އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އަށް ކުރީގެ ރައީސް ނަޝީދުގެ ތާއީދު ނެތް ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެއެެވެ.

ޕީޕީއެމް ގަލޮޅު ޖަގަހާގައި ވާހަކަދައްކަވަމުން އަޒްލީން ވަނީ އިއްތިހާދުގެ ކެނޑިޑޭޓް އިބޫ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަޒްލީން ވިދާޅުވިގޮތުގައި އިބޫ އަކީ ވެރިކަން ކުރުމުގެ ގާބިލުކަމެއް ނެތް ބޭފުޅެއްކަމާއި ހުދު ރައީސް ނަޝީދު ވެސް އިބޫ އަށް ތާއިދު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ވެރިން ގޮތުގައި ތިއްބެވި ބޭފުޅުން އަދި ރޫހާނީ ވެރިކަމުގަވިޔަސް ރައީސް ނަޝީދު ވެސް ފާޅުކަންބޮޑު ގޮތެއްގައި އިބޫ އަށް ތާއިދު ނުކުރާކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އިބޫ އަކީ ވެރިކަން ކުރުމުގެ ގާބިލް ކަން ހުރި ބޭފުޅެއްނޫން. އަޅުގަނޑުމެން އެބޭފުޅާއާ އެއްވެސް ޒާތީކަމެއްނެތް އެހެންނަމަވެސް ވެރިކަން ކުރުމުގެ ވައްޓަފާޅިޔާ ވެރިކަން ކުރުމުގެ ނިޔަތެއްވެސް ނެތް ބޭފުޅެއް އެއީ" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން އިތުރަށް ވިދާޅުވީ އިއްތިހާދުގެ ކެނޑިޑޭޓަކީ ބުއްދީގެ ބޭނުން ހިފުމަށް އަމިއްލަ އިހްތިޔާރު އޮތް ބޭފުޅެއް ނޫން ކަމަށެވެ. .

އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން އަޒްލީން ވަނީ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ސަރުކާރުގައި ހިންގެވި ކޮރަޕްޝަން އަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެެވެ.

"ރައީސް ޔާމިން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތުން އެނގުނު ގޮތުގައި ޖީއެމްއާރު އަށް މައި އެއާޕޯޓް ދީގެން މި އެއާޕޯޓް ގަތުމަށްޓަކާ ދިވެހި ސަރުކާރުގެ އިސްކޮށް ތިބިވެރިންނަށް ސަތޭކަ ފަސްމިލިއަން ޑޮލަރު ދީފަވާކަން އެބަހާމަވޭ. ބާކީ 27 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ." މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އެ 27 މިލިޔަންޑޮލަރަށް ވީގޮތް ވިދާޅުވުމަށް ފަހު ވެރިކަމަށް ކުރިމަތިލުމަށް އަޒްލީން ވަނީ ގޮވާ ލައްވާފައެވެ.

ދިވެހި ރަތްޔިތުންވަނީ އެމްޑީޕީގެ ސިޔާސަތު 2008 ގައި ބަލައި ނުގަނެފައި ކަން ފާހަގަ ކުރައްވާ މިނިސްޓަރ އަޒްލީން ވިދާޅުވީ މިއަދު އަދާލަތު ޕާޓީގެ ގިނަ ޝައިހުން ވެސް ވަނީ ރައީސް ޔާމީން އަރިހަށް ވަޑައިގެންފައި ކަމަށެވެ.

އިބޫ އަށް ރައީސް ނަޝީދުގެ ތާއިދު ނެތް ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއިރު އިބޫގެ ކެމްޕޭންގައި ރައީސް ނަޝީދު އެކަށީގެންވާ ގޮތެއްގައި ބައިވެރިނުވާކަމަށް މީގެ ކުރިން އިދިކޮޅު ބައެއް ސަޕޯޓަރުން ވެސް ބުނެފައި ވެއެވެ. އަދި ރައީސް ނަޝީދަށް ވަފާތެރި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ފާޅުކަން ބޮޑުގޮތެއްގައި އިބޫ އަށް ފާޑުކިޔާތީ ބައެއް ފަރާތްތަކުން ދަނީ އެކަމާއި ވެސް ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާައަޒޫ

