2015 ވަނަ އަހަރު އިދިކޮޅު އެމްޑީޕީން ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗް ގައި ފަރުވާދެމުންދަނީ ގ. ފްރެޝް ލައިޓް، އިބްރާހިމް ރަޝީދު 26، އަށެވެ.

ގާނޫނީ ވަކީލް ހަސަން ލަތީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިބްރާހިމްއަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށް ގެނެސްފައިވަނީ އޭނާގެ ހާލު ސީރިއަސްވެގެން ކަމަށެވެ.

"އޭނާގެ ބައްޔަށް ރާއްޖޭގައި ފަރުވާ ނުދެވޭނެކަން ސަރުކާރަށް އިނގޭއިރުވެސް އޭނާ އާއިލާއާ ހަވާލުކުރަން ސަރުކާރުން ދެކޮޅު ހަދަމުން". ހަސަން ލަތީފްގެ ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.

ހަސަން ލަތީފް މިގޮތަށް ވިދާޅުވި ނަމަވެސް، އޭނާއަށް ޖެހިފައިވާ ބަލީގެ ތަފްސީލެއް ބުނެދީފައެއް ނުވެއެވެ.

އިބްރާހިމް ރަޝީދު ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މެއި އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރަމުންދިޔަ ފުލުހަކު ބިންމައްޗަށް ވައްޓާލި މައްސަލާގައެވެ. އެ މައްސަލާގެ އޭނާގެ އިތުރުން، އިތުރު ބަޔަކަށްވެސް ވަނީ ދައުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބީފާނު

    ޢަބަފުވެސް މިއުލޭޜީދޫ ބައިގަދު ކުވެރިންގެ ދިފާުއުގަ ތެދުވާނި އއެމީހުނގެ ޝަގާފަތް

  2. ސްކޯރޕިއަން

    އަޅޭ ދެން އެމްޑީޕީގެ މުޅިފަލްސަފާ އަކީ ބުހުތާން ދޮގުފަތުރައި މިޤައުމުގައި ފިތުނަ ފަސާދަ ކުރުންބާ! މިމިނިވަންކަން މިމީހުންނަށް ދީގެން މުޅިޤައުމު ހަލާކުން ހަލާކަށް ދާނީ.

  3. ތޯހިރު

    ފުލުހަކުވެސް ކުށެއްޖޮށްފިއްޔާ އެކަންވެސް ބެލެންޖެހޭ.. އަބަދުވެސް މިފެންނަނީ އެހެންމީހުން ކުއްވެރިވެ އަދަބުދެވޭތަން.

  4. ައަބުދުއްލޯ

    މޭ ޑެގަ ޖަލައް ލާމީހެއް ވިއްޔާ ބައްޔެއް ނުވާ ބާ އަޖާބު ހައިރާން

  5. ތުއްތު

    ހުސް ދޮގު

  6. ރީނދޫ

    ގަސިމް ނަޝީދު ފިލިހެން އެސޮރުވެސް ފިލަން އެއުޅުއްވަނީ ހަ ހަ ހާ

  7. ޝްރޭް

    މޭޑޭގައި ފުލުހަކަށް އަނިޔާކުރީ، އެންމެންނައް ފެނުނު އެއްޗެއް އެއީ ވީޑިއޯ އަކީ،،،،