އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސަރުކާރުގެ ކޮރަޕްޝަންބަލައި އެސެޓް ރިކަވާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ވީޓީވީ އިން ހޮނިހިރު ދުވަހު ރޭ ގެނެސްދިން "އިބޫ އާއި އެކު އެއްގަޑިއިރު" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން އިބޫ ވަނީ ސަރުކާރުގެ ކޮރޮޕްޝަނަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. އިބޫ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ވައްކަމާއި ކޮރަޕްޝަނަކީ މި ރާޢްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަނެވެ.

ހުދު ރައީސް ޔާމިން ވެސް ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަޔަކީ އެންމެ ބޮޑު ކޮރަޕްޝަން ކަމަށް ވިދާޅުވެފައި ކަން އިބޫ ފާހަގަ ކުރެއްވިއެވެ.

ގުޅިފައިވާ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް އަތުވެއްޖެނަމަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަ ބައްލަވާނެ ކަމަށާއި، ގާނޫނާ އެއްގޮތަށް ދެވިފައިހުރި ރަށްތަކެއް ވެއްޖެއްޔާ އެރަށްތައް އެގޮތަށް ހިނގާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި ގާނޫނާއި އުސޫލާ ޚިލާފަށް ދެވިފަހުރި ރަށްތަކެއް ވެއްޖެއްޔާ އެއާ ދޭތެރޭ ގާނޫނުގައި އޮންނަގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭ މާބޮޑު ތަފްސީލެއް އިބޫ ވިދާޅުވެފައެއް ނުވެެއެވެ.

"އިބޫ އާއި އެކު އެއްގަޑިއިރު ޕްރޮގްްރާމް" ގައި ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފުރަތަމަ ފާހަގަ ކުރެއްވީ ކުރީގެ އޮޑިޓޯ ޖެނެރަލް ކަމަށާއި، އޮޑިޓަރ ޖެނެރެލް އެކަން ރައީސްގެ ސަމާލު ކަމަށް ގެނައުމުން ކަންވެގެންދިޔަ ގޮތް ހުރިހާ ބޭފުޅުންނަށް ސާފުވެފަވާކަމަށެވެ. .

އެމްއެމްޕީއާރްސީިގެ ކޮރަޕްޝަން މައްސަލަ ބައްލަވާނެކަމަށް އިބޫ ވިދާޅުވިއިރު އެމައްސަލާގަ ހިމެނޭ މީހުންނަށް ދައުވާ ކުރެވިފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް ޔާމިން ގެ ސަރުކާރުން ވެސް ދަނީ ގެއްލުނު ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެެއް އެކުލަވާލާ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަސީމް

    އިބޫ ވެސް އާވާހަކައެއް ދައްކަބަލަ.

  2. ހަސީން

    އިބޫ ކީއްވެތަ އެފްޕީއަޑީ މައްސަލައިގެ ވާހަކަ ދަތްކަން ނުކެރިގެން ތިއުޅެނީ.

  3. އަޙްމަދު

    ގެއްލުނު ފައިސާ ހޯދަން އެންމެފަސެޭޙަވަާނިީ މޑޕ އަ

  4. ވިސްނާލާ

    ވައްކަމުގެ ވާހަކަ ދައްކަންވާނީ ވައްކަން ނުކުރާ މީހުން.. ކަންކަން ތަރުތީބުކުރީމަ ފަށަންޖެހެނީ މޑޕ ވެރިކަމުގަ ދައުލަތުން ގެއްލުނު ފައިސާ.. ރައްޔިތުންގެ ކަންބޮޑުވުންހުރީ ހަމައެކަނި މިސަރުކާރުގެ ހިޔާނަތަށް އެކަންޏެނޫން.. މޑޕ ވެރިކަމުގަ ދައުލަތުންގެއްލުނު ފަސައިއަކީ މޑޕމީހުންގެ ހަލާލުބައެއްނޫން.. ދައުލަތަށް ގެއްލުނު އެތައްބިމެކާ މުދަލާ ތަކެތި.. މިއީ މުޅިދައުލަތުގެ ހުރިހާ ރައްޔިތުންގެ ހައްގު. މާފަންނުއާގެ ދައުލަތުގެ ބިމަކަށްވާއިރު އެތަން މޯގޭޖްކޮށް ބޭންކުލޯނުދިން މައްސަލައަކީވެސް ކުޑަކަމެއްނޫން.. ރައީސްއޮފީހުން ގެއްލުނު ދެލެޕްޓޮޕްވެސް ހޯދަދޭންވާނެ.. ރޔާމީނަށް ވިއްޔާ ކެރިގެން ރައްޔިތުންނަ އޮޅުންފިލުވަދިނުމުގެ ހިއްވަރުލިބުނެނުން މިސަރުކާރުގެ ކޮރަޕްޝަނުގރވާހަކަ.. އެކަމަކު އިބޫއަކަށް އެހިއްވަރެ ނުލިބޭނުން މޑޕ ވެރިކަމުގަ ހިންގާފަހުރި ކޮރަޕްޝަނާ ފަސާދައިގެ ވާހަކަދައްކަން.

