ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް ހައްޔަރުކޮށްފިއެވެ.

ލަތީފް ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ.

މެންބަރު ލަަތީފް ހައްޔަރު ކުރީ ކީއްވެ ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އޭނާ ހައްޔަރު ކުރީ ކޮން ސަރަހައްދަކުން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ. ލަތީފް މިހާރު ވަަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގެންގޮސްފައެވެ.

ލަތީފް އިތުރުން ވެސް ބައެއް މީހުން ވަނީ މިއަދުގެ މުޒާހަރާ އިން ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަޝީދާ / ދިއްދޫ

    މީގެކުރިން މާތް މަޑުމައިތިރި މީހެއްގެގޮތުގައި ފެނުނު ލަޠީފް ރީނދޫބއިގަނޑާޖެހުނުފަހުން ޙަޔާތްކެނޑިފަވާތަން މި ފެންނަނީ!