އިދިކޮޅު އިއްތިހާދުގެެ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް (ތަސައްވަރެއް) އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިއްތިހާދަށް ތާއިދުކުރާ ޒުވާނުންތަކެއް އިސްނަގައިގެން ރޭ ބޭއްވި ބާބެކިއު އެއްގައި ބައިވެރިވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ޒުވާނުންނަށް ހުޅުމާލޭގައި ނުކުރެވިފައިވާ ގިނަކަންކަން ހުޅުމާލޭގައި އެބަހުރި ކަމަށެވެ.

"މިތަނުގައި ނެތް ބާސްކެޓް ކުޅޭނެ ކޯޓެއް ވެސް. އެންމެ ފަހުން އޮތް ކޯޓު ވެސް ސަރުކާރުން ވަނީ އެ ކުޅެން ތިބި ކުދިން ސަރުކާރަށް ތާއިދު ނުކުރާތީ އޭ ކިޔާފައި ތަޅާލާފައި. މި ފަދަ ކިތަންމެ ކަމެއް އެބަހުރި. ޒުވާނުންނަށް ކޮށްދެވިދާނެ ކިތަންމެ ކަމެއް މިތަނުގައި އެބަހުރި،" އިބޫ ވިދާޅުވިއެވެ.

އިއްތިހާދުގެ ވެރިކަމެއް އަތުވެއްޖެނަމަ ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި ކަމަށް ވިދާޅުވިއެވެ.

ހިންނަަވަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވީ ރަތްޔިތުންނަށް ބޭނުންވާ ބޯހިޔާވެހިކަމުގެ މަޝްރޫތަށް ހުޅުމާލޭގައި ފެށިފަހުއްޓަސް އޭގެ މަސައްކަތްތައް ހަލުވި ސްޕީޑްގައި ކުރިއަށްނުދާ ކަމަށެވެ. އެ މަޝްރޫއުތަށް ކުރިޔަށް ގެންދިޔުމަށް ހަލުވި ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އިބޫ މިހެން ވިދާޅުވި ނަމަވެސް ހުޅުމާލެ ތަރައްގީކުރުމުގެ ޕްލޭން ގައި ހިމެނޭ ކަންތައްތަކުގެ ތަފްސީލެއް އިބޫ ނުދެއްވިއެވެ.

އިބޫ ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާއި ވައްކަމަށް މަގު ފަހިނުވާ ގޮތައް ކަމަށްށެވެ. "ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ސުވާލު އުފެދޭ ކަންތައްތަކެއް މިހާރު ފެންމަތިވެގެން މިދަނީ. އެއީ ހައުސިން ކަމަށްވިއަސް، ބްރިޖު ކަމަށްވިއަސް އަދި ހޮސްޕިޓަލެއް ކަމަށްވިއަސް. ހަމަ ގައިމު ވެސް އެކަމެއް އަޅުގަނޑުމެންގެ ވެރިކަމުގައި ނުފެންނާނެ." އިބޫ ވިދާޅުވިއެވެ،

އިއްތިހާދުގެ ވެރިކަމެއްގައި ހުޅުމާލެތަރައްގީ ކުރުމުގެ ޕްލޭންތަށް އެބަހުރި ކަމަށް އިބޫ ވިދާޅުވުމުން އިކޮނޮމިކްމިނިސްޓަރު މުހަންމަދު ސައީދު ވަނ އެކަމަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމިން ވަނީ ހުޅުމާލެ ތަރައްގީ ކުރައްވާފަކަމަށެވެ. މިހާރު ކުރިޔަށްދާ ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު ނިމުމުން އިބޫ އިތުރަށް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަތުބަތާނަ

    އާނ! އެއީ ޕާޓީކުދިންނަށް ގޯތިދީ ބަހާލުމުގެ ޕްލޭނެއް، މިހާރުވެސް އެއޮތީ އެހެން ހަދާފައެއްނު، މައުމޫނު އެއޮތް ރީތިކޮށް ޕްލޭންކޮށްގެން ގެންދަނިކޮށް އެ ޕްލޭން ފުޑާލާ ބަޔަކަށް ގޯތިތަކެއްދީ މުޅި ރަށް ހަޑިކޮށްފި. ހީވަނީ އިންޑިއާގެ ފަގީރު އަވަށެއްހެން

  2. ޢަލީ

    ިއްތިހާދުގެ ވެރިކަމުގައި އެކަން މާގިނަވާނެ، އެއީ ބައި އަޅަންޖެހޭ މީހުން ގިނަވީމާ، މިހާރު 3 ޕާޓީވީމާ 3 ބަޔަށް ތީ 3 ޕާޓީއާ އަދި ޕާޓީއަށް ނުވާ ފިޔާތޮއްޓަށްވެސް ބައެއް އަޅަންޖެހޭނެ.

  3. ހުސޭނުބޭ

    ހުޅުމާލެ ތަރައްޤީކުރުމުގެ ޕްލޭނޭ!........ ނުފެނޭތަ ހުޅުމާލެ ފަތުއަޑުކިޔާފައި ތަރައްޤީވާތަނެއް!........... އެންމެ ބުއްދިވެރިގޮތަކީ ވޯޓުގެ ކުރިން މަނިކުފާނުގެ ބޮލަށް ބޭސްކުރުން.

  4. Anonymous

    ޕުލޭން އޮންނާނީ ފޮރުވާފަ!! އެކަކަށްވެސް ނުދައްކާނަން!! މަގޭ އެނދުގެ ކުނާދަށުގަ އޮންނާނީ!! ހަހަހަހާ!! މޮޔަސޮރު.

  5. Anonymous

    ޙިހިހި ރަގަޅުވާހަކައެއް ހުޅުމާލޭ ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތީމަ އެ ޕްލޭނާއި އެއްގޮތަށް މިހާރުވެސް ސަރުކާރުން ރައީސު ޔާމީނު ތަރައްޤިކުރަމުންދަނީ، އިތުރު ތަރައްޢީއެއް ރައްޔިތުން ބޭނުމެއްނޫން، އިބޫ ބޭފުޅާ ކެމްޕެއިންގަ ދައްކާނެ ވާހަކައެއް ނެތިއްޔާ އަނގަމަޑުންލައގެން ހުރުންވެސް މާބުއްދިވެރި، ތިހެންބުނާ އޮއްޓަރެއްނެއް ވާހަކައަކު ރައްޔިތުން ނުހެއްލޭނެ، ތިބޭފުޅާގެ ކިބަޔަކުން ނުފެނޭ ރައީސުކަން ކުރެވޭނެ އެއްވެސް އުރޮއްޕެއް، އަރާމުކުރަން ގޭގައި އޮށޯވެއޮވޭ

  6. Anonymous

    ބިޑަކަށް ނުލާ އިޢުލާނު ނުކޮށް. ގޯތިތައް ގާތް މީހުނަށް ހިލޭ ބަހާލީ!! ރައްޔިތުން ގާތު ހޭވެސް އަހައި ނުލާ!!