  5. Anonymous

    އިބޫ ހާދަ ގަދައޭ، ދައުލަތުން ގެއްލުނު ފައިސާ ހޯދޭނީ ހާދަ ބުރަމަސައްކަތެއް ކުރަންޖެހޭނެއޭ؟ ބުރަމަސައްކަތުންވެސް ކާމިޔާބު ވެއްޖެއްޔާ ރަނގަޅު،

  6. ޒަވިޔަނި

    ހައްތާވެސް ޔާމީނު ކުރަމުން ގެންދާ ކަންކަން ކުރާނެ ވާހަކަ އިބޫ މިކިޔަނީ. އަނެއްކޮޅުން އެބަބުނޭ އަދީބު ދޫކުރާށޭވެސް.

  7. Anonymous

    އިބޫ ހާދަ ގަދައޭ، ދައުލަތަކުން ގެއްލުނު ފައިސާ ހޯދޭނީ ހާދަ ބުރަމަސައްކަތެއް ކޮށްގެންނޭ، ރައީސު ޔާމީނުވެސް ވެރިކަމަށް އެރީއްސުރެން ޢަޒުމަކީ އެމްޑީޕީ 3އަހަރު ހިންގި ކޮރަޕްށަން ފައިސާތައް (އެއާޕޯޓް ވިއްކި ފައިސާ، އައްޑޫ ކޮންވެންޝަން ހަރުގެ ޕްރޮޖެކްޓުން ގެއްލުނު ބިލިޔަން ރުފިޔާ، މިނިސްޓަރުން ދަވާލާފައިވާ ގިނައަދަދެއްގެ މިލިޔަންސް ފައިސާ) އަނބުރާ ދައުލަތަށް ވައްދާފަ އެ ޖަރީމާ ހިންގި މީހުންނައް ޝަރީޢަތް ހިންގުމެވެ، އެކަމަކުވެސް އެމަނިކުފާނުގެ 5އަހަރު ދައުރު ނިމިގެންދާއިރުވެސް އެކަމެއްނުވޭ، ވީއިރު އިބޫގެ ތިއަޒުމު ފުރިހަމަ ކޮށްފިއްޔާ ތިޔައީ ހަމަ ހީރޯ އެކެވެ،

  8. ކާފަދ

    800 މިލިއަން ހޯދަން ކުރިހެންތަ

  9. ފާގަ

    ކުރިން ބުނީ ހޯދާނަމޭ، މިހާރު ތިބުނީ މަސައްކަތް ކުރާނަމޭ. އެހެން ނޫނަސް އިބޫ އަކަށް ނުވާނެ ތިކަމެއް. އެއީ ދައުލަތް ހުސްކޮށްލި މީހާ ތިހެދީ އިބޫގެ ކެމްޕޭން މެނޭޖަރަށް. އެފައިސާއިންތަ ކެމްޕޭން ކުރަނީ

  10. ބޮކި ބޮކި ބޮކި

    ސާބަހޭ އަހަރުމެންގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ)

  11. Anonymous

    ދައުލަތުން ގެއްލުނު ފައިސާ އެކަނިތަ ހޯދަން މަސައްކަތް ކުރާނީ، އެމްޑީޕީ ވެރިކަމުގަ އިޢުލާން ނުކޮށް ބިޑަކަށް ނުލާ އެމްޑީޕީގެ އިސް އަޢުވާނުންނަށް ހުޅުމާލެއިން ބަހާލި ގޯތިތަކާއި ރިސޯޓް ރަތްތައް ނުހިމަނާތަ؟؟؟! ޢެނގިދާނެތާ މިފަހަރު އިބޫރައީސުގެވެސް ގަޓުހުރިވަރު

  12. ނޫންތަ

    ފުރަތަމަ ކެމްޕޭން ކުރުމުގަ އަމިއްލަ އިޚްތިޔާރު ހޯދޭތޯ ބަލާބަލަ.

  13. ކޮލެޖް

    ޔާމީންގެ ވެރިކަމުގައި ގޯހެއްވާނަމަ އެކަން ބެލޭނީ މައުމޫނާއި އިބޫމެން ރޯމާދުވާލު ފާޅުގަޔާއި ސިއްރުންކުރި ވައްކަންތައް ބަލާފަތާ އެހެންވީމާ މިބުނަނީ އިބޫގެ އެފެންވަރެއްވެސް އެހިތްވަރެއްވެސް އެގާބިލުކަމެއްވެސް އެކުޅަދާނަކަމެއްވެސްނެތޭ.

