އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ސިފަ ކުރުމުގައި އޭނާ އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ. އެއީ އިބޫ އަކީ މަޑުމައިތިރި، މަޝްވަރާ އަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށެވެ. އެއީ އެބޭފުޅުންނަށް އިބޫ ފެންނަ ގޮތެވެ. ހުރިހާ އެންމެން އެގޮތައް އެއްބަސްވުން ލާޒިމެއް ނޫނެވެ.

އިބޫ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައި ހުންނަވާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. 2011 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރަކީ އިބޫ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ސިވިލް ސާވަންޓުންގެ މުސާރަ ސަރުކާރުން އުނިކޮށް، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް ސިވިލް ސާވިސް ކޮމިޝަންގެ ބާރު ކަނޑުވާލިއިރު ވެސް އިބޫ ހުރީ އަތް ޖަހާށެވެ. އުނި ކުރި މުސާރަ އިޔާދަކުރަން ކޯޓުން ކުރި ޙުކުމަށް ވެސް ސަރުކާރުން ބޯނުލަނބާ ސަރުކާރުން ބޭނުންވި ގޮތައް މުސާރަ ދެމުން ދިޔަ އިރު އެކަން ވެސް އިބޫ އަށް އޯކޭ އެވެ. ސަރުކާރުގެ ނިންމުމާއި ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ދައުލަތުގެ މީޑިއާ ހިންގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ދަށުން އެކުލަވާލި ބޯޑާއި ދައުލަތުގެ މީޑިއާ ހަވާލު ނުކޮށް ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ދައުލަތުގެ މީޑިއާ ހަދައިގެން އުޅުނު އިރުވެސް އިބޫ އަށްވީ އެއީ ވަރަށް ސަޅި ކަމަކަށެވެ. ޤާނޫނުގެ މަގަށް ރުޖޫޢަވުމަށް ސަރުކާރަށް ލަފައެއް ނުދެއްވައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި ނަމަކާއި މެދު ރައީސް ނަޝީދު ހިތްޕުޅާއި ނުވެ، އެބޭފުޅާ އޭސީސީ އަށް އައްޔަން ނުކުރައްވާ އެތައް ދުވަހެއްވި އިރު ވެސް އިބޫ އަށް އެކަން ގޯހެއް ނުވިއެވެ. އެއީ މިނިވަން މުއައްސަސާތަކުގެ މަސައްކަތައް ހުރަސްއަޅާ ރައްޔިތުން މަޖިލީހުގެ ޤާނޫނީ ބާރުގެ ތެރެއަށް އަތް ބޭނުން ކަމަކަށް ވެސް އިބޫއަކަށް ނުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަމުރަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ރަހީނުކުރުމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓާއި ހައިކޯޓާއި ސްޕްރީމް ކޯޓުން އެތައް އަމުރެއް ނެރުނު އިރު ވެސް އެމްޑީޕީ ޕީޖީ ލީޑަރަކީ އިބޫ އެވެ. ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތީ މަޖިލިސް މެންބަރުންގެ ބޮލުގައި އެޅިފައެވެ. މަޖިލީހުގެ ކޮންމެ މެންބަރެއް އަދި ހާއްސަކޮށް އެމްޑީޕީގެ މެންބަރުންގެ ބޮލުގައި އޮތް ޒިންމާ ބޮޑެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު ޒިންމާއެއް އޮންނާނީ ޕީޖީ ލީޑަރުގެ ބޮލުގައެވެ. ނަމަވެސް ތިވިދާޅުވާ ޤާނޫނަށް ބޯލަނބާ، ޤާނޫނުގެ ޙުކުމަށް ތަބާވާ، މަޝްވަރާއަށް އިސްކަން ދެއްވާ އިބޫގެ ދައުރެއް ނުފެނުނެވެ. އިބޫ އެދުވަހު ހަނުހުރި ހަނުހުރުމުގެ މާނަ އަކީ އިބޫގެ ތާއީދު އެކަމަށް އޮތް ކަމެވެ.

