އަންނަ ރިޔާސީ އިންތިޙާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިޢުލާން ކޮށްފިއެވެ.

އެގޮތުން، ކެންޑިޑޭޓް ނަންބަރު އެކެއް، ޕީޕީއެމްގެ ރައީސް ޔާމީނަށް ލިބިވަޑައިގެންވިއިރު، ކެންޑިޑޭޓް ނަންބަރު ދެއެއް ލިބިވަޑައިގަތީ އެމްޑީޕީގެ އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ) އަށެވެ.

މިއަދު ހެނދުނު 10:30ގައި އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތު ނެންގެވުމުގައި އިދިކޮޅު ފަރާތްތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ސާލިޙްގެ އިންތިޚާބީ އޭޖެންޓް އަލްއުސްތާޛާ ޙިސާން ހުސައިނާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމުގެ އިންތިޚާބީ އޭޖެންޓް މޫސާ ޒަމީރެވެ.

ރިޔާސީ އިންތިޚާބުގެ ނަންތައް ތަރުތީބު ކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ފުރުޞަތު ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔައީ ކަމަށެވެ.

މިއަދުގެ ރަސްމިޔާތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކެމްޕޭން ފެށުމަށް ރަސްމީކޮށް ފުރުޞަތު ހުޅުވާލައި މިކެމްޕޭން ހަރަކާތްތައް ހިންގުމުގައި، ސަމާލުކަން ދެއްވަން ޖެހޭނެ ކަންތައްތަކާއި ބެހޭ މައުލޫމާތު ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތެއް ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުންނާއި ހަވާލުކޮށްފައެވެ.

" ކެންޑިޑޭޓުންނަށް މިއަދުން ފެށިގެން ރަސްމީކޮށް ، ތާއީދު ހޯއްދެވުމަށްޓަކައި ކެމްޕޭން މަސައްކަތް ކުރުމުގެ ފުރުޞަތު، އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލަން ޤާނޫނާއި ޤަވާއިދުތަކުގެ ހުދޫދު ތަކުގެ ތެރެއިން އިންތިޚާބުގެ ކެމްޕޭނުތަކަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް ކެމްޕޭން ކުރިޔަށް ގެންދެވުމަށް އެދެން ,އަދި އެއްވެސް ކެންޑިޑޭޓަކު އަނެއް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަން ލިބޭ ފަދަ އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެ " ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަލީ

    އަލްޙަމްދު ލިއްލާހި

  2. އާދަމް ނަވާޒް

    މިފަހަރު 1 އިންޝާﷲ

  3. ބެއްޔަ

    އައްޗާޑި. ދެން ކަލޭ ޓީވީއައް އަރާ ރައީސްކަމުގެ ހުވާކުރަންވީނު. ތިހިރީ އެއްވަނައިން ހޮވިފައެއްނު. ސާއްލަ

  4. މީޒްލީ

    ނަތީޖާ ތިއޮތީ ފެންނާން ވަރަށް ސާފް! ކާމިޔާބް ﷲ އިރާދަ ކުރެއްވީޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2 ޔާމީނު އަބްދުލް ޤައްޔޫމް، ޤައުމާގެން ކުރިއަށް!

  5. ސީނު

    އެކެއް ޔަޤީން

  6. ބޮކި ބޮކި ބޮކި

    ކަލޯގަޔާ މިރޭވާނެ ފަޓާސް އަރުވަންދޯ

  7. ފާތިމާ

    މާޝާﷲ ރައީސް ޔާމީން %80 ކާމިޔާބު ދެއްވާނދޭ

  8. Anonymous

    ހަހަހަ ﷲގެ ރަޙުމަތްފުޅުން ވޯޓް ނަތީޖާއިންވެސް އެއްވަނަ ރައީސު ޔާމީން ޒިންދާބާދު، ކާމިޔާބު 2018

  9. ކާފަ

    އިންޝާﷲ އެކެއް ޔަގީން

    • ޙދ

      މިފަހަރު ހޮވޭނީ 2

  10. ޚކދ

    2 ހޮވޭނީ އެއްބުރުން

  11. ކެރޭ އަބްދުﷲ

    ޢިންޝާަާﷲ މިފަހަރު ވެސް ރައީސް ޔާމީން.

  12. ރީނދޫ

    2018ޔާމީން ޝަހީމް

  13. ފައިނު މީހާ.

    ﷲ އިރާދަފުޅުކުރެއްވިއްޔާ 1 ވަނަ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ. ކެންޑިޑޭޓް ނަމްބަރ 1 އަށް މަރްޙަބާ!.

  14. ީިިޝަހީމް

    ޢިރާދަކުރެއްވިއްޔާ މިފަހަރުވެސް ރައިސް ޔާމީން