ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމަ އާބިދާ އަހްމަދަށް ދެންމެ ފުލުހުން ހަމަލާދީފި ކަމަށް ބުނެފިއެވެ.

އާބިދާ އާއި އާއިލީ ގުޅުން އޮންނަ ސަބްރާ ނޫރަައްދީން ކުރި ޓްވީޓެއްގައި ބުނީ ރައީސް ނަޝީދުގެ މަންމަ މިއަދު މުޒާހަރާގައި ހުންނަވަނިކޮށް ފުލުހުން ވަނީ ރައީސް ނަޝީދުގެ މަންމަ ކޮށްޕާލާފައި ކަމަށެވެ.

ރައީސް ނަޝީދުގެ މަންމަ މިއަދުގެ މުޒާހަރާގައި ބައިވެރިވަމުންދާ ފޮޓޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފޮޓޯއިން ފެންނަނީ މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން ރައީސް ނަޝީދުގެ މަންމަ ހުންނަވަަނިކޮށެވެ.

ފުލުހުން ވަނީ ރައީސް ނަޝީދުގެ މަންމަ ކޮށްޕާލާފައި ކަމަށް ސަބްރާ ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ މަންމަ އަށް އެއްވެސް އަނިޔާއެއް ވިކަމަށް އޭނާ ބުނެފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ނުވަ ކުށްވެރިޔަކު ދޫކޮށްލަން ގޮވާލާ ފެބްރުއަރީ 01 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާ އަށް ނިކުތުމުން މަޖީދީމަގުން ވެހިކަލް ނުދުއްވި ގިނަ ބަޔަކަށް ދަނީ ދަތިތައް ދިމާވަމުންނެވެ.

މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާއިރު ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާ ބައެއް މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ބައެއް މެންބަރުން ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ރާއްޖެތެރޭ ކަސްޓަމަރ

    ހެހެހ ލޮލް. މަންމަ އަކަސް ބައްޕައަކަސް މުޒާހަރާ ތެރޭގައި ފުލުހުން ޢަމަލުކުރާނީ ޢާއްމުންކަމަށް ބަލައިގެން.

  2. ޢަދާލަތު

    މަންމާފުޅު ގޭގައި މަޑުން ނޯއްވެވިގެން ތިއުޅުއްވަނީ ކީއްވެތޯ. މަގުމައްޗަށް މުޒާހަރާއަށް އެވެސް ޤާނޫނާ ޤވާއިދާ ޚިލާފަށް ނިކުތީމަ އަޅުގަނޑަސް މަންމާފުޅަސް ބައްޕާފުޅަސް ވާނީ ހަމަ އެއްގޮތް. ކުއްވެރިވެސް ވާނެ. އަބުރު ނޭގެންޏާ ދަސްކުރޭ

  3. މަހަށްދޭބަލަ

    ކޮން ނަޝީދު މަންމަ އެއްތޭ އޭނާ ކިއެއްކުރަން ގާނޫނާއި ޚިލާފު ތަނަކަށް އެއްވާންވީ ފުލުހުންނަށް އޮންނާނެ އެހައްގު އޭނާ އަށް ހަމަލާ ދޭން ފެއްސެން އުޅޭ މުޒާހަރާ އިން މުސްކުޅި އަންހެން މީހާ ގަނޑާ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.

    • ޔޫރޭނިއަމް

      ތިބޭފުޅާ އާއިލާގަ މުސްކުޅި އަކު ނެތީތޯ؟ ޤާނޫނު އަސާސީގެ ބާރު ހިނގަން ޖެހެނީ ވަކި ބަޔަކަށްތޯ؟

  4. މާރިޔާ

    މާލަސް ވެއްޖެ

  5. ނަޝީތު

    ކޮއްޕާލަންވީ ހަމަ. ގައުމުގައި ހުޅުޖަހާ ދީނަށް ފުރައްސާރަ ކުރާ ދަރިއަކު އުފަންވެފައި ހުރީ ތިޔަ ބަނޑުން. އެދަރިއަކާ ހުރެ މުޅި ގައުމު ސުންނާފަަތި ވަމުން މި ދަނީ.

