އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަަކުރައްވާ ކަން އިއުލާންކޮށްފައި ވީނަަމަވެސް އެބޭފުޅުން އިންތިޚާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑީޑޭޓުންގެ ގޮތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ އިބޫ އާއި ފައިސަލް ހުށަހެޅުއްވި ލިޔެކިޔުންތަކަށް ބިނާކޮށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަަނީ ދެބޭފުޅުން ވެސް އިންތިޚާބަށް ކުރިމަތިލައްވަނީ އެމްޑީޕީ އިން ކަމަށެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދު ބުނާ ގޮތުން އެޕާޓީ ވެރިކަމުގައި އޮންނައިރު ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

އޭގެ އިތުރުން އެމްޑީޕީ ވެރިކަމުގައި އޮންނައިރު އެއިރެއްގެ ރައީސް އަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާ އެވެ. އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ ޕާޓީގެ ދެން އެންމެ އިސް ފަރާތަކީ އޭނާ އެވެ.

އެހެންކަމުން އިބޫ އަށް ވެރިކަން ލިބިއްޖެނަމަ އެމްޑީޕީގެ އެންމެ އިސްވެރިޔަކަށް ވާނީ އިބޫ އެވެ. ފައިސަލް ނަސީމަކީ މިހާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރެއް ކަމުގައި ވީނަމަވެސް ވެރިކަން ލިބޭ ހާލަތުގައި އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވައިފިނަަމަ އެމްޑީޕީގެ ދެވަނަ އަށް އެންމެ އިސް ފަރާތަކަށް ފައިސަލް ވާނެއެވެ.

ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުރެ ފައިސަލް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާއިރު 2008 ވަނަ އަހަރު އެމްޑީޕީ އިން ރިޔާސީ އިންތިޚާބަށް ނިކުތީ ގައުމީ އިއްތިހާދު ޕާޓީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރަނިންމޭޓް ކަމަށް ކަނޑައަަޅައިގެންނެވެ. ޑރ.ވަހީދު އިންތިޚާބުގައި ވާދަކުރެއްވީ ވެސް ގައުމީ އިއްތިހާދު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހަލީމް އަލީ!!

    ތިއޮތީ ރަންގަޅަށް އޮޅާލާފަ!! ދެން ލަލަލާ!!

  2. ެއަލީ

    ކޮބާ ހީވިކަމެހެން އެންމެ ފަހުން ގާސިމު އަތުން ރަނިން މޭޓުކަން ވެސް އަތުލީ އަދިވެސް ހޭއަރާ އަނިޔާ ދެނީ ކޮންބަޔެކަން އިގޭނޫން

    • ހަސީން

      އަލީ ބުނަންތަ ވާހަކައެއް. އޮޅުވާލައިގެން ކަންތައްކުރާބަޔަކަށް ރަންގަށްކުރެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ. އޮޅުވުމުގެ މައްޗަތް އޮޅުވުންނޫން ކަމެއް އެމީހުންނަކަށް ނުކުރެވޭނެ.

  3. އިބްރާހިމް

    އިއްތިހާދެކޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައގެން ވެރިކަން ހޯދުމަށް ރާވާ ރޭވުން މިދަނީ ފެންނަމުންނެވެ.

  4. އާދަމް

    ރައްޔިތުންނަށް އޮޅުވާލައިގެން ޤައުމުފޭރިގަންނަން އުޅޭކަން މިދަނީ އެގި ފާޅުވަމުން

  5. ޑިމޮކްރަޓިސްޓް

    ގާސިމަކަށް ދުވަހަކުވެސް ނުވިސްނޭނެ.. މަ އޭރުވެސް ބުނަމުން މިއަންނަނީ ކީއްވެހޭ ރައީސްކަން ޖުމުހޫރީޕާޓީއަށް ނުދިނީ، އެމްޑީޕީއަށް ރަނިންމޭޓްކަން ނުކުރީ.. ވިސްނާ މީހުނަށް އިބުރަތަކަށްވާނެ ކަމަށް އުންމީދުކުރަން..

  6. ކޯ

    ގާސިމްބެ ހޭއަރާކައްނުވޭތަ އަނިޔާ ވެރިން
    ގައުމު ހަލާކު ކުރަންދެން ބަލަގަ ތިހުންނަނީ ބަލަންތަ

  7. Anonymous

    ބަޔަކު އޮޅުވާލާނީ މިހާވަރަށް، މިއީ ޖުމުހޫރީ ޕާޓީ މެމްބަރުން ވަރަށް ފުންކޮށް ވިސްނާ ހުޝިޔާރު ވާންވީ ވަގުތެއް، ޚާއްސަކޮށް ވޯޓު ދިނުމުގައި،

  8. ހިތްވަރު

    އަދިވެސް މިދިވެހިން ބުނާނެ އޮޅުވާލަނީކީ ނޫނޭ....

  9. ޤާސިމް

    އޯކޭ.. ކޮންމެ ގޮތެއްވިޔަސް އަޒުމަކީ އިންތިޙާބުން ރޔާމީން ބަލިކުރުން.. ރޔާމީން ބަލިވާނެ.. އިންޝާﷲ...

    • Anonymous

      އިންޝާ ﷲ ރ.ޔާމީން މިއިންތިހާބު ކާމިޔާބު ކުރައްވާނެ.

  10. ނުރަބޯ

    ހަހަހަ.. ގާސިމްބޭ ކިހިނެއް ތިހެދީ.