ޤާނޫނު އަސާސީ ފުނޑާލި މީހުންގެ މައްޗަށް ޤާނޫނޫގެ ބާރު ކުރިހޯދައި، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނެވެ. ޖެހިގެން އައި ދުވަހު އެމްޑީޕީ ނިކުމެ ރާއްޖެއަށް މިފާއިތުވި ގަރުނުގައި ވެސް ބަޔަކު ދިން އެންމެ ބޮޑު ގެއްލުން ދިން އިރު ވެސް އިބޫ ހުންނެވީ އެމްޑީޕީ ޕީޖީ ލީޑަރަކަށެވެ.

ފުލުހުންގެ އިދާރާތަކާއި، ފުލުހުންގެ މުދަލާއި، ޝަރުޢީ ކޯޓުތަކާއި، ޝަރުއީ ދާއިރާގެ މުދަލާއި، އަމިއްލަ މީހުންގެ އެތައް މުދަލެއް އަންދާ އަޅިއަށް ހަދާލިއިރު ވެސް އިބޫގެ މޫނުމަތިން ފެނުނީ ހިނިތުވުމާއި ކާމިޔާބީގެ ހިތްހަމަޖެހުމެވެ. އެމްޑީޕީ އިން ކުރި ކުށަށް އަދި މިއަދާއި ހަމައަށް ވެސް މަޢާފަކަށް ނޭދެއެވެ.

ތިމަންގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނިންމައިދޭނެ ކަމަށް ވިދާޅުވިއިރު 2012 ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީ އިން ދިވެހި ގައުމަށް ދިން ގެއްލުމުގެ ބަދަލު ދިވެހި ރައްޔިތުނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައެއް ނުގެންނެވިއެވެ. އެހެންކަމަށް ވާއިރު އިބޫ އަކީ ހިތްހެޔޮކާއި، މީހުންގެ ޙައްޤު އަދާކުރުމުގެ މާތް ސިފަ ހުރި ބޭފުޅެއް ކަމަށް ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުމުން ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ހުޅުވަން 2012 ވަނަ އަހަރު ވަޑައިގެންނެވުމުން އެމަނިކުފާނު ރަހީނުކޮށް މަޖިލީހުގެ އިދާރާގައި 12 ގަޑިއިރު ވަންދެން ބޭންދެވި އިރު ވެސް އެމްޑީޕީގެ ޕީޖީގައި އިބޫ އިންނެވިއެވެ. މަޝްވަރާގެ އުސޫލާއި، ޤާނޫނަށް ބޯލެނބުމުގެ އުސޫލެއް އެމްޑީޕީ އަކުން ނުފެނުނެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ވެސް މަޖިލިސް ހުޅުވުމުގެ ޖަލްސާ އަށް އެމްޑީޕީ އިން ހުރަސް އަޅާ އަޑުގަދަ ކުރިއިރު ވެސް އިބޫ އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އިންނެވިއެވެ. ގަދަބާރާއި ގޮށްމުށުގެ ޤާނޫނު ހިންގުމަށް މަސައްކަތް ކުރުން ފިޔަވައި އިތުރު ކަމެއް އެމްޑީޕީ އިން ބޭނުން ނުވިއިރު އެކަމަށް ވާގިދޭން ހުރީ އިބޫ އެވެ.

ރައީސް ޔާމީންގެ ވެރިކަން ފެށި، ރައީސް ނަޝީދު ޤާނޫނީ ގޮޅިއަކަށް ފެތުމުން އެމްޑީޕީ މެންބަރުން ތާޅަފިއްޔާއި ދުންމާރި ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަދެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވި އިރު ވެސް އިބޫ ހުންނެވީ ޕީޖީ ލީޑަރަކަށެވެ. ޤާނޫނުގައި އޮތް ގޮތައް އިހްތިޖާޖް ކުރުމަށް އިބޫ ހިތްވަރެއް ނުދެއްވިއެވެ. އޭގެ ބަދަލުގައި އޭނާގެ މެންބަރުން މެދުވެރިކުރައްވާ ރައްޔިތުން މަޖިލީހުގެ މަސައްކަތް ހުއްޓުވީއެވެ.

މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާއި މަތިކުރުމަށް ފަހު މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވެ އެމްޑީޕީގެ 26 މެންބަރުން ކޮންމެ މަހަކު 82000 ރުފިޔާގެ މުސާރައެއް ނަންގަވަމުން އެގެންދަވަނީ ވެސް އިބޫގެ ލީޑާޝިޕްގައެވެ. އެއީ ވައްކަމަކަށް ނުވެއެވެ. އެއީ ރައްޔިތުންގެ ފައިސާ ނުޙައްޤުން ކެއުން ކަމަކަށް ވެސް ނުވެއެވެ.