    ތިޔައީ ނަޝީދުގެ ތަރުޖަމާނުތަ؟

  2. ވަގުތު

    ދެން ކަލެއަށްތަ ތާއީދު ކުރަނީ ކަލޯ ތިވަރުވެގެން މަގާމުގަ ހުރެވޭނީ. އެކަމަކު ބުނަމެވެ ވަން މަންތު ލެފްޓް ތިގޮލާ ޖަލަށް ދާމަންޒަރު ބަލަން އަހަރތުން ތިބޭނަން

  3. ފުޅު

    މިބޭފުޅާއަށް ހަމަނޭންގޭ އެއްކަމެއްވެސް ނޯވޭ
    އެގެން ޖެހޭ ކަމެއް އެކަމު ނޭންގޭ މީހަކު ޖަލުގައި މަރުވީމަ ނޭންގެ މީހަކު ވަގަށް ނެގީމަ ނޭންގެ!!!!.

  4. އަހްމަދު

    ކަލޯ ކަލޯއަށް ޔާމިންގެ ތާއީދު އެބަ އޮތްތަ؟

  5. ސްކޯރޕިއަން

    އިންސާނީ ތަބީޢަތުގައި ކަނޑައެޅިގެން ފާޅުގައި އެމީހުންނަށް އެނގެންއޮތްކަމަކާ ޒަމީރާ ދެކޮޅަށް ބަސްކޮށާރައެއް އެއްލަވާނުލާނެ! ކުރީގެ ރައީސް ނަޝީދު ވެރިކަމަށް އަންނާނެ ކަމާއި އަދި މިކުރިޔަތް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ވާހަކަ ވިދާޅުވަމުން އައީ ޖިނާޢީ ހުކުމެއްގައި ހުންނަވަމުން. އެހެންނަމަވެސް އެމަނިކުފާނުވެސް ހިތްތަވައިގެން ހުންނެވީ ތިމަންމަނިކުފާނުގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނާނީ ބޭރުގެ އެމަނިކުފާނު ދެކޭގޮތުގައި އެވިދާޅުވާ އީޔޫ އަކުން ރާއްޖެސަރުކާރަށް ކުރާ އިލްތިމާސް އަކުންކަމަށް. މިކަންތައް މިގޮތަށް ބަލައިގެން އެމްޑީޕީގެކުރީ ސަފުގައި ތިއްބެވިބޭފުޅުންވެސް ވިދާޅުވަމުން އައީ ހަމައެބަސް ކެންޑިޑެންސީ ހުޅުވާލުމާ ހަމަޔަށް. އެހިސާބުން ގޯސްހެދި ނަމެއްފޮނުވާލަން ޖެހޭތީ އިބޫވެއްޖެ ގުޅިފައިވާ އިއްތިހާދުގެ އެމްޑީޕީކެންޑިޑޭޓަށް. ރައްޔިތުން އިބޫދަންނަނީ އިބޫކަމުގައި. އެކަމަކުވެރިޔަކަށް ކުފޫހަމަވާ މީހެއްކަމުގައި ނުދަނޭ. މިކަން ސާބިތުކޮށްދެނީވެސް އިއްތިހާދުގެ ތެރެއިން. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ޝަރުތަކީ އަސާސީފެންވަރުކަމަށް ހިތްތަވައި އެއަސާސީ ފެންވަރަކީ ކޮބައިކަމެއް ނޭގޭ! ފަހަރެއްގައިވެދާ މާސްޓަރ ޑިގްރީއެއް އޮތުންވެސް. ގޯހުންހަމަގޯހަށް.

  6. ނާތެދެއް

    ކިތަންމެވަރަކަށް އެއްޗެހި ލިޔުނަސް ތާއީދު ނެތިއްޔާ ހަމަ ނެތްކަމަށްވާނި.

  7. އަލީ

    ބަލަގަ ނުކިޔަވާހުރި މީހަކަށް ކާކުތަ ތާއީދު ކުރާނީކީ. އަމިއްލަޔަށް ވިއްޔަ ބުނީ ތިމަންނާއަކީ މާ ތައުލީމީ މީހެއް ނޫނޭ. ނުކިޔަވާހުރި މީހަކު ހޮވަން ހަމަ ހެޔޮނުވާނެ ދޯ ރައީސްއަކަށް.

  8. ވައި18

    ތީދަންނަ ނުދަންނަތަ ހާދަ ފަހާމީހަކާވައްތަރޭ