  14. އިންމަބެ

    ސާކް ސަމިޓްގެ އެމްޑީޕީ ޖަރީމާ މިލިއަނުން.. ދައުލަތުން ގެއްލުނު ފައިސާ ނުލިބޭ
    2011ގައި އެމްޑީޕީ އެކްޓިވިސްޓުންނަށޗ ބަހާލެވުން 160 ރަށް.. އަންބުރާ އަތުލްނޖެހޭ
    ޖީއެމްއާރް އަށް އެއާޕޯޓް ވިއްކާލިއިރު ގެއްލުނު 74 މިލިއަން ޑޮލަރު.. ދައުލަތުން ގެއްލުނު ފައިސާ ނުލިބޭ
    މީ ވަރަށް ވާހަކަ.. ގުނާ އަދަދު ނުކުރެވޭ މިލިއަނުން އެމްޑީޕީ ސަރުކާރުގަ ގެއްލިފަ ނުހޯދި ހުރި ފައިސާ.. ދެންވެސް އައިސަ ހަދާނީ ހަމަ މިހެން.. އަހަރުންނަށް ބިތުފަންގި ނުނަގާވެސް ފެންނަން ހުރި ހެކި މިހިރީ.. އަދި ފަންގި ނެގީމަ ނޭންގޭ ހުންނާނެ އެއްޗެހީގަ އަދަދުވެސް.. ނުކިޔަވާ އިބޫ އަށް ނޫނެކޭ ހަމަ ބުނަންޖެހެނީ

  15. ހުސޭނުބޭ

    ކަލޯ އިބޫ! ކަލޯމެން ތި ގޮވާ އެއްޗެކޭ ވަގަކު ވައްކަންކުރި ފައިސާ ހޯދުމެކޭ އެއްވަރު. އެންމެ ފުރަތަމަ ވޯޓުގެ ކުރިން 3 އަހަރުގެ ވެރިކަމުގައި މަޅާލި 4.5 ބިލިއަން ރުފިޔާ ގެނޭ!

  16. ނަގޫރޯޅި

    މަތާއީދު، ޖމރ އިން ދިންލާރި، ބައިވޯޓާރސް އައްދިން ލާރި ، ސަރުކާރު ކުންފުނިތަކުގެ ހިއްސާ ނުއަޣުގާ ބޭރުބަޔަކައް ވިއްކައިގެން ލިބުން ލާރި، ތިމާމެން ޕާޓީ އެކްޓިވިސްޓުންނައް ފަޅުރައްތައް ބަހައިގެން ހޯދި ލާރި، ރައްރަސުގެ ރކ ކޮމެޓީތަކުގަ ހުރިލާރި ތަކައް ވީގޮތެއްވެސް ބަލާ އެފައިސާ ހޯދައްޗޭ، ނޫނީ ފަހުން މަގުހިންގާނަން

  17. އަބްދުއްލާ

    ބްލެކް މާކެޓްގާ ޑޮލަރު ވިއްކައިގެން އެމްޑީޕީ އަށް ބައި އެޅިފައިސާއާއި އެމްޑީޕީ ސަރުކާރު ހެދި ބިލްތަކަށްނެގިފައިސާއާ ސާކްސަމިޓްގަސިފައިންލައްވާމަސައްކަތް ކޮށް ކަރުދާހު ކުންފުންޏެއްގެ ނަމުގާ ނެގިފައިސާތަކާ ބަޖެޓުން ގެއްލުނު 4.5 ބިލިއަން ރުފިޔާ އަށް ވީގޮތް ބުނެދީ އެފައިސާގެ މައްސލަ ވެސް ހަމަޖައްސާދޭނެ ކަމަށް އުންމީދުކުރަން އަދި ރަށުކައުންސިލްތަކާ އަތޮޅުކައުންސިލްތަކާ ކޮމިޓީތަކުގެ ފައިސާއާ ބިދޭނީންގެ ޑިޕޮޒިޓްގެ 11 މިލިއަންޑޮލަރުވެސް ވީގޮތް ބުނެދީ ހޯދާދޭނެކަމަށް އުންމީދުކުރަން.

  18. ސޯދިގު

    އައްދޭ މީނަ ހިތުން މީ މަހާތީރޯ...ޖާހިލު ނުކިޔަވާ ސޮރު. މަލީހު އަދި އަމީން ގެ ޕްރެޒެންޓޭޝަންގަ 1400 މިލިޔަން ޑޮލަރ ކަލޭމެންގެ ވެރިކަމުގަ ޕަކަޅާ ކޮށްލި ކަމަށް.. އެ ފޮރުވަން ތި ދައްކަނީ ތި ވާހަކައެއް. އިންތިހާބު ނިމޭ އިރަށް ޖަލަށް ވަންނަން ތައްޔާރުވޭ.

  19. ނަޝީދު

    ހެ ހެ ހެ ތީ ތިންއަހަރު ތަޖުރިބާ ކޮއްލަން ލިބުނީމަ 5.8 ބިލިއަން މަޅާލި ބައެއް. އަދި ކޮބާ ވެރިކަން ދޫކޮއްލަމުން ރޯކޮއްލި މުއައްސަސާ ތަކުގެ ލިޔެކިޔުން ތަކުގެ އަގު. މަހަކަށް ވީ އޭ އަދި ކަލޭ މަށާ ސަލާން ކޮއްލަން ނާދެ. ކޮންމެ ދުވަހަކު އަނެއްކާ 23 ވައުދު ތިވަނީ އިތުރު ފުރުސަތެއް ދީފަ އިތުރު ކިތައް އަހަރުން އަހަރުމެން ރައްޔިތަކަށް ކަމެއް ކޮއްދީ ނިންމަދެވޭނީ ؟؟؟