ދެކުނު އެފްރިކާގެ ލެކްސްޓަން ގްރޫޕް ރާޢްޖެ ގެނެސް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި ބައްދަލުކުރިކަން ހާމަވާ ކަމަށާއި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮޅުވާލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް އަހްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލެކްސްޓަން ގްރޫޕް އަކީ ކޮން ބައެއްކަން ހާމަކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއީ ކޮން ގްރޫޕެއްކަން އިނގޭ. ދުނިޔޭގެ އެންމެ ހުދުމުހުތާރު ވެރިޔެއް ގޮތަށް ފެންނަން އޮތީ މުގާބޭ. މުގާބޭގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރީ ލެކްސްޓަން ގްރޫޕް. އެހެންވީމަ މި ގްރޫޕް ރާޢްޖެ ގެނެސް ރައީސް ޔާމިންގެ ވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއްގައި ބައިވެރި ވާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ" ޝިފާޒް ވިދާޅުވިއެވެ.

ރިޔާސީ އިންތިހބުގެ ވޯޓު އޮޅުވާލަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބަށް ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން އިސްތިއުފާދޭންޖެހޭ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

"އެހެންވެ މިއަދުވެސް މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވާށޭ. މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ފުރުސަތު ދެއްވާށޭ." ޝިފާޒް ވިދާޅުވިއެވެ.

މީގެއިތުރުން ޝިފާޒް ވަނީ ފުލުހުންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިންތިހާބާ ބެހޭ ފޯމްތަކުގެ ފިންގަރ ޕްރިންޓްގެ ބެލުމުގެ ޕުރޮސެސް އަށް ފާޑު ވިދާޅުވަމުން ޝިފާޒް ވިދާޅުވީ "ބޮޑުކުރާ ބިއްލޫރި އަޅައިގެން އެއާ މިއާ މެޗްވޭތޯ ބަލައިގެން މިރާޢްޖޭގެ ރަތްޔިތުން ލާން އޮތް ވޯޓަކުން އެ ފުރުސަތެއް ނިގުޅައި ނުގަނެވޭނެ" ކަމަށެވެ.

އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ގެ ވޯޓް ގެ ނަތީޖާއިން ފާހަގަވެގެންދާނީ އިބްރާހިމް މުހަންމަދު ސޯލިހް ބޮޑުތަނުން ރައީސް ޔާމިން ބަލި ކުރާ މަންޒަރު ކަމަށާއި އަދި މި ރާޢްޖޭގެ ޑިމޮކްރަސީ އަލުން އިޔާ ވެގެންދާ މަންޒަރު ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޮފީ

    ކިޔޭނުކިޔޭއެއްނޭގެ.... ގަމާރުންތަކެއް

  2. ވބ ކމ

    ހުރިހާހަޑިއެއް ވެސް ހާވާފަ އޮތީ ތި ބަގައިންނެއް ނޫންތޯ.

  3. ޢަހަންމާ

    މި ޝިފާޒާ ހާދަ ބިރެކޭ މި ގަންނަނީ

  4. ބެއްޔާ

    އަލްފާޟިލް ޝިފާޒު ވިދާޅުވީމަ ވަރަށް ބިރުގަނެއްޖެ.. ހަމަ މިހާރުން މިހާރަށް ޖީ.އެމް.އާރުން ޓެކްނީޝަނުން މި ގެންނަނީ .. ލޮލް