އިިދިކޮޅު އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހދ.ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.

އެތިން މީހުން ހައްޔަރު ކުރީ މިރޭ އިރުއޮއްސުނު ވަގުތު ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށިންނެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އިސް ދެ މުވައްޒަފަކު ވެސް ހިމެނެއެވެ.

ތިން މީހުން ހައްޔަރުކޮށް ފުލުހުން ވަނީ ތިން މީހުންގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ސިހުރު ހަދާ މީހުން ދޭތެރެ ދޭތެރެއިން ހައްޔަރު ކުރި ނަމަވެސް ޤާނުނުލް އުޤޫބާތުގައި ސިހުރު ހެދުން އެއީ ކުށެއް ކަމަށް މިހާރު ބަޔާންކޮށްފައެއް ނޯވެއެވެ. އެހެންކަމުން ސިހުރު ހެދުމަކީ ކުށެއް ކަމަށް ޤާނޫނުލް އުޤޫބާތުގައި ހިމަނަން މިހާރު ސަރުކާރުން ވަަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ ބިލް މިހާރު އޮތީ މަޖިލީހުގެ ކޮމެޓީ މަރުހަލާގައެވެ.

ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ ސިހުރު ހަދައިގެން ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރި ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ އިން ސިހުރު ހެދި މަންޒަރު އެތައް ބަޔަކަށް ފެނިފައި ވެއެވެ. ކަނޑަށް ފާލަން އަޅައިގެން ކާޅު ހިފައިގެން އެމްޑީޕީ އިން ކުރި ކަންތައްތަކަކީ ސިހުރު ހެދުން ކަމަށް އެތައް ބަޔަކު ތުހުމަތު ކޮށްފައި ވެއެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ބުނެފައި ވަނީ އެއީ މަޖަލަށް ކުރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވަތަން

    ސިހުރު ހެދުން އެއީ ނުބައި ކަމެއްކަން ދޭހަވާގޮތަށް ރާޅުގަނޑުގައި ދެއްކިނަމަ އެދައްކާ ވާހަކަ ގަބޫލުކުރީސް. އެއީ ޝިރުކުގެ ނުބައި އަމަލެއް. އަހަރެން އެމީހުން އެދުވަހު އެކުރީ ބިރަކާނުލާ މަޖާކުރުން ނޫން އެހެން ގޮތަކަށް ނުބުނާނަން.

  2. ސަލާމް

    ހިލޭ ފިރިހެނަކާއި ސަލާމް ކުރަން ދެކޮޅު ހެދި މުސްލިމަކަށް ބޮޑު ކާމިޔާބެއް ލިބިއްޖެ

  3. ފަޤީރު ކަލޯ!

    އެންމެންގެ ކުރިމަތީގައި ދުވާލު މެންދުރު ވައްކަން ކުރާގޮތައް ކުރިކަމެއް އުސްފަސްގަނޑުގައި އެމީހުން ކުރީ! ކައުންޓަރުގައި ރައްޓައްސަކު އިން ފިހާރައަކަށް މީހަކު ވަދެ ސޭޓާ ސަމާސާ ކޮށްލާފައި ހަރުގަނޑުން އެއްޗެއްނަގައި ޖީބަށް ލަނިކޮށް ސޭޓަށްފެނުމުން ސަމާސާ ކޮށްލީކަމަށް ހަދައި ހަރުގަނޑުގައި ބެހެއްޓީއެވެ. ނުފެނުނަމަ ހިފައިގެން ދާނީއެވެ. އެގޮތައް އުސްފަސްގަނޑުގައި ކުރިކަންތައް ސަމާސާ އަކަށް ވީއެވެ. ސިއްރުން ކުރާކަންތައް ވަށްކަމަށް ވާފަދައިން ސިހުރުވެސް ކާމިޔާބު ވަނީ ސިއްރުން ކުރީމައެވެ.

  4. ދިޔަ

    ޕީޕީއެމް ސިހުރު ހަދަމުން ދިޔަ

  5. ޙަަސަން

    އެކިޔާ އެމް ޑީ ޕީ ގުންޑާއިން ﷲ ނަހީކުރެއްވި ކަންކަން ކުރަން ޖެހިލުމެއް ނުވާނެ.

  6. ހާލުގެދުލުން

    ސިޙުރު ހަދާފަ ރަމަލު ޖަހާ ފާލު ބެލިޔަސް އިންޝާﷲ ރައީސް ޔާމީން ހޮވޭނެ

  7. ސިހުރު

    ސިހުރުވެސް ހަދާ އެހެނަސް ރައްޔިތުން ޖަހާ ހިސާބު މާސީދާވާނެ. ވޯޓުން

  8. Anonymous

    ގާނޫން އުގޫބާތު ގައި ނެތް ނަމަވެސް އިސްލާމީ ޝަރިއްޔާގައި އެބަ އޮތް ސިހުރު ހަދާ މީހާއައް އޮތް އަދަބު އެއީ ގަތުލު ކުރުން. ގާނޫނު އަސާސީ އަކީ ކޮރު ފުރިހަމަ ނުވާ އިންސާނުން އަމިއްލަ އަތުން ހަދައިގެން އުޅޭ ވަޞުއީ ގާނޫނު. ބަލަން ޖެހޭ އެއްޗަކީ އިސްލާމީ ޝާރިއްޔާގައި އޮތިއްޔާ އެއީ ކުއްވެރިވާ ވަރުގެ ކަމެއް.

  9. މިހާރު

    ރައީސް ޔާމީން އަކީ ސިހުރު ގަބޫލް ކުރާ މީހެއްނޫން!

  10. ޝަލލ

    ޝިހުރު މިދެނޮހުރުަޕަަނެަ