އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) އިން މާލޭއާއި މާލެ ކައިރީގައިވާ ރަށްތަކުގެ ތިމާވެށްޓާއި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް 33.7 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެއްބަސްވުމުގައި ރާއްޖެއާއި އޭ.ޑީބީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ. އަދި އޭ.ޑީ.ބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑިވިޝަން ސައުތު އޭސިއާ ޑިޕާޓްމެންޓްގެ ޑައިރެކްޓަރ ރޮނާލްޑް އެންޓޮނިއޯއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސޮއިކުރުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ "ގްރޭޓާ މާލޭ އެންވަޔަރަމަންޓް އިމްޕުރޫވްމެންޓް އެންޑް ވޭސްޓް މެނޭޖުމެންޓް" ޕްރޮޖެކްޓަކީ މީގެ އެއްއަހަރު ދުވަސް ކުރިން ފެށިގެން ފެށުމަށް ރާވަމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 167 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މިއަދު އޭ.ބީ.ޑީއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ލިބުނު 33.7 މިލިއަން ޑޮލަރާއި ޖަޕާނުގެ އެހީގައި ލިބުނު 2 މިލިއަން ޑޮލަރާއި ސަރުކާރުންދޭ 40 މިލިއަން ޑޮލަރާއި އެކު ޕްރޮޖެކްޓްގެ ފޭސް އެކަކަށް ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ފައިސާއަކީވެސް ހިލޭ އެހީކަމުގައި މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

" މިއީ އަޅުގަނޑުމެން ވަރަށް ކުރީއްސުރެއް ވިސްނަމުން އައި މަޝްރޫއެއް. މިއަދު އަޅުގަނޑުމެންނަށް މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭނުންވާ މާލީ ކަންކަން ފަހިވެގެން މިދިޔައީ. އެގޮތުން އޭ.ޑީ.ބީގެ ފަރާތުން މިއަދު އަޅުގަނޑުމެންގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިވަނީ 33.7 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ލިބިފައި. އަދި ޗައިނާއިން ވެސް ވަނީ 2 މިލިއަން ޑޮލަރުގެ އެހީއެއް ލިބިފަ. އެހެންކަމުން ސަރުކާރުގެ އެހީއާއި އެކި މި މަސްރޫގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ފައިސާ މިވަނީ ލިބިފައި" މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް 125 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާއިރު އޭގެ ތެރެއިން 90 އިންސައްތަ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި އޭ.ޑީ. ބީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑިވިޝަން ސައުތު އޭޝިއާ ޑިޕާޓްމެންޓްގެ ޑައިރެކްޓަރ ރޮނާލްޑް އެންޓޮނިއޯ ވިދާޅުވީ މިއީ 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫއަކަށް އެބޭންކުން ހަރަދުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އަދި އެ ބޭންކުން ފޯރުކޮށްދިން މާލީ އެހީތެރިކަމާއި އެކު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާވެ ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްޤީގެ ކުލަ ޖެހިގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ، މީގެއިތުރުން ރާއްޖެއާއި އޭ.ޑީ.ބީ އާއި ދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކޮށް ރޮނާލްޑް ވަނީ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިންނި

    މިއޮތީ ކާލާނެ ލާރި ބޮނޑިއެއް މި ސަރުކާރަށް ލިބިފަ....

  2. Anonymous

    މިހެންވީމަ އަހަރުމެން ރައީސު ޔާމީންއަށް ސަޕޯރޓްކުރަނީ، ފައިދާހުރިގޮތަށް ގައުމުހިންގަން އެނގުމަކީ މިއީ، ބިނާކޮށް ތަރައްގީކުރާނެ ފައިސާހޯދަން އެގޭނީވެސް ޔާމީންކަހަލަ ގާބިލު ކަމާގުޅޭ ތަޢުލީމީ ބޭކަލަކަށް، ދެންހެޔޮ އީޔޫއަކާއި އ.ދ. އަދި އިންޑިޔާފަދަ ޖައްބާރު ފަރާތްތައް އަހަރުމެންނާއި ނުގުޅުނަސް. އެއްއިރެއްގަ ބަޔަކު ވެރިކަން ކުރިއިރު ގައުމަށް ފައިސާއެއް އެތެރެކުރަން ނެއެނގުން ބާއްވާފަ އެއްޗެއް ލިބޭންހުރި ވަސީލަތްތައްވެސް ބޭރުގައުމުތަކަށް ދޫކުރަމުންދިޔައީ، އެންމެފަހުން އޮބިނޯވެގެން އަމިއްލައަށް ވެރިކަންދޫކޮށްލާފަ ފިލާއިގަތީ

  3. ޒީނާ

    މާލެ ތަރައްގީކޮއްފަބަހައްޓާ، ރާއްޖެރޭމީހުންގެ ވޯޓު ހަދާންނައްތާލާ، 2018 ޔަގީން ނުހޮވޭނެ،

    • ފީބުޑި

      ޒީނާ ހޮޅިވާހަކަ ނުދައްކާ ދެލޮލަށް ތިހުރީ މިރުސް އެޅިފަ.

  4. ޙާލުގެދުލުން

    މިފެންނަނީ މާސްޓަރ މައިންޑްގެ ވެރިޔަކު ރައީސަކަށް ހުރީމާ ވާގޮތް. އަދިވެސް ހަޖަމް ނުވާ ބައިގަނޑަށް ހަޖަމްނުވާނެ.