ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އިސްލާމީ ބިނާއެއް އަޅުއްވާ ދެއްވާނެ ކަމަށް މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓް ޑރ.ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންއަށާއި ޝަހީމްއަށް އޮތް ތާޢީދު ދައްކާލުމުގެ ގޮތުން "ތިނަދޫ ހިނގާލުން" ގެ ނަމުގައި ބޭއްވި ހިނގާލުމަށްފަހު ހިނގާލުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ޝަހީމް ވިދާޅުވީ ތިނަދޫގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލު ކުރައްވި ކަމަށާއި އަދި އެ ރަށަށް ބޭނުންވާ އެކި އެކި ކަންތައްތަކުގެ ވާހަކަ އަޑު އަހައިފި ކަމަށެވެ.

މިގޮތުން ތިނަދޫގައި ހުރި ހުކުރު މިސްކިތް ހުރި ބިމުގައި އިތުރު އިސްލާމީ އިމާރާތެއް އަޅާދެއްވުމަށް އެމަނިކުފާނު ކުރެން މުސްކުޅި ބޭބެއެއް އެދުނު ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ވެއްޖެނަމަ އެ ބިމުގައި އިސްލާމީ އިމާރާތެއް އަޅާ ދެއްވާނެ ކަމަށެވެ. ޝަހީމް މިހެން ވިދާޅުވިއިރު ތިނަދޫ ފާހަގަވެފައިވަނީ ދީނީ ކަންކަމަށް ނުހަނު އިސްކަމެއް ދޭ ރަށެއްގެ ގޮތުގައެވެ. މިގޮތުން މިރަށުގައި މިހާރުވަނީ އިސްލާމީ މަރުކަޒެއް އިމާރާތްކޮށްނިމި ހުޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށާފައެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވުމަށްފަހު ދެން ކަންހިނގިގޮތް ސިފަކޮށް ޝަހީމް ވިދާޅުވީ ތިނަދޫގެ ޕޮލިސްޓޭޝަންގަޔާއި އިތުރު އިމާރާތްތަކުގައި ހުޅުޖެހި ދުވަސް މާޒީވެ ގޮސްފައިވާ ކަމަށާއި މިހާރު ތިނަދޫގެ ރައްޔިތުން ބޭނުންވަނީ އިމާރާތްތައް ބިނާކޮށް ރަށް ތަރައްޤީ ކުރަން ކަމަށެވެ. އަދި މިކަންވާނީ ދެވަނަ ދައުރަކަށް ޝަހީމް އިންތިޚާބުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"މިރަށުގެ މީހުން ބޭނުންވަނީ މިރަށުގެ އިމާތްތައް ނަގަހައްޓާ. މުންނާރުތައް އުފުލާ. މިރަށުގެ މަގުތަކުގައި ތާރަ އަޅާ. މިރަށުގަ ސްކޫލްތައް ތަރައްޤީކޮށް ހޮސްޕިޓަލްގެ ވަސީލަތްތައް އިތުރު ކުރެވިގެން ދިއުން." ޝަހީމް ވިދާޅުވިއެވެ.

ތިނަދޫގެ އިދިކޮޅުރައްޔިތުން ސަރުކާރަށް ތާޢީދު ކުރަން ފަށާފައިވާ ކަން ސިފަކުރަމުން ޝަހީމް ވިދާޅުވީ " ތަފާތު ފިކުރުގެ މީހުންނާ" ބައްދަލުކޮށްފައިވާ ކަމަށާއި އަދި "އަނެއްފިކުރުގެ މީހުންނާވެސް ވަނީ ދައްކާފައި" ކަމަށެވެ. އަދި "އެފިކުރުގެ ތެރެއިން މިފިކުރަށްވެސް ބަދަލު ވެއްޖެ" ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ތާޢީދު އޮތް މިންވަރު ދައްކާލުމަށް ތިނަދޫގައި ބޭއްވި ހިނގާލުމުގައި ތިނަދޫގެ ދެޖިންސުގެ އެކި އުމުރުފުރައިގެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙްމަދު

    مرحبا دكتور شهيم

  2. ޙަފްޞާ / މާލެ

    މަންޒަރު ފެނުމުން ވަރަށް އުފާވެއްޖެއެވެ. އުއްމީދުކުރަނީ ތިޔަ އެއްވުމަކީ ރައީސް ޔާމީނަށާއި ޑޮކްޓަރ ޝަހީމަށް އިޚްލާޞްތެރި އެއްވުމަކަށް ވާނޭކަމަށެވެ.

  3. ނަންްްްްް

    ދެން މުޅިރާއްޖޭގެ ކޮންމެ ރަށެއްގައި އިސްލާމީ މަރުކަޒު އަޅާ ނިންމާލަންވީނު.

    • އާދަނު

      ނިންމާނަން. ތެޅިތެޅި ތިބެން ޖެހެނީ.

  4. ރެކޭ ފުލުސް

    ޙިގާލުމުގަ 300 މީހުނެވެސް ހަމަނުވޭ، ލަދު ގަނޭ

  5. ހުވަފެން

    ތިވަރުގެ ބިނާޔެއް ބިނާކުރަން ރުފިޔާ ޝަހީމް ހޯދަނީކޮންތާކުންބާ ؟؟؟ ހުވަފެން ތީ

  6. ރީނދޫ

    2018ޔާމިން ޝަހީމް