަން ސާބިތު ކޮއްދެއްވައިފި. މާތް ﷲ ބަރަކާތް ލައްވާށި. މާތް ﷲގެ ވާގިފުޅާއިއެކު ދިވެހި ލޮބުވެތި އިޚްލާސްތެރި ރައްޔިތުން ނުކުންނަވައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުކުރަން ވޯޓުދެއްވާނީ ޤައުމީ ވާޖިބެއްގެ ގޮތުގައިވެސްމެ ދެކިގެންކަން ކަށަވަު.

  3. ނުރަބޯ

    ވިސްނުންތެރި ރައްޔިތުން އިސްލާމްދީނަށް ފުރައްސާރަކުރި ބައެއްގެ ފަހަތަކަށް ނާރާނެ. މިކަމުންވެސް އެނގިގެން ދަނީ ރައީސް ޔާމީންގެ މަސައްކަތް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ބަލައިގެންފި ކަމެވެ.

  4. ޝާނާ

    އެމް.ޑީ.ޕީން ކިތައްމެ ހަޅޭކެއްލެވިޔަސް ތިތާ ތި ނަގާ ކިޔާ އާއިލާ ތަކަށްވެސް މެޑަމް ފާތުންގެ ދީލަތި އެހީ ވަނީ ފޯރުކޮށްދީފަ ކާންދޭ އަތުގައި ދަތް އަޅާ މީހުން ވީމާ އުޅޭ ފާޑެއް ލަދުން ބޯ ހަލާކު!

  5. ފަލަޑޭ

    އިދިކޮޅުމީހުންނަކަށް ހަޖަމެއް ނުވާނެ. އެމީހުންގެ ސަގާފަތަކީ މީހުންނާދިމާލަށް އެއްޗެތިގޮވުމާ' ހަޅޭއްލެވުމުގެ ސަގާފަތެއް . އިދިކޮޅުންގެ ރޫހާނީލީޑަރު އަންގާގޮތައް ޕާޓީގެ މެންބަރުން އެހަދަނީ.