މިހުރިހާ މަންޒަރަކަށް ބަލާ ވިސްނާ ފިކުރު ކުރުމުން ފެންނަނީ އިބޫގެ ހިމޭން ދުނިޔޭގައި ފޮރުވިފައި އޮތް ޤާނޫނު މުގުރުމާއި ގޮށްމުށުގެ ބާރުން ކަންތައްތައް ކުރުމަށް އޭނާ ދެއްވާ ހިތްވަރާއި އެމަގަށް ކަންތައްތައް ކުރުމަށް އިބޫ ކުރައްވާފައިވާ މަސައްކަތެވެ. ވަރުގަދަ ޑިޕްލޮމެޓެއްގެ ގޮތުގައި އިބޫ އިސްތިހާރު ކުރުމަށްވުރެ ރަނގަޅީ ފޮރުވިގެން ހުރެ އެތައް ޣައިރު ޤާނޫނީ އަމަލަކަށް ހިތްވަރު ދެއްވި ބޭފުޅެއްގެ ގޮތުގައި އިސްތިހާރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ދަބަރު ޓިނު

    ވިކި މީހެއްގެ އަބުރު އެކަނިތަ އޮންނަނީ؟؟؟؟ ވަގުތު ގޮވައިގެން ކޯޓަ އަބުރުގެ ދައުވާ ކުރަން ދިއުމަށް އިބޫއަށް ގޮވާލަން...

    • ވާލުސޮރު

      ކިނބޫ ގޮވައިގެން ދަރުކޮށަން ދޭބަލަ ހަޤީގަތާ ކުރިމަތިލާން ހާދަ ބިރުގަނޭ ދޯ

    • ނިކަންދޭބަލަ

      އެއްމެ ލިޔުމެފެނިފަ ހިތްފަޅައިގެން ދިޔައީދޯ. މިއޮންހުރިހާދުވަހު ހުއްޓުމެނެތި މަގުމަތީގައާ ޓީވީތަކުންނާ ނޫސްތަކުން ޖާގަހޯދައިގެން ރމައުމޫނުގެ އަބުރުކަތިލީ. އޭގެފަހުން ރވަހީދުގެ އަބުރުކަތިލި.. އޭގެފަހުން ރޔާމީނާ އެމަނިކުފާނުގެ އަނބިކަނބަލުންގެ އަބުރުއެއީ އޮތްއެއްޗެކަމަށްވެސް ގަބޫލުނުކޮށް އެކިއިލްޒާމު އަޅުވަމުންދާއިރު. އިބޫއާ ބެހޭގޮތުން މިލިޔުމުގަ ލިޔެފަމިހުރީ އާއްމު ހުރިހާ ރައްޔިތުންނަ އިގޭ އަދި ފެންނަނަ ކަންތައްތަ.. ކޯޓަށްދާން ކެރެންޏާދޭބަލަ.. އިބޫއާ ބެހޭގޮތުން މިލިޔުމުގަ މިހުރިކަންކަމަށް ހެކިބަސްދޭނެ ރައްޔިތުން..

      • ޟ

        ޢިބޫ އަށް މަޖިލިސް އެކަނި ކޮންޓްރޯލް ނުވިމީހަކަށް ގައުމެއް ކިހިނެއް ކޮންޓްރޯލް ކުރާނީ...؟!

      • ޟ

        ?????

  2. އަލީ

    ޕިސް ޕިސް، ނަވާޒަށް އަދި ނޭގޭ ކިތަންމެ ކަމެއް މިކަލޭގެ ކޮށްފަ ހުންނާނެ. ހިންނަވަރު މީހެއްކާރި އަހާލަބަލަ. މުޅި ހިންނަވަރުގެ ހަލާކަކީ މީނާ. ރަށް ފަޅުވެ ރަށުމީހުން ބަނޑަށްޖެހޭ އިރުވެސް މީނާގެ މަސައްކަތަކީ ބޮޑު މުސާރަ ކައިގެން ހުރުން.

