ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަން ދެއްވި ދަޢުވަތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤަބޫލުކުރައްވައިފިއެވެ.

ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ބަހުސްއާ ގުޅޭ އެންމެހާ ކަންކަން ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ ގައުމީ ޔުނިވާސިޓީ އިންނެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސް ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން މި މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯ ބަހުސް ބާއްވާއިރު ރަނިންގ މޭޓުންގެ ބަހުސް ގެނެސްދޭނީ ސެޕްޓެމްބަރު މަހުގައެވެ. އަދި އެންމެ މުހިންމު ބަހުސް ކަމުގައިވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ގެނެސްދޭނީ އިންތިޚާބުގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

ޤައުމީ ޔުނިވަރސިޓީ އިން އިންތިޒާމުކުރާ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018" އާއި "މެނިފެސްޓޯ ބަހުސް 2018" ގެ މީޑިއާ އަދި މާކެޓިންގ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕީއެސްއެމް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުޅޯބެ

    ނުކިޔަވާާ ހުއްޓަކަސް އަޅުގަނޑުމެންގެ އިބޫ ބެޔަށްވެސް ދައުވަތު ދެއްވާތި

  2. އަޅު

    އަޅުގަނޑުގެ ސުވާލަކީ ތިބަހުސްގައި ރައީސް ޔާމީންގެ ޒައާމަތުގައި ހިގާފައިހުރި ބޮޑެތި ވައްކަމާއި ކޮރެޕްޝަނާއި، ގިޔަ މަރުތަކުގެ ވާހަކާއި ސުވާލު ކުރާނެތޯ؟ މިކަން ކަމަކީ ދިވެދި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން ޖެހޭކަންކަމަށްވާތީ...

    • އަލިބިޔާއްކަލޯ

      (ކަޅު) އެކޮއި މިލިޔުމުގެ ހެޑިންގަ ލިޔެފައޮތީ

      ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް
      ވައްކަމުގެ ބަހުސެކޭ ނެތެއްނު...

    • މޫސަ

      ޔާމީން އާ ބައިވެރިވެގެން އެހުރިހާކަމެއް ކޮށްފަ ކަލެއަށް ލިބުނު ބައި ހުސްވީމަ ދެން ތިވާހަކަ ނުދައްކާ.

  3. Anonymous

    މިތާ "އަޅު" ކިޔާމީހާގެ ކޮމެންޓަށް ބުނެވޭނީ ބޮޑެތި ކޮރަޕްޝަން ނުހިންގާ އަދި މީހުން މަރާފައިނުވާ ސަރުކާރެއް ހިންގާފައިވާ ރައީސަކު ދައްކަބަލާށޭ އަދި ކަލޭމެންގެ 3އަހަރުގެ ކުޑަމުއްދަތު ތެރޭގައި ހިންގާފައިވާ ބިޔަ ކޮރަޕްޝަން "އައްޑޫ ކޮންވެންޝަން ހަރުގޭ އަޅަން ހިންގި ބިލިޔަމް ޑޮލަރގެ ތަފުސީލު، އެއާޕޯޓް ވިއްކި ބިލިޔަން ޑޮލަރުގެ ތަފުސީލު އަދި އެސިަރުކާރުގެ ކޮންމެ މިނިސްޓަރަކު ދަވާލި ބިލިޔަން ފައިސާގެ ތަފުސީލުވެސް" އެ އިންޓަވިއުގާ ކަލޭމެންގެ ކެންޑިޑޭޓް އިބޫވެސް ކިޔާދެއްވާނެތާ.