މާދަމާއިން ފެށިގެން ފިހާރަ އާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން ހުލުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ކެފޭ ރެސްޓޯރެންތައް ދަންވަރު 1:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، އެ ބަދަލުތައް ގެނައީ މިމަހުގެ ނިޔަލަށެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ކުރިންވެސް އޮންނަ ގޮތަށް ފިހާރަ އާއި ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހޭނެއެވެ.

އެ މިނިސްޓްރީން މި ބަދަލުތައް ގެނެސްފައި މި ވަނީ އީދަށް ބޮޑު ބަންދެއް ލިބޭތީކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    އުނދަގޫ ބޮޑު ސަރުކާރެއް

  2. ބީރުބޭ

    ސްކޫލްތަކާ އޮފީސްތަސް ހުޅުވިފަ އޮންނައިރު ގިނަވަގުތު ހުޅުވާފަ ހުރިއްޔާ މާރަނގަޅު. ބިޒީވެގެނަ ކުދިންގެ ކަންތަށް ނުނިމިގެން އުޅެން ޖެހެނީ އެއިރު.

  3. މީ

    ބަޔަކަށް ލުޔެއް ކޮށްލަން އިނގިލި ކުރި ހިއްލާލަން އެނގުނީ އަދި ކިރިޔާތަ؟

  4. ޕީޕީއެމް އެކްޓިވިސް

    މިރެއިން ފެށިގެން ޔާމިން އަށް ވޯޓް ދިނުމާމެދު ވިސްނަން ޖެހިއްޖެ.ސަބަބަކީ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓްރގަ ވަޒީފާ އަދާކުރާ ގަޑިއަށް އިރު އިރުކޮޅުން ބަދަލުގެނެސް ލިބެންއޮންނަ ވަގުތު ކޮޅށްވެސް ހުރަސް އަޅާތީ އަހަރެމެންނަކީވެސް އިންސާނުން.

  5. އިބޫ

    މިރެއިން ފެށިގެން ޔާމީނަށް ވެރިކަން ހޯދަދިނުމަށް ކެންޕޭން ފަށަން ތައްޔާަށް ހުރިވާހަކަ އެމްޑީޕީ މީހުންނަށް ދަންނަވަން.

  6. ާއައިޝާ

    Dhivehi rajjje akee islaamee gaumeh kamun fihaarathah dhuvaalu ge vaguthu thakugau konme namaadhakah bandhu kurey. Reygandu 8 aa 10 aa dheythrey ehchheh gane lan nikume mi traffic ga vadhe veynee emme fihaara akah. Rayyithunnah haadha haadha haadha undhaguleh Vey reygandu 10 ga fihaara thah bandhu kuraathee. Hafthaa eh mathin ehchhe gane nimenee. Gaumuge bodun geyga thibefa list dhineema gengulhey bondhun gos ehciis hama koggen aima kaa neyngeyne rayyithu meehaa ufulaa thakuleefeh mi kamuga

  7. ޢަބްދުﷲ

    ޢިރުއިރުކޮޅުން ދިހައެއްޖަހާއިރަށް ބަދަލުކުރާނެކަމެއްނެއް އަހަރެމެންނައް ރަނގަޅީ އެގާރަޖަހަންދެންބެހެއްޓީޔާ ފިހާރަތައް