  3. ބާރީ

    މިއީ ހަމަ ހަގީގަތް. ހައްގު ތެދު. ފަހުގެ ތާރީހެއްގައި އިންސާނަކު ހާމަ ކުރި އެނެމް ބޮޑު ހަގީގަތް. ފޮރުވިފަ އެއްޗެއް ކަޝްފުކޮށް އޭގެ އަސުލު މީސްތަކުންނަށް ދައްކުވައިދިން ލިއުމެއް.

  4. ދިއްގާ

    މަޑުމައިތިރި ކަމަށް ދައްކައިގެން ސާހިބުމީހާ އެންގި ގޮތަށް ހުރިހާ ކަމެއް ތަންފީޒު ކުރުމުގެ އާރުކާޓީ

  5. ހަހަހާަ

    ކަލޯ މި ލިޔުން ލިޔެގެން ކިހާވަރެއް ލިބުން؟؟؟

  6. މުހުންމަދު

    ޤަައުމުގެތެރޭގައި ހިންގާކަންކަމަށްފުންކޮށްވިސްނާބޭފުޅެއްކަމަށް ފާހަގަކުރެވޭ

  7. އަޙުމަދު ޙަމީދު

    މިއީ ފެންނަން އޮތް ޙައްޤު ތެދު

  8. ދިވެއްސެއް

    އަސްލު މީހަމަރަންގަޅު ވާހަކަތަކެއް.. އެހެންވީމަ އިބޫކަޑަ
    ޢަދިވެސް ހޮވަންވީ ހަމަޔަގީން.

  9. Anonymous

    އިބޫގެ ކިބައިން ފެނިގެންދިޔައީ ތިހުރިހާ ނިއައްގާނިކަމާއި ރައްޔިތުންގެ މަޖިލީހުގައިވެސް ތިމެންނަގެ ހައްގު އަދާނުކޮށް ހަމައެކަނި ސޮއިކޮށްލާފަ މުސާރަބޮނޑި ބަނޑަށްލީއެއްނޫނެވެ، ތިމެންނަގެ ދާއިރާގެ ތަރައްޤީއަށް ހުށަހެޅި ބަޖެޓަށްވެސް ވޯޓް ނުދީ ދާއިރާގެ ރައްޔިތުންނަށްވެސް ޢައްދާދުވެފައިވާ ބޭކަލެކެވެ، މިފަދަ ޚާއިނަކު ގައުމެއްގެ ރައީސުކަމަށް ގެނެންގެން ގައުމަށް ޜައްޔަތުންނަށް ކުރާނެ ފައިދާއެއް އޮންނާނެތަ؟؟؟؟

  10. އަލީ

    ރަގަޅު އާޓިކަލްއެއް... ނީޑް މޯ

  11. ޙަމޭ

    ތިހެން ބުނީމަ އަސްލު މި އެނގެނީ ތީ ކިހާވަރެއްގެ ނުބައި ރޯލެއް ކުޅެފަ ހުރި މީހެހްކަން. ސުބުހާނަﷲ ތީ ހާދަހާވާ ބޮޑު އަނިޔާ ވެރިއެކެ. ކޯޓްތަކާ ދައުލަތުގެމުދާތައް އަންދާ އެތައްބައެެއްގެ ހައްގުތައް ނިގުޅައިގަނެފަ ތިއޮތީ މީނަ ބޮޑައްހުރެ އެ. ޔާ ﷲ މި އިބުގެ ކިބައިން މިގައމު ސަލާމަތް ކޮއްދެއްވާންދޭވް.

  12. ހެޔޮނުވާނެ

    ހެޔޮނުވާނެއަބަދުވެސްރައީސްޔާމިންގެވާހަކަގެނެސްދިނުންއެދެން

  13. 19

    އިބޫގެ ކެންޑިޑެސީ ނަމްބަރު 2 އަކީ އެ ނަމްބަރުގައި އެއްވެސް ކަހަލަ ހިކުމަތެއް ލިބިފައިވާ ނަމްބަރަކަށް ނުވާތީ އިބޫއަށް މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ކުޑަ...