  6. ާއަދުރޭ

    ފޭކް އެފަކީރު ގައިގަ މީހަކު ޖެހުނަސް ވިއްސައިގެން ދާނެ ކޮއްޕާލާކަށް ނުޖެހޭނެ

  7. ޅަލަލާ

    މަންމަ ގޭގަ އޮށްވަތަ ހަމަލަދިނީ

  8. ޣާދިރު

    މައްމައެއް ބައްޕައެއް ކިޔާނެ ކަމެއް ނެތް. އާއްމު ރައްޔަތުންނައް އުދަގޫ ކުރަން މަގުމަތީގަ ހޯބޯލަވަމުން ދުވަނީނަމަ ފުލުހުން އެކަން ހުއްޓުވާނެ..

  9. އަހުމަދު

    ނަސީބު ތަޅާމަރަންވީ ތިޔާބޮޑުބަލާއެއް

  10. ޅިޔަންބެ

    ގައިރުގާނޫނީ މުޒާހާރާއެއްގައި ނަސީބެއްނު ބިމާލާ ނުޖެހިކަން.

  11. ޙަފީޒާ

    ފުލުހުން ޙަމަލަދިނީ ގެއަށްވަދެބާ؟

  12. ؟؟

    ނުބަލަ

  13. ބަޢާވާތާދެކޮޅުު

    ތިމަންމަ ހިތާމަކުރަންވީ އުފަންކުރެވުނު ދަރިއެއްގެ ސަބަބުން ގައުމެއް ފަސާދަވެ ފިތުނައަށް ރައްޔިތުން ހުށަހެޅި ނިމިދަނީ ދެދުނިޔޭން... ތިޔަމަންމަ ކައްވަޅުގަ އޮތަސް އެދަރީގެ ސަބަބުން ތިމަންމަގެރޫހަށްވެސް އަނިޔާލިބޭނެ މީސްތަކުންގެ ބަދުދުވާއިން.... ހެޔޮނުވާނެ ތިމަންމައަކީ ހެޔޮވިސްނޭ މައެއްނަމަ ދަރިއަށް ވިސްނަދީ މިފިތުނައިން ރައްޔިތުން ސަލާމަތްކުރަން.... ވިސްނާ އޭނަގެސަބަބުން ހެޔޮލަފާ ކިތައްމީހުންއެތިބީ މަގުއޮޅިފަ.... ވެރިކަންހޯދަން އޮންނަގޮތަށް އޭނައަށްވިސްނަދީ ވެރިކަންހޯދަން.. މަގުމަތިން ވެރިކަންވައްޓާ ވެރިކަންހޯފުމަކީ ނާތަހުޒީބު ޖާހިލުން ކަންކުރާގޮތް...

  14. އީބޫ

    ގޭގަ ތިނިނަމަކާ ތިހިނެއް ވާކައް ނުޖެހުނީސް ނަސީދެއް މައުމޫނެ .ގާސިމެއް . ނޯންނާނެ އެންމެންގެމައްޗައް ގާނޫނު ހިގާނެ

  15. ޔަޤީން

    ސައްތާރު ކޯފާވެދާނެތީ ކަންނޭގެ މައުމޫނުގެ ފޮޓޯއެއް ހިފައިގެން ނުހުރީ މަލާމާތް ކުރިޔަސް ތީ ބޮޑުވަރު

  16. Anonymous

    އެމްޑީޕީއިން މިއުޅެނީ އަހަރެމެންނަށް ހަމަޖެހިގެން މިޤައުމުގަ އުޅުނަނުދޭންތަ؟ މާދަން ހެނދުނު ރަށަށް ފުރަންއޮތީ. މިއަދު ވިޔަފާރިކޮށްލަންކަމަށް ނިކުތީ. އެހެނަސް މިބޮޑު މުޞީބާތާއި ހުރެ ވިޔަފާރިއެއް ވެސް ނުވި. ބަލަ ކަލޭމެން ވޯޓުން ރައީސް ދުރުކޮށްބަލަ. މުޒާހަރާ ކުރިއަސް ވެރިކަން ނުވެއްޓޭނެ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ވެރިކަން ދެއްވާކަން ކަލޭމެން ޤަބޫލުނުކުރަނީތަ؟

  17. ހުޝާމް

    އައްނިގެ މައްމަ ގޭގަ އޮތްނަމަ ފުލުހުން ސުޕްރޭއެއް ނުޖަހާނެ.

