800 އަށްވުރެ ގިނަ މީހުންނާއިއެކު މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ބައިވެރިވެ ވަޑައިގަންނަވާ ރައީސް ޔާމީންއަށާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ ޝަހީމްއަށް ތާޢީދު އޮތްކަން ދައްކާލުމަށްޓަކައި ތިނަދޫގައި ހިނގާލުމެއް ބާއްވައިފިއެވެ. މިހިނގާލުމުގައި ރަނިންމޭޓް ޑރ ޝަހީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

"ތިނަދޫ ހިނގާލުން" މިނަމުގައި ކުރިޔަށް ދިޔަ މިހިނގާލުމުގައި ތިނަދޫގެ ދެޖިންސްގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، މިހިނގާލުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

800 އަށްވުރެ ގިނަ މީހުން މިހިނގާލުމުގައި ބައިވެރިވާއިރު، މީގެ ކުރިން ކެންޕެއިން ދަތުރުފުޅެއްގައި ޝަހީމް ފުވައްމުލަކަށް ވަޑައިގެން ތިނަދޫ "ފަތަޙަ" ކުރައްވާނަމޭ ވިދާޅުވި ވިދާޅުވުން މިއަދު ފެނުނު މަންޒަރުން ހާމަވެގެން ގޮސްފި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިހިނގާލުމަށްފަހު ހިނގާލުމުގެ ބައިވެރިންނާއި ބައްދަލު ކުރައްވާ ޝަހީމް ވަނީ އެބޭފުޅުންނަށްވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕީޕީއެމްއަކީ "ދިވެހި ރާއްޖޭގެ ވަތަނީ ފައުޖު" ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ މިފައުޖުވަނީ ދިވެހި ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިފައިވާ ކަމަށެވެ. އަދި ތިނަދޫގެ ގިނަ ޒުވާނުންނާއި އިދިކޮޅު ބައެއް ފަރާތްތަކުންވެސް ޕީޕީއެމް ފިކުރަށް އެބުރިއްޖެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ކެންޕެއިން ހަރަކާތުގައި ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށްވަނީ އެރަށުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު ޝަހީމް ތިނަދޫގައި ކުރިޔަށް ގެންދަވާ ޙަރަކާތްތަކަށް އެރަށުންދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މީޒްލީ

    މީހުން ތިބި ވަރު އިނގޭނީ ވޯޓްގެ ނަތީޖާ އިޢުލާން ކުރީމަ!

    • ރީނދޫ

      2018ޔާމީން ޝަހީމް

  2. އަޙްމަދު

    ސާބަހޭ ޝަހީމު

  3. ޑީޑީ ޖޖޖޖ

    ށަހީމު ފަތަހަ ނުކުރަނީ ކޯއްޗެެއް.އެމަނިކުފާނު ިިިިިިިިިިިިިިިިި އިރާގު ވެސް ފަތަހަ ކުރއްވި ނުން ތޯ

  4. ސުބާތާ އަޙްމަދު

    :މިޒްލީ" އެ ވިދާޅުވީ ރަގަޅަށް. ހީވަނީ މިފަހަރު މިދެބޭފުޅުންނަށްލިބޭ ވޯޓް މިފަހަރު މާބޮޑަށްވެސް ގިނަވެ ނަތީޖާ ސަޅިވާނެހެން.

  5. ބޮޮނަކު

    މީ ފަހުގެ ސަލާހުއްދީނުލް އައްޔޫބީހެން އެބަ ހީވޭ

  6. ސަޢީދު

    ތީ ހައްޕުނޑު. ވޯޓުފޮށިން ނަތީޖާ ބަލާނީ.

  7. 3ނިރު

    ޢަހަރެމެނަށް ތިޔަކަން ގަބޫލު ކުރެވޭނީ ވޯޓްގެ ނަތީޖާ ލިބުނީމަ

    • އާދަނު

      ނަތީޖާަ ލިބުނީމަ ބުނާނެ ވޯޓް އޮޅުވާލީ އޭ. ތި ބައިގަނޑު ގަބޫލު ކުރާނީ ނަޝީދުއަށް ވެރިކަން ލިބުމުން އެކަނި.

  8. އޯއްޔޭއް

    އޯއް ޔޭއް މަމެން ޕިންކީން ނަށް ލިބުނީ ނަމްބަރ ވަން އެއީ އެކެއް ދޯ. ނަމްބަރ ވަން އޮފީސް ރައީސް އޮފީސް ނަމްބަރ ވަން ކާރ އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ދުއްވާ ކާރު ނަމްބަރ ވަން ވެސެލް އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ދުއްވާ ލޯންޗް ނަމްބަރ ވަން ކެންޑިޑޭޓް އެއީ މަމެން ޕިންކީން ނަށް ލިބުނީ އޯއް ޔޭއް ދިސް ކުޑް ބީ އިޓް އައި ތިންކް އައި އޭމް އިން ލަވް ވިދް ނަމްބަރ ވަން އިޓް ޖަސްޓް ސީމްސް ޓޫ ފިޓް ޓު މީ އޯލް މައި ލޯންލީ ނައިޓްސް ސަޕްރައިޒިންގްލީ އޯވަރ...

  9. އޯލާއޯލާ

    އޫމް އޫމް އޫމް ނަމްބަރ ވަން އަކީ އެއީ ހުރިހާ ގޮތަކުން ވެސް ލަކީ ނަމްބަރ އެކޭ ކުދިންނޭ ހޯލްޑް މީ ލައިކް ޔުއަރ އޯން ޗައިލްޑް ކެއަރިންގް މީ ލައިކް ޔޫއާރ މައިން ލަވް މީ ލައިކް އަ މާދަރ ވިލް ޔޫ ބީދެއަރ ފޯރ ނަމްބަރ ވަން އޯލާ އޯލާ އޯލާ އޯއް އޯއް އޯއް ނަމްބަރ ވަން ލިބޭ މީހުންނަކީ އެއީ ބްލެސްޑް މީހުންނޭ އައި އޭމް ގޮނާ ފެއިތްފުލް ޓު ނަމްބަރ ވަން އޫއް އޫއް އޫއް އޯލާ އޯލާ އޯލާ ހޭއް ހޭއް ޑާންސް ޑާންސް ޑާންސް ޑާންސް...

  10. ޙޮހޮ

    އެސޮރު އުޅުނީ ހަނގުރާމަގެ މައިދާނެއްގަތަ؟

  11. އެނގޭތަ

    800 އެއް ނޫން. 500 ކިރިޔާ ހަމަވީ.

  12. އަޙްމަދު

    މީހުން ތިބި ވަރު އިނގޭނީ ވޯޓްގެ ނަތީޖާ އިޢުލާން ކުރީމަ!

  13. އަބުޅޯބެ

    މަންޒަރުބަލަން އުނދަގޫ ބޭފުޅުންނާއި އަޑުއަހަން އުނދަގޫ ބޭފުޅުންވެސް ހަޖަމޯލާ ބޭނުން ކޮށްލައްވާ ؟؟؟އޯކޭވާނެ?????

  14. ބަސް

    ކޮންމެރަށަކަށް އަރާފަ ވާނެ ައް ފަތަޙަ ވެއްޖޭ ބުނަން އޭރުން ވޯޓުލަދުވަހު ނުފިއްލަވާ ހުންނަވާނީ