އިދިކޮޅު ވެރިކަމެއްގައި ޕެޓްރޯލާއި ޑީސަލްއިން މިހާރު ނަގަމުންދާ 10 ޕަސެންޓްގެ ޑިއުޓީ ކަނޑާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ކ. ގުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުނެވެ. އިބޫ ވިދާޅުވީ ލިބޭ އާމްދަނީއެއްގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނި ކަރަންޓަށް ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓުގެ އަގު ބޮޑުވުން ކަމަށެވެ.

އިބޫ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވި ނަމަވެސް ކަރަންޓުގެ އަގު ހެޔޮ ނުވާ ކަމަށެވެ.

" ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެ , އެކަން ކުރައްވާނީ ރިނިއުބަލް އެނާޖީ އިތުރުކޮށްގެން , އިރުގެ އަވިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރާނަން " އިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ ތެލުގެ އަގު ހެޔޮކުރަން އެމްޑީޕީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ޑިއުޓީ ކަނޑާލުން ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު ވެސް 10 ޕަސެންޓްގެ ޑިއުޓީ ޕެޓްރޯލާއި ޑީސަލްއިން ނަގަމުންދާ ކަމަށެވެ.

އަޅުގަނޑުގެ ވެރިކަމެއްގައި ޑިއުޓީ އެއްކޮށް ކަނޑާލާނަން, ޑިއުޓީ ކަނޑާލުމުން އޭގެ ފައިދާ މަސްވެރިންނާއި އެހެން ވެސް ތެލުގެ
ބޭނުން ކުރަންޖެހޭ " އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް މަހަކަށް ވެފައިވާއިރު ކެންޕެއިންގެ ފޯރިވެސް ދަނީ ގަދަވަމުން ނެވެ. އިންތިހާބުގައި ވާދަ ކުރައްވާ ދެކެންޑިޑޭޓުން ގިނަ ވައުދު ތަކެއް ދަނީ ރައްޔިތުންނަށް ވަމުންނެވެ.

ސްޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަނަނީ މައްސަކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މައްސަކަތް ކުރަމުންނެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ސެޕްޓެމްބަރުގައިއެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަންގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖ

    ހުސްދޮގު ނަސީދުވެސްބުނި އެއްލެޕުޓޮޕުންނޭ ރާއްޖޭގެ ވެރިކަން ކޮއްލާނަމޭ ހަރާމްވީކަމެއް

  2. ބުއްޅަބޭ

    ތެލާއި މުދަލުން ޑިއުޓީ ކަނޑާ، ބޭސްފަރުވާ ހިލޭ އިންޑިޔާއިން ލިބޭގޮތަށް ރާއްޖެ އިންދިޔާއަށް ވިއްކާލާވާހަކަތޯ؟!

  3. ޢިބޫ

    ފެންވަރެއް ނެތް މީހަކު ގައުމުގެ ވެރިކަމަށް އަންނަން ވައުދު ބޮނޑިވަރެއް ވަނީ... އަމިއްލަ އެދުން ބޮޑުވަރު. ޢަޅުގަނޑުގެ ވެރިކަމެއްގައި... މީދެން ބޮޑުވަރު ހައްހައްހާ....މ

  4. 3ނިރު

    ޥެެިރިކަމަށް އަންނަން ކެމްޕޭން ކުރިއިރު އަންނި ވެސް ބުނި ކަރަންޓް އަގު ދަށްކުރާނަމޭ ވެރި ކަން ލިބުނުތާ 6 މަސްނުވޭ ކަރަންޓްގެ އަގު ބޮޑުކޮއްލީ ދެން ސަބްސިޓީއޭކިޔާފަވެސް އޮޅުވާލީ ސަރުކާރުން އިލެކްޓްރިސިޓީއަށް ތެލުގެ ސަބް ސިޓީ ދޭތީ މައުމޫނު އިރުގަވެސް އަގު ބޮޑު ނުކޮށް އޮތީ

  5. ނަޢީމު

    އިދިކޮޅަށް ދާނީ! ތެލުގެ ޑިޔުޓީ ބޮޑުކޮށް ކަރްންޓް އަގު ބޮޑުވާނީ! ޑޮލަރުގެ އަގަށް ގެނައި ބޮޑު ބަދަލުގެނައީ ކީކޭކިޔާފަ ވަޢުދުވެފަކަން ހަނދާންކރޭ ދިވެހިން.

