އާ ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެމްއޭސީއެލް

ވަޒީރުކަމުގެ އެއް އަހަރު ވީއިރު މާލޭގައި އޭރު ގޮނޑުވަމުން ދިޔަ ސަލްޓަން ޕާކްގެ ގޮނޑުކަން ފިލުވާލާ ފެންސް ޖަހާނުލެވުނު ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 600 މިލިއަން ޑޮލަރަށް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވުމުން އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދަށް ހައިރާންކަން ލިބިވަޑައިގެންފިއެވެ.

މިނިސްޓަރ ސައީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުކަމުގެ އެއް އަހަރު ވީއިރު މާލޭގައި އޭރު ގޮނޑުވަމުން ދިޔަ ސަލްޓަން ޕާކްގެ ގޮނޑުކަން ފިލުވާލާ ފެންސް ޖަހާނުލެވުނު މީހުން މިމޫސުމުގައި ތިލަވެ 600 މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްޤީ ކުރެވޭނެ ވާހަކަ ދެއްކުމުން ހައިރާންވާ ކަމަށެވެ.

މިނިސްޓަރ ސައީދުގެ ޓްވީޓްގައި ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވި ނަމަވެސް މިނިސްޓަރ ސައީދު މިޓްވީޓް ކުރެއްވީ ރޭ އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިސަރުކާރުން އެއް ބިލިއަން ޑޮލަރަށް ތަރައްޤީ ކުރަނީ 650 މިލިއަން ޑޮލަރުން އެކަން ވާން އޮއްވާ ކަމަށް މަލީހް ވިދާޅުވެފައި ވަނިކޮށެވެ.

މަލީހް ވިދާޅުވީ ޖަޕާނާއި ހެޔޮ އެދޭ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު 650 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމަށެވެ.

އެއާޕޯޓް މިހާރު ތަރައްޤީ ކުރަން ޚަރަދު ކުރާ ވަރަށްވުރެ 50 އިންސައްތަ ކުޑަ އަގެއްގައި އެއާޕޯޓް ތަރައްޤީ ކުރެވެން އޮތް ކަމަށް މަލީހް ވިދާޅުވެފައި މިވަނީ ރައީސް ޔާމީން އޭނާ ވަޒީރުކަމުން ވަކިކުރިތާ ތިން އަހަރު ފަހުންނެވެ. މަލީހް ވަޒީރުކަމުން ވަކިކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހު އެވެ.

މީގެ ކުރިން އެއްވެސް ތަނެއްގައި އެއާޕޯޓް 650 މިލިއަން ޑޮލަރަށް ތަަރައްޤީ ކުރެވެން އޮތް ކަމަކަށް މަލީހް ވެސް އަދި އެހެން ބޭފުޅަކު ވެސް ވިދާޅުވެފައެއް ނުވެއެވެ. އަދި ޖަޕާނާއި އެހެން ގައުމަކުން ވެސް އެފަދަ މަޝްވަރާއެއް ކުރިކަން އެނގޭނެ އެއްވެސް ރަސްމީ މައުލޫމާތެއް ނެތެވެ.

މިނިސްޓަރ ސައީދު މިއަދު ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ޓެގް ކުރެއްވުމަށް ފަހު ވަނީ ސުވާލެއް ވެސް ކުރައްވާފައެވެ.  މިނިސްޓަރ ވިދާޅުވީ އެމްޑީޕީ އިން ޖީއެމްއާރަށް އެއާޕޯޓް ވިއްކާލީ (600 މިލިއަނަށް އެއާޕޯޓް ތަރައްޤީ ކުރެވެން އޮތުމުން) ތޯއެވެ.

އެއާޕޯޓް ތަރައްޤީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މި މަޝްރޫއުގެ ދަށުން އަޅާ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ރަންވޭގެ އިތުރުން ޕަސެންޖާ ޓާމިނަލެއް ވެސް ހަދާ، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެކަހަލަ ބޮލުން ދުންއަރާފަ ތިބޭ ފޯއްމުލަކު މީހުން ދައްކާ ބާހަކަޔަށް އަހަރުމެން ރައްދު ނުދެން!

  2. ބަލާ ސައީދޫ!!! ލެޕްޓޮޕަކާ އެއްރިސޯޓުން ގައުމު ހިންގަން އޮއްވާ ތިޔަހާ ބޮޑުޚަރަދެއް ތިޔާކުރައްވަނީ ކީއް ކުރަން ތޯ؟؟ މި ސުވާލަށް ޖަވާބު ދީބަލަ!!!

    • ސައީދޫ ލެޕްޓޮޕަކާ އެއްރިސޯޓުންނޯ އެކުދިން މި ގައުމު ތަރައްޤީ ކުރަނީ?

    • ތޮ ސުވާލަށް ޖަވާބުދޭންޖެހެނީ ސައީދުތަ؟ ތިއީ މުހައްމަދު ނަޝީދު ބުނެފައި އޮތް އެއްޗެއް. އަލައް ސިޔާސީ ވާހަކަ އަޑުއަހަން ފަށައިގެން ދޯ ތިއުޅެނީ؟ އާ ކޮޅު ތިހެން ވާނެ. ތިވަރުންވެސް ކޮމެންޓް ކުރަންވާނެ.