  14. ފަސް

    އަޅާ ކިއާ ނަމަ ރައީސް ޔާމީނު އިބޫއަށްވުރެ ހުރިހާގޮތަކުންވެސް ނުބައި އަދި މާ ނުރައްކާތެރި ، އެހެންވީމަ އަޅުގަނޑުމެން ހިފާނީ ކުޑަ ގެއްލުމުގައި ، ބޮޑުގެއްލުމަށް ބުނާނީ ނޫނެކޭ

    • Anonymous

      ވަރަށް ބޮޑު ތެދެއް

  15. މޯލްޑިވިޔަން

    މަހިތަށް އަރާ ޔާމީނާ ބެހޭ ގޮތުން ލިޔެފީޔާ ކިހިނެއް ބާ ވާނީ

  16. ކިޔުންތެރިޔާ

    ޕްރަމޯޓްކުރިއަސް ތީ ބޮޑުވަރު، އިބޫ ވެރިކަމައް ނިކުތީ އެއްވެސް އަމިއްލަ ވަންތަކަމެއްނެތި ގައިދީ ތަކެއްގެ އަޅަކަށް ވެގެންކަން ކެމްޕެއިން ޕޯސްޓަރުތަކުން ވަނީ އެނގިފަ އަހަރުން ކުރިން އިބޫއަށް މުޅި ފެމެލީގެ ވޯޓް ދޭން ހުރީ ބަޓް އެކަން ފާހަގަވި ހިސާބުން ދުރައްދާން ނިންމީ އަދިވެސް ތިބުނަނީ ވެރިކަމަށް އަރާދުވަހު ގައުމުގެ ހަޒާނާ ކަހާލި ޓެރަރިސްޓް އަދީބު އާއި އެފަދަ އަނެއް ދީންގަބޫލުނުކުރާ އަންނި ދޫކޮށްލާން ، މީ ދިވެހިރައްޔިތުން ކަލެއަށް މާފު ނުކުރާނެ ކަމެއް ބޭފުޅާ.

  17. ފާއިޒް

    ވަރަށް މޮޅު އާރޓިކަލް އެއް .. އިބޫ އަކީ ނުބައި ނުލަފާ ވަހަގަދަ ހަރުފައެއް... ރައްޔިތުން ވިސްނާ....

  18. ކަނބުރު

    މީވަރަށްބޮޑުތެދެއް އެވަރުގެ މީހަކަކަށް ވޯޓްދޭނީވެސް އެކަހަލަމީހެއް

  19. ޙަވ

    ވަރަށް އިންސާފްވެރި ލިއުމެއް ވ ނައިސް

  20. ޒީރޯ

    ނުމޮށޭ ގުރާ ބާރަށް ދާނާނެ.

  21. ބަޗީ

    އިބޫއަކަށް ނުކެރޭނެ ކޯޓަށް ދާކަށް. އިބޫ ފޭލްވާނެކަން ޔަޤީން. ހުރިހާ ދިވެހިން ކަންތަކެއް އެއީ.

  22. ބޭބެ

    މީގެ ނެތް އަބުރުގެ އެއްވެސް ވާހަކައެއް!! މިއީ ކަން ހިގާފައިވާގޮތް!!! ކޯޓަށް ދާންވީ!!! ކޯޓުން ކުރާ މިސުވާލުތަކަށް އިބޫ ޖެހޭނީ ތިއީތެދެކޭ ހަމަ ޙައްގު ތެދޭ ބުނެ ޖަވާބުދީފައި ނިކުމެގެން އަންނަން!! މީގަ މިބުނަނީ އިބޫ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ހުރެގެން ކަންތައްތަެއް ހިނގައިގެން ދިޔައިރު އެކަންތައްތަކާ އަޅާ ނުލާ އޯކޭ ވެގެން ހުރިވާހަކަ!!! މިއީ ހަގީގަތް!!!

  23. ހުސޭނުބެ

    ތިބުނި ދުވަހުވެސް އިބޫ މަޖިލިސް ތެރޭ ނުލަފާ ގޮތަކަށް ހީހީ އިނީ، އަޚްލާޤް ރަނގަޅު މީހެއްނަމަ މަޖިލިސް ޚަރާބު ކުރިއިރު ލީޑަރަކަށްވެހުރެ، އެކަން ނުކުރުމަށް ނަޞޭޙަތްތެރިވާނެ، ކުޑަމިނުން ގޮނޑިން ފޫވެސް ހިއްލާ ނުލާ ހަމައިނީ، މިއީ ކަލޭމެން ލޭބަލް ކުރާ މީހުންގެ ޙާލު. އެންމެން ލޯ ކުރިމަތިން ހިނގާ ދިޔަކަންކަން.