  11. އަލީ

    ނަޝީދުގެ މަކަރުވެރި ރޭވުން ނިކަން ވިސްނާލަބަލަ.

  12. Anonymous

    ޔާމީން އާއި ޝަހީމް ވެސް ވާދަކުރަނީ އެމްޑީޕީ ކެނޑިޑޭޓެއްގެގޮތުގާ

  13. އަހަންމަދޭ

    އޮޅުވާލުން އޮޅުވާލުން އޮޅުވާލުން މި ނޫން ކަމެއް ނޯވޭ. ރައްޔިތުންނޭ ރައްޔިތުންނޭ ތިމީހުންނާމެދު ސަމާލު ވާތި. ކޮންމެފަދަ ކެއްސެއްވެސް ދީފާނެ. އޮޅުވާލުމާއި ދޮގު ހެދުމުގައި ހައްދު ފަހަނައަޅާފަ ތިބި ބައެއް. ފައިސަލްވެސް ދެން ވާނީ ރީނދޫ ބައިގަނޑު މީހުން ކަހަލަ މީހަކަށް.

  14. އަހްމަދު

    ޤާސިމް ކަލޯ އެހެންވެ ކުރިންވެސް ބުނީ ޢަލީ ޙުސެއިން އަށް ނާއިބް ރައީސްކަންދޭށޭ! އަހަރެއް ހީކުރި ގޮތަށްވުރެން މާއަވަހަށް ނާއިބް ރައިސްގެ ގޮނޑިވެސް ދަމައިގަތީ. ހޮވިއްޖެއިޔާ ކިހާވަރެއްވާނެބާ!!!. ނަޝީދުއަށް އިތުބާރު ނުކުރޭ!

  15. އާބިދާގެ މުހައްމަދު

    ކޮބާ މައުމޫނު ރިފޯމާ ސޭޓު ރިފޯމާ އިމްރާނު ފޯމާ. ޗޮކުންދޯ. ޕަކާސް. ސޭޓާ ދެންދޭ ހިތި ފިލުވަން ކަނޑުލުގެ

  16. ބޭބެ

    މިއޮތީ ފެށުނުއިރުވެސް އޮޅުވާލާފަ!! ދެން ވެރިކަން ލިބިއްޖިއްޔާ ހަދާނެ އެތިފަހަރު ނިކަން ރަގަނޅަށް އެނގޭނު!! މިއީ މަކަރުވެރި ހިޔަޅު ޕާޓީއެއް!!

  17. އަސް

    ޖޭޕީ އޮތީ ހިސޯރުކޮއްފަ އެއީ މިނިވަން ކަމެއް ނެއް ޕާޓީ އެއް

    • Anonymous

      ޖޭޕީގަ އުޅޭ އަލީ ހުސޭނާ ސަމީރާ ފައިސަލް މެނަކީ އެމް.ޑީޕީން ޖޭޕީއަށް ހިޖުރަކޮށްޖޭޕީ އެމްޑީޕީގެ ގޮތްޕަކަށް ހެދި މީހުން

  18. އަހްމަދު

    ތިއޮތީ އެމްޑީޕީގެއަސްލު ފެނިފަ ގާސިމް ގެޖީބުންޚަރަދުކޮށްފަ އެމްޑީޕީއައް ވެރިކަންލިބޭހިސާބުން ގާސިމް ބޭރުވީ އިތުރައްދެއްކޭނެ ބާރެއްނޯންނާނެ

  19. ހުސޭނުބޭ

    މޮޅުކަން ދައްކަން ޤާސިމްފަކީރު ކުރިހައި ޚަރަދަކާއި ނެގިހައި ފޮޓޯއެއް އަދި ވީޑިއޯ ކޯލްތަކެއް ފެނަންވެއްޖެ. ދެން އެމްޑީޕީގެ އަޅުންގެ ގޮތުގައި ޤާސިމްގެ މީހުން އމްޑީޕީ އަށް ވޯޓުދީ: ދެތިކީ ޕީ

  20. Anonymous

    ރަތް ޓައީ އަޅާފަ ހުރީމަ އެނިމުނީނު

  21. ޖޮއްބެ

    ކާސިންބޭ....!!! އަދި މިއުޅެނީ ވޯޓު ނުވެސްލާ. މިހާއަވަހަށް ކާސިންބެ އަށް ލަގާދިނީ. އަދިވެސް ހޭއަރާކަށް ނުވޭބާ؟ ކޮންމެގޮތެއްވިޔަސް އެމްޑީޕީ ވާނީ ހަމަ އެމްޑީޕީ އަށް އެމީހުން އެހެން ބަޔަކަށް ހިތްހެވެއް ނުވާނެ. އަދިވެސް ވަގުތު އެބައޮތް އަވަހަށް ރައީސް ޔާމީންގެ ފަޅިއަށް އަރާ ރައީސް ޔާމީނާ ބައިވެރިވެގެން ކުރިޔަށްދޭ. އެހެންނޫނީ އެމްޑީޕީގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ.

  22. ކެރަފާ

    ޔާﷲ މި އިންތިހާބުގައި ރައީސް ޔާމީން އައް ކާމިޔާބު ދެއްވާ އިދިކޮޅު ޕާޓީ އަށް ނާކާމިޔާބު ދެއްވާންދޭވެ ހަމަޔަގީނުންވެސް އިދިކޮޅުގައިވަނީ އޮޅުވާލުމެވެ .