  3. މިފަހަރު ވެރިކަން ހޯދާނީ ސީދާ ވޯޓުން!! މާތްﷲގެ ހެޔޮރަޙްމަތާއެކު ޔާމީން މިފަހަރުގެ އިންތިޚާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ!!! ރައްޔިތުން ވޯޓްދޭނީ ތަރައްގީއަށް!! ގައުމު ހަމަޖެހުމަށް!! ތަނަވަސްކަން އިތުރުވުމަށް!! މިނިވަންކަން ޙިމާޔަތްކުރުމަށް!! ދީނީ ތަޢުލީމު ބިނާކުރުމަށް!! ރިވެތި އާދަކާދައާއި އަޚްލާގު ހިފެހެއްޓުމަށް!! ސިއްޙީ ޙިދުމަތް ކުރިއެރުވުމަށް!! ވަޒީފާގެ ފުރުސަތުތައް އިތުރުވުމަށް!! ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް!! ގައުމުގެ ހަރުމުދާ ވިއްކުމާ ދެކޮޅަށް!! ގައުމުގެ ހަމަޖެހުން ނަގާލުމާ ދެކޮޅަށް!! އަބަދު މުޒާހަރާކޮށް ތަންތަނަށް ގެއްލުންދީ އަލިފާން ބޯޅަ އުކާ ހުޅުޖެހުމާ ދެކޮޅަށް!! ފަނާކުރެނިވި ފިކުރާ ދެކޮޅަށް!!

  4. 7 ލައްކަ ރުފިޔާ އަށް އެޅެން އޮތް ފުޓްސަލް ދަނޑު 1.8 މިލިޔަން އަށް ބަޔަކަށް ދިނީ ކޮން ދީވާނާ އެއް ވެގެން މަލީހޫުުު

  5. މިސަރުކާރުގެ ރައީސް ޔާމީނުގެ ކެބިނެޓުން ޙަވާލުކުރި ވަޒީރުކަން ނުކުރެވުނު. އެއްއަހަރު ދުވަހު ވަޒީކަމުގައި ހުންނަވައިގެން ޙަވާލުކުރި ވުޒާރާ ހިންގާނެ ޤާބިލް ކަމެއް ނެތްމީހަކު ޕޯޑިއަމެއް ކައިރީ ހުއްޓިލައިގެން ބުހުތާން ދޮގުވާހަކަތައް ދައްކަނީ އިދިކޮޅު މީހުންނަށް ވެރިކަން ލިބިގެން އަނެއްކާވެސް މިނިސްޓަރ ކަމަށް އަންނާން ކަމަށްބާ؟ އެކަންވާނީ އިދިކޮޅަށް ވެރިކަމަށް އާދެވިގެން. އަދި ހިސާބުތަކުން ދައްކަނީ މުޅިންފޭކް. އާދެވޭކަށް ނެތް އަހަރުމެން އެޖާގަވެސް ދޭކަށް ނެތީމު. ސަރުކާރުން ވަކިކުޮށްލީމާވެސް ނޭގުނުބުނާކަށް ތިމަންނާ ވަކިކުރީ ސަރުކާރުން ކުރަންނިންމާފައިވާ އެކިއެކި ޕްރޮޖެކްޓު ތަކުގެ މަސައްކަތް 50 ޕަސެންޓް ކުޑަކޮށް ކުރެވެން ހުރި ކަންތަކާ ދެކޮޅުވާތީއޭ. މިހެން އެދުވަހު މީޑިއާނިކުމެ ބުނެލިނަމަވެސް ޤަަބޫލުކުރާނެ. މިހާރު މަލީޙް ބްރޯ ޓޫލޭޓް. ޤަބޫލުނުކުރެވޭނެ. ޔާމީން އަހަރުމެންހޮވާނީ.

  6. އެސޮރައް ހޭލެވުނީ އަދިކިރިޔާ އެހެންވީމާވެދާނެ އެހެން......

  7. މަލީޖު ކިޔާމީހާ ދޭބަލަ ފޯއްމުލަކަށް ފޯއްކޮށަން، ތިމެންނަވެސް އެބަހުރީމޭ މީހުންނަށް އަންގަން އިޝްތިހާރުވަނީތަ،؟؟؟ހީވަނީތަ ތިމެންނަގެ ރަށުމީހާ ނާއިބު ރައީސަކަށް ހޮވިދާނެހެން، ހިޔަންޏަށް މުޑިނަގާބަލަ

  8. ކަމަނަ މުހައްމަދު

    މަލީ ހޭ. އެއީ ބުދު ކުއްޖެއް. އެކަހަލަ ކޮސް ގޮވާނެ.

  9. ޙަފްޞާ / މާލެ

    އަމިއްލަ ލޮލުގައި އަޅައިގެންހުރި އަމިއްލަ އިއިނުވެސް ފޮހެލަންނޭގުނު ސޮރެއް މިއަދު މިކިޔާ އެއްޗަކުން ފާޚާނާޔަށް ދެވޭވަރުވެއްޖެ! މިސޮރު ގެނެސް ރާއްޖޭގެ ރަށްތައް އޮތް ސަޅިކަމާ އައިސްފައިހުރި ތަރައްޤިއާ ޖަމާވެފަހުރިރިޟާވްއާ ހޮސްޕިޓަލްތަކަށް އައިސްފަހުރި ކުރިއެރުންތަކާ ރައްޔިތުން މިކަންކަމާ އުފާވެފަތިބި ވަރު ދައްކާލަންވީ! ދެކަމުއެކުގަކަންނޭގެ ދެވޭނީ!