  18. މނތ

    ހަަމަ ކޮށްޕާލަންވީ. ޖަލަށްވެސް ލާންވީ

  19. ޗިއްލޫ

    ނަޝީދުގެ މަންމަ މަގުމައްޗަށްނިނުކުމެ އޭނަގެ ދަރިފުޅު ލާދީނީ ފިލުރުން ސަލާމަތްކުރަން އުޅުނިއްޔާ ތާހިރުވާނެ!!! ރަނގަޅަށް ތަރުބިއްޔަތު ނުދީ ބޮޑުކުރުމުން މިގައުމުގެ ރައްޔިތުންނަށް ބޮޑުމުސީބާތަކަށްއެބަވޭ! އަދި އެވަރުންނުވެގެން މިދާތަ ގަނޑުވެސް މަގުމައްޗައްނިކުމެ އާންމުންނަށް ބަލާއެބަޖައްސައޭ!!!

  20. ސައްތާރު

    ކޮށްޕާލާފަ މިގައުމުންވެސް ބޭރުކުރަންވީ، ތިފަދަނުބައި ނުލަފާ މައިން މިގައުމުގަ އުޅެންނާ ލާދީނީ އެތައް އަންނިއެއް ނޫން ޖިންނިއެއްވެސް މިގައުމަށް ފާޅުވާނެ!!!!!!!!!!!!

  21. ދޮންބެ

    ކަބުރު ގެ ޔައްވަނީމަ އަޅިބުރާނެ ދޯ ނުޒާހިރާގަ އުލޭއިރު ތިހުރި ހާކަމެއްވެސް ވާނެ

  22. އަލީ

    ތިޔަ މީހާގެ މޫނުމަތިން ފެންނަން ހުރީ މަލާމާތުގެ ހިނިގަނޑެއް. އެއްވެސް ވަރެއްގެ މާޔޫސް ކަމެއްނެއް. ހީވަނީ ފާރިޝް ހައްޔަރު ކުރީމަ އުފަލުން ފޮޅިފައި ހުރިހެން.

  23. ތުއްތޮން

    ނަޝީދުއަކީ މިގައުމަށް ހުރި ބޮޑު މުސީބާތެއް. ދަތްގަނޑު ދިލުވާގަނެގެން. މަ ކައިރިއަށް އަންނަ ރުޅި ނޭނގެ ބުނާކަށްވެސް. އަހަރުން ފަހުރުވެރިއެއް ނުވޭ. ދެރަވަނީ މުސްލިމެކޭ ކިޔައިގެން މުޅި މިގައުމު ފަސާދަ ކުރާތީ.

  24. ތުއްތު

    ހޫ ދެން ވަރަށް މޮޅު ކަމެއް ތިޔަ ކުރެވުނީ. އަނގަ އައްޕައްޗައް ޖަހައިގެން.

