ގދ.ތިނަދޫގައި ދިރިއުޅުއްވާ އެހެން ޕާޓީތަކުގެ މެންބަރުންވެސް ވިދާޅުވަނީ ރައީސް ޔާމީންއަށް ވޯޓުދެއްވާނެ ވާހަކަ ކަމަށާއި، އެއީ މިރަށުން ލިބުނު އެންމެ ބޮޑު ނަސްރުކަމަށް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިހާރު ގދ.ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ތިނަދޫގެ އިސްރަށްވެހިންނާއި، އެރަށަށް އެތައް ޒަމާނެއް ވަންދެން ޙިދުމަތްތައްކޮށްދެއްވި އިއްޒަތްތެރިންނާއި، ކުރީގެ މަޖީލީސް މެންބަރުންނާއި، އަދި ރަށުގެ ކަތީބުކަން ކުރެއްވި ބޭފުޅުންނާއި މަޝްވަރާކުރުމަށް ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއިދު ހޯދުމުގެ ގޮތުން މިއަދު އެރަށުގައި ހަރަކާތްތަކެއް ފަށައިން ކުރިއަށްގެންދަމުންދާކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ހިތުން ހިތަށް، އަޅުގަނޑުމެން ކުރާ ކެމްޕޭން އެކި ގޭގެއަށް ޒިޔާރަތްކޮށް އެކި ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހާ އެބޭފުޅުންނަށް ދަތިވާ ކަންތައްތައް ބަލައިފިން" ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ގޭގެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީންއާއި މެދު އެ ބޭފުޅުންގެ ހިތުގައި އުފެދިފައި ހުރި ޝުއޫރުތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ތިނަދޫގައި ކުރިއަށްގެންދެވޭ ގިނަ މަޝްރޫއުތަކާއި ގުޅިގެން އެ ރަށުގެ ރައްޔިތުން އެކަމުގެ އަގު ވަޒަންކޮށްފައިވާކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މިރަށުން ރައީސް ޔާމީނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް. މިރަށަށް ބަލާއިރު، ރާއްޖޭގެ އެހެންް ރަށްރަށަށްވުރެ ބޮޑަށް އަހަމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ރަށެެއް މިއީ. މިސާލަކަށް ހިއްކާފައި ހުރި ބައިވެސް މިއީ މިހާރު މި ބޭނުންކުރާ ތިނަދޫއަަށްވުރެ ޑަބަލް ބޮޑު. މިރަށުގެ ފެލެޓްތަކާއި، ކަލްޗަރަލް ސެންޓަރާއި، މިރަށުގެ ހޮސްޕިޓަލަށް އައިސްފައިވާ ބަދަލާއި، އަދި މިރަށުގެ ބަނދަރާއި، މީގެ އިތުރުން މިރަށުގެ މިހާރު ހަދަމުންދާ އިސްލާމީ މަރުކަޒު، އަދި މަގުގެ ތާރުއެޅުން ފަދަ މަޝްރޫއުތައް މިރަށުގައި ވަނީ ކުރިއަށް ގެންދެވިފައި". ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވިގޮތުގައި، މި ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް މިހާރު ނިމިފައިވާއިރު، ރައްޔިތުން އެކަންކަމުގެ އަގުވަޒަން ކުރާ ކަމަށެވެ. އަދި ގިނަ ބަޔަކު ރައީސް ޔާމީން ދެވަނަ ދައުރަކަށް ބޭނުންވެގެން އެ ވާހަކަދައްކަވާ ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތާއިދުކުރައްވާ ހުރިހާ ރައްޔިތުން އެއްވެގެން މާދަމާ އެރަށުގައި ބޮޑު ރެލީއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

"މި ރެލީގައި ބައިވެރިވެގެން މިރަށުގެ އަސްލު މަންޒަރު އެބަޖެހޭ ހަގީގަތާއި އެއްގޮތަަށް ދައްކާލަން. ރައީސް ޔާމީނަށް މިރަށުގައި އޮތް ތާއީދު ދައްކުވަން. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ މަންޒަރު އޮތީ އެހެން". ޑރ.ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދުއްލާ

    އެމްޑީޕީ ން ދޮގު ވާހަކަ ފަތުރައިގެން ވެރިކަމަށްއަންނަން ބޭނުންވަނީ ގައުމުގެ އާމްދަނީ ބަހާލުމުގެ ބޭނުމުގާ .ކުރިންޑޮލަރު ނުލިބިގެން އުޅުނީ ވެސް އެމޤޑީޕީ ގެ ވަކިބަޔަކު ޑޮލަރު ވިއްކައިގެން އާމްދަނީ ހީޯދަން އުޅެަގަތުމުން ކުޜިގެ އެމްޑީޕީ ސަރުކާރުން އެސްޓީއޯ ގެ ވިޔަފާރިތައް އެމްޑީޕީގެ އިސްސަފުގަ އުޅޭ ވަކި ބަޔަކަށް ބަހާލި ބޭސް ވަކިބަޔަކަށް ، ހަނޑޫ ހަކުރު ފުށް ވަކިބަޔަކަށް ބިހާ އަލުވި ފިޔާ ވަކިބަޔަކަށް . އެލެކްޓްރޯނިކްސް ވަކިބަޔަކަށް . މިހެން ބަހާލައިގެން އެމްޑީޕގެ އިސްސަފު މުއްސަނދިވި . އާއްމު މެމްބަރުން އުޅުނީ ދޮލަރެއް ނުލިބިގެން ބޭސް އަގު ބޮޑުވެގެން ކާބޯތަކެތި އަގުބޮޑުވެގެން ، މިފަހަރު އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖެތެރޭގެ ބޭސްފިހާރަތައްވެސް ހުއްޓުމަކަށް އަންނާނެ ތަރައްގީފަހަތައްދާނެ . ކުރިން ނުވި ރައްކަލެއް ފަހުން ހިތާމަ ކުރާނެކަމެއްނެތް.

  2. ޙާލުގެ ދުލުން

    އިންޝާﷲ ކާމިޔާބުވާނެ. އޭރުން ޙަސަން ލަތީފަށް ހިނގައިވެސް ނުގަނެވޭނެކަންނޭންގެ ބޮޑު އަނގަފޮންޏެއް

  3. ޑީޑީ ޖޖޖޖ

    މީނަ އަށްުޅިން ވެސް ލިބޭނީ ނަސްރު

  4. ތާއީދު

    ޔާމީނަށް އޮތް ތާއީދު މިއަދު ފެންނާނެ. އެއީ ތާއީދު އޮތް މިންވަރު ކަމަށް ޤަބޫލުފުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރަން. ތި ބުނާ ރައްޔިތުންގެ ގިނަ ބަޔަކީ ރަށުގެ މެޖޯރިޓީއެއް ނޫންކަން މިއަދު ފެނިގެންދާނެ.

  5. އަލީ

    ﷲގެ އިރާދަފުޅާއިއެކު މިފަހަރު ބޮޑު ތަފާތަކުން ރައީސް ޔާމީން އާއި ޑރ. ޝަހީމް ކާމިޔާބު ކުރާނެ.

  6. ހުދުބޯ

    ދުވަސްކޮޅަކުން ރާއްޖޭގައި އޮންނާނީ އިސްލާމީ ޚިލާފަތުހެން ހީވާން ފަށައިފި