ދިގު މުއްދަތުން އަގު އަދާކުރާ ގޮތައް ފިޝަރީޒް މިނިސްޓްރީ އިން ދޫކޮށްފައިވާ އިންޖީނާއި އަދި ދޯނިތަކުގެ ޖޫރިމަނާ މަޢާފް ކުރައްވާ، ބަހާލައިގެން 1-2 އަހަރު ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް އިތުރު ފުރުސަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ދިގު މުއްދަތުން އަގު އަދާކުރާ ގޮތައް ފިޝަރީޒް މިނިސްޓްރީ އިން ދޫކޮށްފައިވާ އިންޖީނާއި އަދި ދޯނިތަކުގެ ޖޫރިމަނާ މަޢާފް ކުރައްވަން ސަރުކާރުން ނިންމެވި އިރު 2016 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީ އިން ވަނީ އޭގެ 19 އަހަރު ކުރިން ފިޝަރީޒު މިނިސްޓްރީން މަސްވެރި ކަމަށް ދޫކުރި ދޯނިތަކުގެ ތެރެއިން ދައުލަތަށް ފައިސާ ނުދައްކާ 49 ދޯންޏެއް ސަރުކާރަށް ނެގުމަށް ދޯނިތަކުގެ ވެރިފަރާތްތަކަށް ނޯޓިސް ފޮނުވާފައެވެ.

ނަމަވެސް އޭގެތެރެއިން އެއްވެސް ދޯންޏެއް ސަރުކާރަށް ނެގިކަން އެނގިފައެއް ނުވެއެވެ. އަދި އޭގެތެރެއިން ފައިސާ ދައްކާފައި ވަނީ ކިތައް ދޯނިން ކަން ވެސް މިއަދު ވަނީ ސާފުވާގޮތް ނުވެއެވެ.

އެ ދޯނި ފަހަރުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަސްވެރިކަން ކުރުމަށް އާންމު ފަރާތްތަކަށް 1997 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ހިންގި މަސް ދޯނި ދޫކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ދޫކޮށްފައިވާ ދޯނިތަކެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ 75 ދޯންޏެއް ދޫކޮށްފަ އެވެ. އެ ދޯނި ފަހަރުތައް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުން އަގު ދައްކާ ހަލާސް ކުރާ ގޮތަށެވެ.

ދިގު މުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އިން ދޫކުރި މަސް ދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނަ އަހަރު ދޯނީގެ އަގުގެ 50 ޕަސެންޓް ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުނބޯ

    ދައުލަތަށް ލިބެންޖެހޭ ހާދަފައިސާއެކޭ ތިމާފުކުރަނީ ދެންވެރިކަމަށް އަންނަ އިބޫއަށް އުނދަގޫކުރަން ކުރާކަމެއްތަތިއީ ޖީއެސްޓީ ވެސް މާފުކޮށްލަންވީނުދޯ

  2. އެކޮޅުގޭ މުޙައްމަދު

    އަދި ދިހަ އަހަރު ނުވަނީ 10 އަހަރު ވީނަމަ ފައިސާ ދައްކާ ނިމިފައި އޮނަނާނީ ދިވެއްސެކޭ ބުނާތީ ލަދުވެސް ގަނޭ މިހާރު ކޮބާ ކުރިން ދެއްކި މީހުންގެ ލާރިތައް އެފައިސާ ނުދީ ކޮއްދޭ ކަންތައް ތަކަށް ހަރާންކޯރުވާ މީހުންނަށް މާފުކޮށްދިނުމަކީ ރަަނގަޅުގޮތެއް ނޫން އޭރުން މީގެފަހުން ބެންކުން ނަގާ ލޯންނުވެސް މީހުންނަެއް ނުދައްކާނެ ތިޔަކުރެވެނީ ވަރަަށްވެސް ނުބައި ޢަމަލެއް އެމީހަކު އުޅެނެގޮތަކަށް އުޅުމުގެ ފާސް ދެއްވަނީ މިިހާރު ޒުވާނުންނޭ ކިޔައިގެން އުޅޭ ބަޔަކަށް ފާސް ދީފައި ވެއްޖެ، ބަލަގަ ސިންގަޕޯރ ފަދަ ގައުމުތައްކުރި އަރާފައި ވަނީ ޤާނޫނާއި ޤާވާއިދު ތައް ތަންފީޒްކޮށްގެން އަތުލަންޖެހޭ އެއްޗެއް އަތުލައިގެން ދައްކަން ޖެހޭ އެއްޗެއް ދައްކައިގެން