ހދ.ނޮޅިވަރަމްގައި އަންހެނަކު ދަން ޖެހިގެން މަރުވެއްޖެއެވެ.
މީހަކާއި ވެސް އިނދެގެން އުޅޭ އަންހެން މީހާ ދަން ޖެހިފައި ހުއްޓާ ފެނުނީ ރޭ ފަތިހުއެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނު އިރު ވެސް އޮތީ މަރުވެފައެވެ. މިހާރު އޭނާގެ ހަށިގަނޑު އޮތީ ނޮޅިވަރަމްގެ ސިއްހީ މަރުކަޒުގައެވެ.
ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ދަން ޖެހިގެން މަރުވެފައި ވަނީ ނަފްސާނީ މައްސަލައެއް ހުންނަ އަންހެނެކެވެ.
މަރުވި މީހާގެ ފިރިމީހާ އާއި ހަވާލާދީ މައުލޫމާތު ދިން މީހާ ބުނީ ފިރިމީހާ ފަތިސް ނަމާދަށް ދިޔައިރު ވެސް އަންހެން މީހާ އޮތީ ނިދާފައެވެ. ނަމަވެސް ނަމާދުން އެނބުރި އައިއިރު އޭނާ އޮތީ ދަންޖެހިފައެވެ.
ނަފްސާނީ ކުދިން ބައިތިއްބަން ޖެހޭނީ ފުރާޅު ނުހުންނަ ކޮޓަރި ތަކުގަ
މިމީހާގެ އުމުރާ ނަމާ އެޑްރެހާ ހިމަނާލިނަމަ ކިހާރަގަޅު
إنا لله وإنا إليه راجعون
ދަންޖެހިފައި އޮންނާނީތަ ނޫނީ ހުންނާނީތަ؟
ދަންޖެހިފަ ހުންނާނީ.
މިއީ އިހުމާލެއްތޯއެވެ؟ އެހެންކަމުގައިވާނަމަ ސުވާލަކީ އިހުމާލުވީ ކޮން ފަރާތަކުންކަމެވެ؟ އާއިލާއިން ހެއްޔެވެ؟ކައުންސިލުން ހެއްޔެވެ؟ނުވަތަ ރަށުގެ ރައްޔިތުން ހެއްޔެވެ؟ އޭނާ އަހަރެމެންނަށް އިންޒާރެއް ދިނެވެ. އެހެނަސް އެ ބިރުވެރިކަމުގެ ސުރުހީއަށް އަޅައިނުލާ ދޫކޮށްލެވުނީއެވެ. އެންމެފަހުން ކުފުރުމަރެއްގައި މަރުވެގެން ދުނިޔެދޫކޮށްފައި އޭނާދިޔައީ ކަމުގައި ބަލަންޖެހުނީއެވެ. ކާފަރެއްގެ ގޮތުގަ ލޭބަލްކުރަން ޖެހުނީއެވެ. ޝިރުކުގެ ދަންމަޅިއެއް ކަރުގައި އަޅުވައިގެން ދިޔަ އަންހެނެއްގެ ގޮތުގައެވެ. ސާފުޠާހިރު އީމާންކަމުގައި އަނިޔާވެރި އުރެދުމެއްގެ ކަޅު ދަހަނާ އަޅުވައިގެންދިޔަ އަންހެނެއްގެ ގޮތުގައެވެ.
މިވެސް ހިތާމަހުރިކަމެއް