ތަފާތު އެކި ނަންނަމުގައި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ އިންޑިއާ ރައްޔިތަކު ރާއްޖެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ ސްރީ ނިރްމަލްދީބް ސިންގު ސިދޫ ކިޔާ މީހެކެވެ. ސްރީ ނިރްމަލްދީބް ސިންގު ސިދޫގެ އިތުރުން އޭނާ ވަނީ ސިންގު ސިދޫ އަދި ބައެއް ފަހަރު ބޯދީ ސިންގުގެ ނަމުގައި ވެސް އުޅެފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އިން އޭނާ ހައްޔަރު ކުރީ އޭނާ ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑްނޯޓިސް ނެރެފައި ވާތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތު" އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އިތުރު މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ސްރީ ނިރްމަލްދީބް ސިންގު ސިދޫ ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑްނޯޓިސް ނެރެފައި ވަނީ އަންހެނުންނަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ހަތިޔާރު ބޭނުން ކޮށްގެން ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީ ނިރްމަލްދީބް ސިންގު ސިދޫ އިންޑިއާ ސަރުކާރާއި ހަވާލު ކުރުމުގެ މަސައްކަތް ރާއްޖޭގެ އިމިގްރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.

ސްރީ ނިރްމަލްދީބް ސިންގު ސިދޫ ވަނީ 2016 ވަނަ އަހަރު މެކްސިކޯ އިން ވެސް ހައްޔަރު ކޮށްފައެވެ. މެކްސިކޯ އިން އޭނާ ޑީޕޯޓް ކޮށްލީ 2016 ވަނަ އަހަރުގެ ފަހު ކޮޅުއެވެ. އެފަހަރު އޭނާ އިންޑިއާ އަށް ފޮނުވާލުމުން ބަންދުން ދޫކޮށްލާފައި ހުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރިގުއި

    އޭނަ ދޫކޮށްފަ އިންޑިޔާއިން ބެހެއްޓީ، ނަޝީދު ލުތުފީ ދޫކުރި އުސޫލުން އެއިރުގެ އިންޑިޔާ ހޯމް މިނިސްޓަރުގެ އޯޑަރަށް! އެކަމަކު، ބޮޑު ޑިމޮކްރަސީޔޯ!

  2. Anonymous

    އަނެއްކާ ޓެރަރިސްޓެއް ނުންދޯ؟ހިންދޫ އެއް ވީމާ ނުވާނެ ޓެރަރިސްޓަކަށް ނޫނީ ނިރުބަޓިސްޓަކަށް.މުސްލިމް ނަމެއް ނުވަތަ މުސްލިމެއް ނަމަހީ މި ހަބަރު ވ. ހޫނުވީސް.ކީއްކުރާނީ މީޑިއާގެ ޑަބަލް ސްޓޭންޑާޑް

    • ޕީޖޭ

      ރަނގަޅު ވާހަކައެއް

    • ގަމާރުމޯލްޑިވިއަން

      ވަރަށް ގިނަ މުސްލިމުން ބޮޑެތި ޓެރަރިޒަމް ގެ އަމަލު ތަށް ހިންގާ.މިއީ ދެބަސް ވުމެއްނެތް ހަގީގަތެއް.މިސާލަކަށް ރާއްޖެ

      1
      3