ހދ.ކުޅުދުއްފުށީގައި އިިދިކޮޅު އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު ހައްޔަރުކޮށް، އޭނާ އާއި އެމައްސަލައިގައި ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއީލް އިބްރާހީމާއި ސީނިއާ އެޑްމިން އޮފިސަރު ހުސެން އަލީ އަދި އިތުރު ދެ މީހެކެވެ.

އެ މީހުންގެ ތެރެއިން ކައުންސިލްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންގެ ބަންދަށް އަށް ދުވަސް ޖަހާފައިވާއިރު، އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މީހުން ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ޕެންޑްރައިވް އަކާއި ސިހުރު ހަދަން ބޭނުންކުރާ ތަކެއްޗާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހޯދަން ބޭނުންވާ ކަމަށެވެެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހހހހހ

    އުސް ފަސްގަނޑުގަ ހިންގި ސިހުރުގެ ކުޅިވަރަކީ ތި ލާދީނީން ފެށުނީއްސުރެ ހިންގަމުންދާ ދެމިގެންވާ ހަރަކާތެއް

  2. ޙަސަން

    މިމީހުން ބުނާނެ ތިމަންނަމެންނަށް ޔަގީންކަން އެބައޮތޭ. ޔަގީންކަން އޮތް ބަޔަކު ސިހުރެއް ނަހަދާނެ. ތިހެން ހުރި ހުރިހާ ދީނުން ބޭރުވާ ވައްތަރު ނުބައި ކަމެއް ތިމީހުން ކުރާނެ

  3. މޯލްޑިވިޔަން

    މޮޔަ ބައެށް ދޯ މީ.ސިހުރު ހަދައިގެން ވެރިކަމަށް އައުން.ހީހީ ހަލާކު

  4. މޯލްޑިވިޔަން

    ގަމާރު ސައުދީން ނާ ހަމަ އެހާ ގަމާރު ދިވެހީން ގެ ފުލުހުން ގެ ތެތެރޭގާ އޮވޭ އެންޓި ސިހުރު ފޯސް އެއް

    • ދިވެއްސެއް

      މަށަށް ދެރައީ މިހާ ގަމާރުކަމަށް ދެކޭބަޔަކު އުޅޭ ގައުމެއްގެ ނޫހަކަށް ތިހާ ފުރިހަމަ މީހަކު ކޮމެންޓުކުރާތީ..އަސްލު މަވެސް ވ.ލަދު ގަނެއްޖެ.

  5. ފިތުނަވަގުތު

    މިހާރު ޙުކުމް ކުރަނީވެސް ވަގުތު ނޫހުން ދޯ؟ ތުހުމަތަށް ހައްޔަރުކުރިބަޔަކަށްނިސްބަތްކޮށް ތިބުނަނީ ސިހުރުހެދިމީހުންނޭ.

  6. ޑީޑީ ޖޖޖޖ

    މިއީ ހާދަ މޮޔަ ބައެކޭ.ސިހުރޭ؟މީހަކު ހީހީ ބަލި ނުވާނެ ތަ

    1
    2
  7. ކެރަފާ

    އުސްފަސްގަނޑުގައި ކާޅު ލޭ ބޮނޑިބަތަށް އަލާފަ ބެހިހަނދާންވަނީ އެމްޑީޕީ މިހާރު މިކަން މިކުރަނީ ވެރިކަން ލިބޭނެ ކަމުގެ މުޖައްރިބާ އެކު އެހެންވެގެން އަބަދު ގޮވަނީ ވެރިކަން ޔަގީން ކަމަށް ........މިފަދަ ލާދީނީ މީހުން ނަށް މިގައުމުގެ ވެރިކަން ހަވާލުނުކުރަންވީ ސަބަބު ވަރށް ސާފު ދެން އިލިޔާސް އައްވެސް މިކަން މިހާރު އެނގިލައްވާނެކަން ވަރށް ސާފު.

  8. އެނގޭތަ

    ސިހުރު ހަދައިގެން ވެސް ވެރިމީހާ ވެރިކަމުން ދުރުކުރުމަށް އުޅޭނީ ކޮންމެވެސް ސަބަބުތަކަކާ ލައިގެންނެވެ. އެ ސަބަބުތައް ނައްތައިނުލެވޭހާ ހިނދަކު ދެން ތިބި ބަޔަކު ވެސް ސިހުރު ނުވަތަ އެ ނޫން ކަންކަން ވެސް ކުރާނެ އެވެ.

  9. ރީނދޫ

    2018 ޔާމީން ޝަހީމް