  25. ހާކިމާއޭ

    ނަޝީދުގެ މަންމާފުޅު ފާރިސްގެ ދިފާއުގައި ކަމަށް ފޭކް ގޭމް ޖައްސަނީ އެވެސް ކެނެރީގެ ނަޝީދު ޖައްސާ ސްޓަންޓް އެވެ. ބޭނުމަކީ މަމެންގެ ވެރިކަން ވައްޓާލަން އެހެންމީހުންގެ މަދަދު ސްޕެޝަލީ އަންހެންވެރިންގެ މަދަދު ހޯދަން އެވެ. ހަަސަދަ ވެރިކަން ނެތް ނަމަ ކީއްވެގެންތޭ ގޮސް ނަސްރީނާ އާއި ބައްދަލު ކޮށް އެކުވެރިކަން ބަދަހި ނުކުރީ. މިހާރު ވެސް ވެރިކަމަށް ކެނެރީގެ ނަޝީދަށް ކުރިމަތި ލެވޭ ގޮތް ވެއްޖެނަމަ އޭނާ ފާރިޝް ޖަލުގައި ބަހައްޓަން ބާރު އަޅާނީ އަދި ގާސިމަށް ވެސް ކުރިމަތި ނުލެވޭނެ އުސޫލުން އޭނާ ކަންކަން ކުރާނީ. ތިޔާއީ ކެނެރީގެ ނަޝީދު ނޫންތޭ އޭނާ އަކީ އުމުރުގައި ދުވަހަކު ވެސް ތެދެއް ހެދި މީހެއް ނޫނެވެ. ކަރަންޓް ބިލް އަގު ބޮޑު ނުކުރާނަމޭ ކިޔާ ވެރިކަމަށް ފާވެ ކަރަންްޓް ބިލް ބޮޑު ކުރީ އަދި ޑޮލަރު އަގު ބޮޑު ކުރީ އަދި ޑޮލަރު ނުވެސް ލިބެނީ ވިޔަފާރި ވެރިންނަށް ގަންނަން އިންޑިއާ މީހުންގެ އުނގަށް ވެއްޓިގެން ގައުމު އިންޑިއާ މީހުންނަށް ވިއްކާލީ ޒަކިއްޓެ ބުނުމުން. މީނާ އަކީ ދެން އަމިއްލަ ސިކުނޑި އެއް ވެސް ހުރި އެއްޗެއް ނޫން ބޮޑު ވަގެއް ތިޔާއީ ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކޮށްގެން ކޮލި އާއިލާ އަށް ވުރެން މުއްސަނދި ވޭތޯ ބަލަން. އޭނާ ބަލަނީ ވައްކަން ކޮށްގެން މުއްސަނދި ވޭތޯ މަސައްކަތް ކޮށްގެން ވިޔަފާރި ކޮށްގެން މުއްސަނދި ވޭތޯ އެއް ނުބަލަ އެވެ.

    • ޙައްގުތެދު

      ކަރަންޓްބިލްގެ ތެރެއަށް ތެލުގެ ސާރޗާޖު ލައިގެން ދުނިޔޭގައި ތެލުގެއަގު ބޮޑުވި ކޮންމެފަހަރަކު ކަރަންޓްބިލަށް ދައްކަންކަންވާ މިންވަރު އިތުރުކުރަމުން ތިން އަހަރު ވަންދެން ރައްޔިތުން އަތުން ފެލަމުން ދިޔަކަންވެސް ފާހަގަކޮށްލަން....!!!

    • ބޮއްބޮ

      ޢާބިދާކުރަންވީކަމަކީ ޑިންތަލަބެ ގެ ފޮޓޯ ހިފައިގެން މަގުމަށްޗަށް ނިކުމެ އޭނާގެ ލާދީނީ މުނާފިގު ދަރިޔަށް ތާއީދު ހޯދައިދިނުމެއްނޫނެވެ. އެ ދަރި އަށް ހެޔޮނަޞޭޙަތްދީ ހަމަމަގަށް އެޅުވުމެވެ.

  26. ޔާމީން2018

    އަޅުގަނޑުގެ ހައްގުތައް ކޯބާ؟ މުޒާހަރާ މަޖީދީމަގުގައި ކޮގެން ނުވާނެ. މިއަދު އެއްވެސް ވިޔަފާރިއެއް ނުވޭ ހަވީރުން ފެށިގެން. ހަމައެކަނި އޮތީ އެއްވެއް އުޅުންތޯ؟؟ އެއްވާ މީހުންގެ ހައްގުތަކާއި ސިޔާސީ މީހުންގެ ހައްގުތޯ؟؟ މިއަދު މިވީ ގެއްލުމަށް ކާކު ޒިންމާ ވާނީ؟؟ މިއަދު ފިހާރަ ބަންދުކޮށްގެން ހުރުމޭ އެއްފަދަ. މުޒާހަރާ ކުރާ ފަރާތްތަކުން އަޅުގަނޑަށް ބަދަލު ދޭނަންތޯ؟

  27. ނުރަބޯ

    ކަނބުރުގެ އަށް ވަންނަންޏާ އާބިދާ އެއް ސައްތާރެއްކަމަކު އަޅިބުރާނެ....!!!

  28. ޖޭޖޭ

    ދައްތާ ދަރި ބޮލުން ފަތް ކޮޅު ދިޔައީތަ ؟