  24. އލއ

    ތިޔައީ ހަސަދައިގެ ރާޅެއް،

  25. އިބޫ

    ހަގީގަތް ވާނީ ހަގީގަތައް ހަޖަމްވިޔަސް ނުވިޔަސް

  26. ބޮޑާގޭ ހަސަން

    މިވަރުންވެސް ޔާމިނަށް ވުރެ އިބޫ ރަނގަޅު.

  27. ގައުމީލޭ

    މި އާޓިކަލް ހަގީގަތުގަވެސް ވަރަށް ފުރިހަމަ

  28. އަންނަނީހިނި

    މައުލޫމާތު އިތުރުކޮށްދިން ލިޔުމެއް

  29. ޢަޙުމަދު

    މިލިއުމުގައި ވާ ހުރިހާ މަޢުލޫމާތަކީ ހަމަ ޙަޤީޤަތް! މަދުވާ ބައިގެ ތެރޭގައި، ހުޅުލެއެއާރޕޯޓު ނުއަގުގައި ވިއްކާލި އިރުވެސް ހަމަ އެކަމާ ރައްޔިތުންނާ ޤައުމުގެ ޙައްޤުގައި އެއްޗެއް ނުބުނޭ؛ ލިބުނު އަދަދުން ދައުލަތަށް ނުލިބުނު 53 މިލިއަން ޑޮލަރަށް ވީގޮތް އިބޫ އަށް އެގޭނެ! ޢަދި ޔަހޫދީ އިސްރާއީލް އާއި ގުޅެން ކުރި މަސައްކަތާ ދެކޮޅު ނަހަދާ ނަމަވެސް ވާގިދިންކަންވެސް ފާހަގަވޭ؛ ނަޝީދުގެ ފަރާތުން ހިންގި ލާދީނީ އެއްވެސް ޢަމަލަކާ ދެކޮޅަށް އެއްވެސް ބަހެއް ނުބުނާތީ، އެކަމަށް ވާގިވެރިވާ މީހެއްކަމަށް ބެލެވޭ!

    • ފަހުމީ

      ވަރަށް ބޮޑު ތެދެއް. ޢަދިވެސް އިތުރު ބިތްތަކުން ފަންގި ނެގުން އެދެން.

  30. އިއްމަ

    ވަރަށް ބޮޑު ތެދެއް

  31. ނުރަބޯ

    ތެދުބަހުން ކަންތައްތަކެއް އޮޅުން ފިލުވައިދިނަސް އެއީ ތިމަތިމާ މެން ހިންގާފައިވާ ޖަރީމާ އަކަށްވާތީ އެކަން ގަބޫލުކުރުމުގެ ބަދަލުގައި ކޮންމެވެސް އެހެން ބަހަނާއެއް ނެރެގެން ޙަގީގަތް ފޮރުވޭތޯ މަސައްކަތް ކުރުމަކީ ރީނދޫމީހުންގެ އާދައެކެވެ.

  32. ގަނޭރު

    އިބޫއަކީ މާރިޔާ ބުނާހެން ޕަޕެޓެކެވެ. އެކަމަކު ރައްޔިތުންގެ ޕަޕެޓެއްނޫނެވެ. އެމްޑީޕީގެ ޕަޕެޓެކެވެ.

  33. ފަޓާސް

    ހެހެހެހެ އަގުބޮޑު ސެންޓް ޖަހައިގެން ތައްބައްދައިގެން އިންނަ މަރުމޯލެއް ދޯއެވެ.?

  34. ނުރަބޯ

    އިބޫއަށްވެރިކަން ލިބިއްޖެނަމަ.
    1- އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވާނެ.
    2- ބޭރުގެ ނުފޫޒު ފެތުރި ގައުމު އަޅުވެތިވާނެ.
    3- ގައުމުގެ ތަރައްގީ ހުއްޓި ގައުމު ދަރަނިވެރިވެ ފަގީރުކަން ޢާއްމު ވާނެ. 4- ގައުމުގައި ބުދުކޯލުތަކާ ފައްޅި ތައް އަޅާ، ޣައިރުދީން ތަކަށް ފުރުޞަތު ހުޅުވާލާނެ. މިއީ ކުދި ގެއްލުންތޯ......؟؟؟

  35. ތާރީޚު ދިވެހި ރާއްޖެ.

