އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކ.އަތޮޅަށް އަދި ރަނިން މޭޓް ފައިސަލް ނަސީމް އއ.އަތޮޅުގެ ރަށްތަކަށް މިއަދު ވަޑައިގަތުމަށް ނިންމައިފި އެވެ.
ކެމްޕެއިން ކުރެއްވުމަށް އިބޫ ކ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
ރަނިންގް މޭޓް ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އއ. ހިމަންދޫއަށެވެ. އެއަށްފަހު އެ އަތޮޅު މާޅޮސް، ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ.
މި ދަތުރުގައި މާދަމާ ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑުފޮޅުދޫއަށެވެ. އެއްފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގެންނަވާނެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖަގަހަ ހުޅުއްވާދެއްވާނެއެވެ. ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.
މި ދަތުރުފުޅުގައި ފައިސަލް ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކޮންމެ ރަށެއްގައި ވެސް އެރަށުގައި ދޮރުން ދޮރަށް ހިންގެވުމަށްވަނީ ހަމަޖެހިފައި އެވެ. އަދި އެރަށްތަކުގައި ތިބި ސަޕޯޓުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާނެ އެވެ.
ފައިސަލް އާއި އިދިކޮޅު ކެންޑިޑޭޓް އިބޫ ވަނީ ރާއްްޖޭގެ ގިނަ ރަށްތަކަށް ކެމްޕެއިންގައި ވަޑައިގެންފަ އެވެ. އިންތިހާބުގެ ފޯރި ގަދަވަމުން ދާއިރު އިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރިޔާސީ އިންތިހާބަށް އެފަރާތްތަކުން ކުރަމުންދާ ކެންޕެއިންއަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ސެޕްޓެމްބަރުގައިއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަންގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ބަލަގަތިޔަބައިގަޑުގެވާހަކަނުލިޔެބަލަ ޕްލީސް
ރަށު ރައްޔިތުންގެ މެމްބަރުކަމަށް ރައްޔިތުން މަޖިލިސްމެމްބަރުކަމަށް ހޮއްވާދިނީމަ ތިމެންނަމެންގެ ދާއިރާގެ ރައްޔިތުންނަށް ޢައްދާރުވެފައިތިބި ބަޔަކަށް ބުއްދި ސަލާމަތުންތިބި ބަޔަކު ވޯޓްދޭނެތަ؟؟ކިތައްމެވަރަކަށް ސަލާމްޖަހަމުން ނިކަމެތި ރައްޔިތުންގެ ފައިބުޑަށްވެއްޓި ފައިސާފުނި އޮއްސަމުން ދިޔައަސް، އިބޫ/ ފައިސަލު ކަލޯމެންނަކީ ދާއިރާތަކުގެ ތަރައްގީއަށް ހުޅުވި ބަޖެޓް ބިލަށް ވޯޓް ނުދިން މެމްބަރުންކަން ރައްޔިތުން ހަނދާން ނުނެތޭ، އެހާވަރަށް ނޫންތޯ ބަޔަކު ޢައްދާރުވާނީ، ވެރިކަމާގުޅޭ އެއްވެސް އުރޮއްޕެއްވެސް ތިބި ބައެއްނޫން
އިބޫ ބެއްޔާމެން އެއްމެ ބޭނުންވާކަމަކީ އިންޑިއާގެ ހާމުދުރު ބުދިޝްޓުން އަޅާކަހަލަ ރީނދޫ މާފަތި ކަރުގަ އެޅުންކަމަށްވާތީ ރަށްރަށަށް ދިޔައިމަ ސަޕޯޓަރުން އެކަންތައް އެބަކުރޭ، މިމީހުން އެންމެދެރަވާނީ ހާމުދުރު މާގަނޑު އަޅައިގެންގޮސް ވަންނާނެ ފައްޅިއެއް މިގައުމުގަ ނެތީމަ، ގައުމެއްގެ ތަޚުތައް އެއްވެސްވަރަކަށް ގާބިލުނޫން މީހަކަށް ވެރިކަންދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއްދިނުން، މިބެއްޔާއަށް ރައީސުކަން ހޯދަދޭން ފޫގަޅާއިގެންއުޅޭ މީހުންނަކީ އަމިއްލައެދުމުން ފުރިގެންވާ ބައެއް، މަޤުސަދު ހާސިލުވެއްޖެއްޔާ ތިމަންނަމެން މިގައުމު ލޫޓުވާ ނާޖާއިޒުފައިދާނަގަން އެހެން ބޭނުމެއްގައެއްނޫން
އިބޫމެން ކެމްޕެއިނަށް ގޮސްގެންއުޅެނީ އިންޑިއާއަށްތަ؟؟ ކަރުގަ އަޅާފައިވާ މާފަތި އެގޮތާ ވައްތަރީ، ވަޗުޕާއީމެން/މޯދީމެން ކެމްޕެއިންކުރާއިރު ސްޓޭޓްތަކުން ސަޕޯޓަރުން ވެދުންކުރަނީ ހަމަތިގޮތަށް، އެހެންގޮތަކަށް ބުނަންޏާ ހާމުދުރު ފައްޅީގެ ބޮޑުން، އެގޮތުން އުނިކަމަކީ ރީނދޫކުލައިގެ ސާޅީއެއް ތުރުކުރައްވާފައި ނުވާތީ، އިބޫމެންގެ މިފަދަ ފޮޓޯތައް ފެނުނީމަ އިންޑިއާގެ އިސްވެރިން ހާދަ އުފާވާނެއޭ، އިބޫމެން ބޭނުންވާނީވެސް އެގޮތްތާ؟؟
ރޔާމީން ބަރަވެލި ސްޕީޑްގައި ކެމްޕެއިންކުރަނީ..
ކަލޭމެން ކިތަންމެ ކެންޕެއިނެއް ކުރިޔަސް އަހަރުމެންގެ ވޯޓް ކަލޭމެންނަކަށް ނުދޭނަން،
ބޭކާރު ޚަރަދު ނުކޮށް މަޑުން ތިބިއްޔާ މާރަގަޅުވާނެ