ވިލާތު އިއްތިޙާދު (އީޔޫ) ގެ މަދަދާއެކު ވެރިކަމަށް އަންނަ ފަރާތްތަކަށް، އެމީހުން ބޭނުންވާ ކަންކަން ރާއްޖޭގައި ތަންފީޛު ކުރަން ބާރު އަޅާނެކަމަށާއި، އެކަންކަމުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގަން ފުރުޞަތު ދިނުންވެސް ހިމެނޭކަމަށް، ޝައިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް ޝަފީއު މިހެން ވިދާޅުވެފައިވަނީ، އޭނާ ކުރައްވާފައިވާ ފޭސްބުކު ޕޯސްޓެއްގައެވެ.

އެޕޯސްޓުގައި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ އީޔޫގެ ބެކިންގައި ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައިވިޔަސް، އެއީ ނުރައްކަލެއްކަމުގައެވެ. އަދި، އެފަރާތްތަކުގެ ބެކިންގައި ވެރިކަމަށް އަންނަ ފަރާތްތަކަށް، އެމީހުން ބޭނުންވާ ކަންކަން ކުރުމަށް ބާރު އަޅާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.

"އީޔޫގެ ބެކިން އާއެކު ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް، އެއީ ނުރައްކަލެއް. އެހެނީ، އެމީހުންގެ ބެކިން އާއެކު އަންނަ ބަޔަކަށް، އެމީހުން އިމްޕޯސް ކުރަން އަންގާ ވެލިއުސްތައް އިމްޕޯސް ކުރަން ޕްރެޝަރު ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން، އަދި އެފަދަ ބަޔަކަށް އެ ޕްރެޝަރަކަށް ކެތް ކުރެވޭނީ ކިހާ ވަރަކަށް ބާއޭ ސުވާލު އުފެދޭ" ޝައިޚް ޝަފީއު، ފޭސްބުކުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، އޭނާ ވިދާޅުވެފައިވަނީ އީޔޫ އިން ރާއްޖޭގައި ތަންފީޛު ކުރުމަށް ބާރު އަޅާނެ ކަންކަމުގެ ތެރޭގައި ހުރިހާ ޙައްޤުތަކެއް ދިނުން ހިމެނޭކަމަށެވެ. އޭގެތެރޭގައި، ދީނީ މިނިވަންކަމުގެ ޙައްޤުން ފެށިގެން ގޮސް، އެއް ޖިންސުން ގުޅުން ހިންގުންވެސް ހިމެނޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އެމީހުންގެ ވެލިއުސްގެ ތެރޭގައި، ހުރިހާ ރައިޓްސް އެއް ދިނުން ހިމެނޭ، ދީނީ މިނިވަންކަމުގެ ރައިޓްސް އިން ފެށިގެން އެއް ޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމަޢުން ބަލައިގަތުން ހިމެނޭ" ޝައިޚް ވިދާޅުވެފައިވެއެވެ.

ޝައިޚް ޝަފީއު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، އީޔޫ އިން އެކުލަވާލާފައިވާ ފްރޭމްވާކުގައިގައިވެސް، ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ނެތްކަމަށް ބުނެ، އެކަން މައްސަލައެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

ޝައިޚް ޝަފީއު، ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ފަރުޢީ ކުދި ކުދި ކަންކަމަށްވުރެ، އުޞޫލީ ބޮޑެތި ކަންކަމަށް އިސްކަން ދޭން ޖެހޭކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސޭނާ

    ވ.ބޮޑު ތެދެއް ،އެހެންވެގެން މިބުނަނީ އިބޫ އާއި ނަޟީދު މިކިޔަނީ އެއް ލަވައެއް.މިލަވަ ޖަހާކަށް ނުވާނެ.ހޯހޯ މަ ހޯހޯ އިބޫ

