ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވި މީހާގެ ހަށިގަނޑު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ އަންހެން މީހާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

އެ މީހާ ދަން ޖެހިފައި ހުއްޓާ ފެނުނީ ރޭ ފަތިހުއެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި މީހާގެ ފިރިމީހާ އާއި ހަވާލާދީ މައުލޫމާތު ދިން މީހާ ބުނީ ފިރިމީހާ ފަތިސް ނަމާދަށް ދިޔައިރު ވެސް އަންހެން މީހާ އޮތީ ނިދާފައެވެ. ނަމަވެސް ނަމާދުން އެނބުރި އައިއިރު އޭނާ އޮތީ ދަންޖެހިފައެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ގޭގެ ގިފިލި ތެރެއިންނެވެ.

ދަން ޖެހިގެން މަރުވެފައި ވަނީ ނަފްސާނީ މައްސަލައެއް ހުންނަ އަންހެނެކެވެ. މިދިޔަ ޑިސެންބަރު މަސް ތެރޭގައި އެ އަންހެން މީހާ ގެއްލިގެން ހޯދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންހެން

    إنا لله وإنا إليه راجعون

  2. ސިރާޖް

    ނަފްސާނީ މައްސަލަ ހުންނަ މީހެއް، ގެއްލިހެން 2 ދުވަސް ވަނދެން އުޅުނުމީހެއް، ޖެންޑާ މިނިސްޓްރީ އިން މިމީހާ އާއި އެއްވެސް އެހީތެރި ކަމެއް ލިބުނުބާ؟ މި މީހާގެ ތުއްތު ދަރިން ވެސް ތިބޭކަމަށްވޭ، އެ ކުއްޖަކަށް ވެދާނެ ގޮތަކަށް ވިސްނާފަވެސް ޖެންޑާ އިން އިންވޯލް ވާން ނުޖެހޭބާ؟