    އަމުރު ކުރަން އެދޭނަމަ ކިޔަމަން ވާން ދަސްކުރުމަށް އޮންނަ ހަމަޔަށް ބެލުމުން ފެންނަނީ "އިބޫ" އަދި ވެރިކަމަށް ކުފޫ ހަމަ ނުވާކަމަށް.!!!

  36. ޙަމްދު

    އަޅުގަނޑު އިބޫއަށް ތާއީދެއް ުކުރަން. އެކަމު މީގަ ހުރި ހުރިހާ ވާހަކަ ޤަބޫލުކުރަން ދަތި.

  37. އިބޫ

    އިބޫ އިބޫ ގާތުގައި އަހާލަން ބޭނުން ވަނީ ހަމަ އެންމެ ވާހަކައެއް؟ އިބޫ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުރެ، ނަގާ މުސާރަ ޙަލާލުވާނެތޯ؟ ނުވަތަ ނޫންތޯ؟މި ސުވާލުގެ ޖަވާބު 23 ސެޕްޓެމްބަރ ގެ ކުރިން ކޮންމެވެސް ޕްލެޓްފޯމެއްގައި ދޭނެ ކަމަށް އުއްމީދު ކުރަން. އިބޫ އަށް ވަރަށް ސަލާމް.....

  38. ކޮލެޖް

    އިބޫ އަކީ ބޮޑުވަގެއް ރައްޔިތުން ހަވާލުކުރި މަސައްކަތަށްހާޒިރުނުވެ ހާޒިރީގައި ސޮއިކުރުމަކީވެސްވައްކަން އެސޮޔަށް ބަލައިގެންނަގާމުސާރައަކީވެސް ވައްކަން ދެންއަދި ގައުމުހިންގަން މިވަގަށް ލިބިއްޖެއްޔާ ކިހާވައްކަމެއްކުރާނެ ގައުމުހަމަ ދަވާލާނެ.

  39. މާތްކަމޯ

    މިކޮމެންޓު ނުޖަހާނެ ވަގުތަކުން. އެއީ ތި ނޫހުގެ ފެންވަރު އެނގިދާނެތީ.
    ބަޔަކު ކުރި ކަންކަމާއި އެއްޗެއް ނުބުނާތީ ރ.މ މެންބަރަކަށް ވީތީ އިބޫ ޒިންމާ ނަގަން ޖެހޭއިރު ވައްކަމާއި ކޮރަޕްޝަނާއި ޤަތުލު އަދި ރަހީނު ކުރުމާއި އަނިޔާވެރިކަންކަމަށް ރައީސްގެ މަގާމުގައި ހުންނަ މީހާ ޒިންމާވާކަށް ނުޖެހޭ...ކުރީގެ އޮޑިޓަރ ޖެނެރަލް ކަންބޮޑުވެގެން އައިސް ގެ ރިޕޯޓު ދައްކާލީމާ އެ ރިޕޯޓު ނުނެރެން އެންގީ ރައީސް. އެކަމު އަދީބު ލާރި ކޭކަން ރައީސް ދެނެހުރި ކަމަށް ނޫނީ އެކަމުގައި ބައިވެރިވި ކަމަށް ދިވެހިން ޤަބޫލު ނުކުރަންވީތާ ދޯ؟

  40. އަސްތާ އަސްތާ

    މިކޮމެންޓު ނުޖަހާނެ ވަގުތަކުން. އެއީ ތި ނޫހުގެ ފެންވަރު އެނގިދާނެތީ.
    ބަޔަކު ކުރި ކަންކަމާއި އެއްޗެއް ނުބުނާތީ ރ.މ މެންބަރަކަށް ވީތީ އިބޫ ޒިންމާ ނަގަން ޖެހޭއިރު ވައްކަމާއި ކޮރަޕްޝަނާއި ޤަތުލު އަދި ރަހީނު ކުރުމާއި އަނިޔާވެރިކަންކަމަށް ރައީސްގެ މަގާމުގައި ހުންނަ މީހާ ޒިންމާވާކަށް ނުޖެހޭ...ކުރީގެ އޮޑިޓަރ ޖެނެރަލް ކަންބޮޑުވެގެން އައިސް ގެ ރިޕޯޓު ދައްކާލީމާ އެ ރިޕޯޓު ނުނެރެން އެންގީ ރައީސް. އެކަމު އަދީބު ލާރި ކޭކަން ރައީސް ދެނެހުރި ކަމަށް ނޫނީ އެކަމުގައި ބައިވެރިވި ކަމަށް ދިވެހިން ޤަބޫލު ނުކުރަންވީތާ ދޯ؟