  2. މީކާކުބާ

    ކޮންތާކުން ކިޔަވާއިގެން އައި ރޯނު އެދުރެއްތައް މީކަޅޭގެ އަމިއްޅަޔައް ހަދާއިގެން އުޅޭދީނެއްތަ

  3. ބިޒީ

    ކޮންމެމީހަކު ވެރިކަމުގަ ހުއްޓަސް، ތިކަން ކުރާމީހުން ބަރާބަރައް ކުރޭ، ކޮސްނުގޮވާ،

  4. ރީނދޫ

    2018 ޔާމީން ޝަހީމް

  5. ތިމަންނަ

    ދޮންކަލޯ ! ގައިބު އެގޭކަމަށް ނުހެދޭށެވެ.

  6. އަލީ

    މައްސަލަ އަކީ ނަޝީދުމެން އެމީހުންގެ (އީޔޫ،އ.ދ) ދަށުވެގެން ވެރިކަމަށް އަންނަން އުޅޭތީ.

  7. Anonymous

    އީޔޫގެ އެހީގައި ބަޔަކު ވެރިކަމަށް އައިސްފިނަމަ، ހަމައެކަނި އެއްޖިންސުން ގުޅުން ހިންގާނީވެސްނޫން، އެއްޖިންސުން ކައިވެނި ކުރުމާއި އެބަޔަކު ބޭނުން ދީނަކަށް ވަންނަން ފުރުސަތު ހުޅުވުމާއި ގައުމުގެ ފައްޅި ތައްއަޅާ ރައްޔިތުން އެއިގެ ބޭނުންވެސް ހިފަންޖެހޭނެ

  8. ޔަޤީން

    އީޔޫގެ ބައެއް ޤައުމުތަކީ ދެބެއިންވެސް ޖިންސީ ގުޅުން ހިންގުން ހުއްދަ އަދި ކައިވެނި ނުކޮށް ކުދިން ހޯދުންވެސް ހުއްދަ ޤައުމުތައް. އަދި އާއިލީ ޖިންސީ ގުޅުމާއި އެއް ޖިންސުން ގުޅުން ހިންގުމަކީވެސް ލިބިދެވޭ ހައްޤެއްކަމަށް ބަލާ ޤައުމުތައް. ޑިމޮކްރަސިގެ ތޮފިއަޅައިގެއުޅޭ އީޔޫ ބައެއް ޤައުމުތަކުގަ މުސްލިމުން މުސްލިމުންގެގޮތުގަ އުޅެން ހުރަސްއަޅާ. ބުރުގާ އެޅުމާއި ބީޗަށް ދާއިރު ބުރުކަނީ އެޅުންވެސް މަނާކުރޭ. މުސްލިމުންނާ އެހެދީންތަކުގެ މީހުންގެ ތަފާތުކުރުންތައްވެސް ވަރަށް ބޮޑު. މާތްﷲ އީޔޫ އާއި އިންޑިޔާފަދަ މިޤައުމަށް ބާރުފޯރުވަން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާށި. އާމީން.

  9. އަލީ

    ކެްމްޕެއިންގަ ބުނެބަލަ، ތިމަންނަ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރާނަމޭ……………………..

  10. ޙާމް

    ޙަމަ ތެދުފުަޅެއް ގިއީ ހިނގާނެ ކަމެއް ނޫން. ހިނަގަމުން ދާ ކަމެއް މިހާރުވެސް. އެނގިހުރެ ކަށަވަރު ކަމާއެކު މިބުނަނީ. ރީދޫ ކުދިންނަށް ހަޖަމް ނުކުރެވުނަސް

  11. Haha

    މަޝްހޫރޭ؟ އަހަރެމެން ދަންނަ މީހެއް ނޫން.. ހހހަހހަހަހަ

  12. ނަސޭހަތް

    އެމީހުންނަށް ނުބުނެވޭ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނަމެކޭ ވެސް. ވެރިކަން ލިބުމުން ކޯލިޝަން ގެ ބާރު ކެނޑޭނެ. %99. މިހާ ތަނަށް ކަންތަށް ހިނގި ގޮޮތް

  13. ނާފިއު

    ޑރ އިޔާޒް ބުނަނީ އާކަމެއްނޫނޯ!

