ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށާއި އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅިއާއެކު ކަމަށް މައުމޫން ރިފޯމް މޫވްމަންޓް އިން ހާމަކޮށްފިއެވެ.

ފާރިސް މައުމޫން ޖަލަށް ލެވުނުތާ އެއް އަހަރާ އެއްމަސްވުމާ ގުޅިގެން އެންދެރިމާގޭގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މައުމޫން ރިފޯމް މޫވްމަންޓުން ހާމަކުރި ގޮތުގައި އެމްޕީ ފާރިސް މައުމޫން ޖަލުގައި ހުންނެވިތާ އަހަރެއްވެފައި ވާއިރު 2017 ގެ ޖުލައިގައި ހައްޔަރު ކުރެވުނު ރިޝްވަތު މައްސަލައިގައި މިހާތަނަށް އެއްވެސް ހެއްކެތް ދެއްކިފައި ނުވާ ކަމަށެވެ.

ފާރިސް މައުމޫން އަކީ ފަހުގެ ޖީލު ދުށް ހިތްވަރު ގަދަ ޒުވާނެއް ކަމަށާއި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ޖަލުގައި ހޭދަކުރައްވަމުންދާ ފާރިސް މައުމޫން އަކީ ހިތްވަރު ގަދަ ބޭފުޅެއް ކަމަށްވެސް އެ މޫވްމަންޓުން ބުންޏެވެ. އަދި ރައީސް މައުމޫން އާއި ފާރިސް އިސްވެ ތިބެ ފައްޓަވާފައިވާ އިސްލާހީ މަސައްކަތަށް ހުއްޓުވާ ލެވިފައި ނުވާކަން ވެސް ފާހަގަ ކުރައްވިއެވެ.

އެގޮތުން 13 މަސް ދުވަސް ޖަލުގައި ހޭދަ ކުރެއްވިޔަސް އެ މަސައްކަތް ހުއްޓުވާލެވިފައި ނުވާ ކަމަށްވެސް އެ މޫވްމެންޓުން ބުންޏެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ތަޒްމީލް އަބްދުލް ސަމަދު، ވިދާޅުވީ ގައުމެއްގެ ހަޔާތުން ދެކެން ބޭނުންނުވާ ކިތަންމެ ކަމެއް ފާއިތުވެ ދިޔަ 4 އަހަރު ފެނިފައިވާ ކަމަށެވެ.

އަދި ރާޢްޖޭގެ ސިޔާސީ ވެށީގައި ހީނުކުރާހާ މަންޒަރުތައް ދިމާވީ ރާޢްޖޭގެ ޑިމޮކްރަސީގެ އުސޫލުތަށް ނަގާލާ ރާޢްޖޭގެ އިއްޒަތާ ޝަރަފާ ނަގާލުމުން ކަމަށާއި އެކަމުގެ ނަތީޖާއަކަށްވީ ދިވެހި ރަތްޔިތުން މިއަދު އެމުއައްސަސާތަކަށް އިތުބާރު ނުކުރުން ކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ. އަދި ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބުގައި އެކަން ފެނިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ހާސްވާކަށް ނުޖެހޭނެތާ! ރިޝްވަތުގެގޮތުގައި ޑޮލަރާ ރުފިޔާ ހުރީ ލިބިފަވިއްޔާ! ރުފިޔާ ގިނަވެގެން ދެފޮށި ފުރާ ރުފިޔާ ބަހަންވެސް ޖެހުނުވިއްޔާ! މިދެން ވަރަށް ސާފް!

  2. ޑިމޮކްރަޓިސްޓް

    އަދިވެސް ކަލޭމެން އޭނަ ހައްދައިގެން ގެންގުޅޭ.. އޭރަށް އަދިވެސް ހެދިފަ އޮންނާނެ.. ކަލޭމެންގެ ރޭވުމުން މައުމޫނާ، ފާރިޝްއެއޮތީ ގޮޅީގަ.. އެއީ ކަލޭމެން ބޭނުންވާގޮތް ކަމަށްވާތީ..

  3. އަލީ

    ނޫސްވެރިންގެ ބައްދަލުވުމެކޭ ކިޔާފައި ބޭއްވީ ކެންޕިޔަން ހަރަކާތެއް! އޮޅުވަލިއަސް ތިވަރުބޮދު1 ފަރިސް އުޅެނި ރައްޔިތުންގެ ޙައްގުގައެއްނޫން ނާއިބުރައީސްކަން ނުލިބިގެން އޮޅުވާލަންއުޅޭނެ ކަމެއްނެތް! ފާރިސްގެ ބައްޕަ ޖަލަށްވަދެނީ އަމިއްލައަކަށް 80 އއަރުވިއަސް 100އަހަރުވިއަސް ކުއްކުރިމައި ޖަލަށްލާނެ! އަދި ބުނަންތަ އޭނަޖަލަށްލި ޔަމިނެއްނުން ކޯޓުން އޮޅުވާލިއަސް ތިވަރުބޮޑު

  4. ޢަލީ ހަމީދު

    އަހަރެމެންނައް ވަރިހަމަ ކިތަންމެ ދުވަހަކު ޖަލުގަ އޮތަސް.. ތިޔަ ފާރިސްވެގެން އަހަރެމެން ނައް ކޮންކަމެއްތަ ވީ..

  5. ސަމަންދަރު

    އަހަރެން ހަމަ ހައިރާންވެއްޖެ ފާރިސްއަށް ލިބުނު ރިސްވަތު އަދިވެސް މަދީތަ އޮޅުވާ ނުލައްވާ ރިސްވަތުގެ 1 އަހަރު ފާއިތުވީ 2 ވަނައަހަރަށްވެސް މަރުހަބާ....

  6. ހުސޭނުބޭ

    މަ ބުނާނެ ވާހަކައެއްނެތް! ހިތްވަރަށް ބަދަލެއް އަޔަނުދޭތި! އެއީ ނޫސް ކޮންފަރެންސަށްވެސް ގޮސް ތި ތިބީ ސަފުން ބާކީވެފައި ތިބި ބަޔަކަށް ާތީ!

  7. މުހައްމަދު

    ކަލޯސޮރާ! ހިތްވަރުކުރިޔަސް ނުކުރިޔަސް ތިނޫންތަނެއްނެތް! ކަލޯ ބަފާ އަހަރެމެނަށް ހާދަ އަނިޔާއެކޭ ދިނީ. އަދި ކަލޯވެސް ތި އުޅެގަތްގޮތް!!!!!

  8. އަސްލަމް

    ރަގަޅޭ މީބައްޕަގެވެރިކަމެއްނޫނޭ ބޯގޯހާ މީޔާމިންސަރުކާރޭ އަނިޔާއެއްނުކުރާނޭ