  6. ބައްބަ

    އިބޫ ހަދަނީ ހުސްދޮގު އެމްޑީޕީ މީހުންނައް ދުވަހަކުވެސް ތެދެއްނެހެދޭނެ ދޮގު ހަދަމުންގޮސް ދެން ހަދާނެ ދޮގުވެސް ނޭނގި ފައި ތިބިބައެއްތީ.

  7. ހުސޭނުބޭ

    މަ ބޭނުމީ އެންމެ ކަމެއް! 3 އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ ޚަޒާނާއިން ވަގަށްނެގި 4.5 ބިލިއަން ރުފިޔާ ވޯޓުގެ ކުރިން އަނބުރާ ދައްކާ! މަ އިބޫއަށް ވޯޓުދޭނަން.

  8. حسين

    އެ ވެދާނެ ބޮލުގަލާ ތެޔޮ ކަމަށް ނުވަތަ ކުދިން ބޯން އެތެރެކުރާ ތެޔޮފޮދު ކަމަށް

  9. ހަސީބް

    ނުވާނެ ތިކަމެއް. ހަނދާން ނައްތާ،ލާ.

  10. Anonymous

    އާނ! ކަނޑާލާނެ. އަދި އެއްފަހަރު ކޯޓތަކުގައި ހުޅުޖަހާ. އަދި އެއްފަހަރު އެއަރޕޯޓް ވިއްކާލާނެ. ޖަޒީރާ ރާއްޖޭގައި ހުރިހާ އެއްޗެއް އިންޑިޔާއަށް ވިއްކާލާފަ ގޭގަ ތިބޭނީ!! ހަނޑަސްރާއްޖެ ކިޔާބަލަ!!

  11. ފާގަ

    މީނާ މިހާރު ހަމަ ހެނެއް ހިޔެއްނުވޭ. ނޫނީ ހަމައުގަ ނުހުންނަ މީހަކު އަނގަޔަށް އަޅާދޭ އެއްޗެހި ކިޔަނީ.

  12. ބެއްޔާ

    އިބޫ ކީއްވެ ނުބުނީ ހުރިހާ ރަށެއްގެ އިންގީނުގޭ އިންޖީނުތައް ކަނޑާލާނަން. އޭރުން ކަރަންޓުބިލު ވަރަށް ކުޑަވާނެ. އެކަމު އުއްބަތި، ފާނޫޒު އަދި ޓޯޗު ހަރަދު ބޮޑުވާނެ. ވަރަށް ސަލާމް ޕަޕެޓް ރައީސް

  13. އަބްދުއްލާ

    2008 ގަ ވެރިކަމަށް އައިސް ކަރަންޓް ބިލް ފިއުލްސާޗާޖް ހަދާ ޔުނިޓެއް 20 ރުފަިޔާ އަށް ޖެއްސީ މިމީހުން .މިހާރު އެވަނީ ތިޔަ ސާޗާޖް ކަނޑާލާފަ . މިހާރު ކޮސްގޮވާނެ ކަމެއްނެތް

  14. ނަން

    ތެލުގެ ޑިއުޓީ ކަނޑާލާފަ ގްރީން ޓެކްސް ކަނޑާލާފަ ބީޕީޓީ ކަނޑާލާފަ ޖީއެސްޓީ ކަނޑާލާފަ ދެންވެސް ޑިއުޓީއެއް ވިއްޔާ ކަނޑާލާ! ބާކީ ބައި އިންޑިއާ ކުންފުނިތަކަށް ދިނީމަ އޯކޭވާނެ. އޭރުން ހިލޭ ފިޔާ ލިބޭނެ....މަ އިބޫއަށް ސަޕޯޓު.