  14. ހައްޤުބަސް

    ކޮންމެ ބަޔަކު ވެރިކަމުގަ ތިއްބަސް އެމީހުން ބާރުއަޅާނެ.. މިސަރުކާރަށްވެސް ބާރުއެޅި ދަޅުމަހަށް ހާއްސަކަމެއް ދޭން އެދުނީމަ.. އީޔޫގެ އެހީގަ އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވޭނެ..ރައްޔިރުންގެ އެހީގަ އެކަން ކުރެވޭނީ..ތާކުން ތާކުން ނުޖެހޭ ކަނޑުކޮސް ވާހަކަ ދައްކާތީ ތިޔާ ސޭކުންގެ އަގުވެއްޓުނީ.. އަހުން ނިކަން ފޫހިވޭ ދެ ފަޅީގަ ތިޔާ ތިބި ސިޔާސީ ސޭކުންދެކެވެސް

  15. ސައިނީ

    ކެކެެކެކކެކެކެެކެކ ދެން ދޯ އެކަން ކުރާނެ އީޔޫ ބާރު ނޭޅިޔަސް ކުރަން ބޭނުންވާ މީހުން ގިނަ ކަމުން

  16. ރާބޮޑޭ

    ޝައިޚް ޝަފީއު އޯ މަޝްހޫރޭ ބުނީމަ މަހައިރާންވެއްޖެ ދުވަހަކު އަޑުވެސްނާހާ ޝައިޚެއްތިޔައީ ކޮންރަށެއްގެ ކާކުބާ ؟ ކިޔެވީ ކޮންތާކުންބާ ؟

  17. ހަސަދު

    އެކަންބާ ނުކުރެވިގެން މިއުޅެނީ!!!

  18. ޑީޑީ ޖޖޖޖ

    ގަމާރު މުއްލާއިން ކޮންމެ ފަދަ ކޮހެއް ވެސް ގޮވާފާނެ

  19. އެކުވެރިޔާ

    ވ.ބޮޑުތެދެއް ތިލަވަ އަބަދުވެސް ނަޝީދުކިޔަނީ އަހަރެމެން ބޭނުމެއްނޫން އެލަވަ އަޑުއަހާކަށް ރައްޔިތުންނޭ ހޭލާތިބޭތި

  20. ޢަލީ

    އަދާލަތުޕާޓީގެ ޢާއްމު ގިނަމެންބަރުން މިތުބީ ރައީސް ޔާމީން އަދި ޑޮކްޓަރ ޝަހީމާއެކު އިން ޝާ އަﷲ!

  21. ޖޮއްބެ

    އަޖައިބެއްނުވާނެތަ ތިޔަބުނާ އީޔޫ އިން ތަންފީޒުކުރަން އެ އެދޭ ކަން ކަމަކީ އިސްލާމް ދީނާ ޚިލާފު ކަންކަން ކަމާ އެކަންކަން އިސްލާމީ ގައުމެއްގައި ތަންފީޒު ނުކުރެވޭނެ ކަން އެނގޭއިރުވެސް ރީނދޫ ޕާޓީން ވެރިކަމަށް ކުރިމަތިލައިގެން އުޅޭ އަންނީގެ ޕަޕެޓް އެބުނަނީ އީޔޫ އިން އެދޭކަންތައް ތިމަންމެން ތަންފީޒު ކޮށްދޭނަމޭ. މިހާ ސާފުކޮށް އެކަލޭގެ އެހެންބުނާއިރުވެސް ދިވެހިންގެ ތެރެއިން ބަޔަކު އެމީހުންނަށް ވެރިކަން ހޯދައިދޭން ފޫގަޅައިގެން އެ އުޅެނީ އިސްލާމްދީނަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށްވާތީތާ.....!!!