  41. މާތް ކަމޯ

    މިކޮމެންޓު ނުޖަހާނެ ވަގުތަކުން. އެއީ ތި ނޫހުގެ ފެންވަރު އެނގިދާނެތީ.
    ބަޔަކު ކުރި ކަންކަމާއި އެއްޗެއް ނުބުނާތީ ރ.މ މެންބަރަކަށް ވީތީ އިބޫ ޒިންމާ ނަގަން ޖެހޭއިރު ވައްކަމާއި ކޮރަޕްޝަނާއި ޤަތުލު އަދި ރަހީނު ކުރުމާއި އަނިޔާވެރިކަންކަމަށް ރައީސްގެ މަގާމުގައި ހުންނަ މީހާ ޒިންމާވާކަށް ނުޖެހޭ...ކުރީގެ އޮޑިޓަރ ޖެނެރަލް ކަންބޮޑުވެގެން އައިސް ގެ ރިޕޯޓު ދައްކާލީމާ އެ ރިޕޯޓު ނުނެރެން އެންގީ ރައީސް. އެކަމު އަދީބު ލާރި ކޭކަން ރައީސް ދެނެހުރި ކަމަށް ނޫނީ އެކަމުގައި ބައިވެރިވި ކަމަށް ދިވެހިން ޤަބޫލު ނުކުރަންވީތާ ދޯ؟ މާތްކަމޯ....

  42. ސާކާސްޓިކްބްރޯ

    އެހެރީ އިބޫ ކުރާ ކަންތައް.. މެންބަރަކަށް ހުރެ ހަނު ހުރުމުން ކޮންމެ ބަޔަކު ކުރިޔަސް އެކުރި ހުރިހާ ކަމެއްގެ ޒިންމާ އިބޫވެސް ނަގަންޖެހޭނެ... ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ވައްކަންތަކާއި ފަސާދަ އާއި ޤަތުލުއާއްމު ހިންގުމާއި ކޮރަޕްޝަން ގިނަވުމުން ރައީސް ކުރާނީ ވަކި ކީއް؟ ބުނެވޭނީތާ އެހެން ނަހަދާށޭ...އެކަންކަމުގެ ޒިންމާ ރައީސް ނަގާކަށް ނުޖެހޭނެ... ކީކޭ؟؟؟

  43. ޢަމީ

    ކަލޯ ޔާމީނޭ ކިޔު މީހަކު ޤަވާޢިދާ ޚިލާފަށް ހައިކޯޓަށްވަދެ ސްޕްރީމް ކޯޓުން ޓިނުނަގާގެން އުއްތަމަ ފަޑިޔާރާ އަދިވެސް އިތުރު ފަޑިޔާރަކު ވަގަށް ނެގީމާ އޯކޭ ދޯ. ދަލުލަތަށް ލިބެންޖެހޭ އެތަށް ފައިސާއެއް އަމިއްލަ އެކައުޓަށް އެޅީމާވެސް އޯކޭ. ޢަމިއްލަ މީހާއަށް ގެއްލުންވެދާނެފަދަ އަމުރެއް ނެރުނީނާ އެތަންފީޒު ނުކޮށް ކޯޓުގެ ހުރުމަތް ކެޑީމާވެސް އޯކޭ. ޢެއްދުވަހު މަރުވިއްޔޭ ޔަގީނޭ ކިޔާފަ އަނެއްދުވަހު މަރެއް ނުވޭ ބުނިމައްސަލަ ތަހުޤީގު ނުކުރީމާވެސް އޯކޭ. ޔާމީނާ ފާތުމަ އަދީބާ އެކު ކުރި ވައްކަންތަކުގެ ވާހަކަވެސް ލިޔެލަބަލަ ހިއްވަރެއް ހުރިއްޔާ