އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބިވަޑައިގަންނަވާނީ ދެވަނަ ކަމަށް ވިލިމާފަނު ދާއިރާއެގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާސީ އިންތިހާބުގެ ގުރުނެގުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ޔާމިން އަށް ކެނޑިޑޭޓް ނަންބަރު 1 ލިބިވަޑައިގަތުމުން ހިންނަވަރު ރަތްޔިތުން އުފާކުރަނީ ކަމަށް ވިދާޅުވެ އަހްމަދު ނިހާން ވިދާޅުވީ އިބޫ އަށް އަމިއްލަ ރަށުން ވެސް މިފަހަރު ލިބޭނީ ދެވަނަ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނަ އިރު ކެންޕެއިން ފޯރި ގަދަވެފައި ވާ މި ދަނޑިވަޅުގައި ނިހާން މިގޮތަށް ވިދާޅުވެފައި މިވަނީ ދެވަނަފަހަރު ކަަން ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން "ރުމާލު 2" ޖަގަހާގަ ބޭއްވި ބައްދަލުވުމުގައިވެސް ނިހާން ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.

" އަތޮޅު ތެރޭގެ ރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް އިބޫ ވެވަޑައިގެން މިފަހަރު އަމިއްލަ ރަށުންވެސް މެޖޯރިޓީ ނުލިބޭނެ" ކަމަށެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ 18 މަސްދުވަހު ވެރިކަން ކުރެއްވުމުގެ ފުރުސަތު އިބޫއަށް ދެއްވުމަށްފަހު ބާކީ މުއްދަތު ފޭރިގަންނަން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

" ނަޝީދާއި ކެނެރީގޭ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބްރާހީމް މުހައްމަދު ސާލީހަށް ލޮޓިއެއް ދޭން ވެގެން. ނިކަން ބަނިޔާދަން ރަނގަޅު މަޑުމަޑުން ހުރެ ޅ.އަތޮޅު ހިންނަވަރު ބޭފުޅެއް އިބްރާހީމް މުހައްމަދު ސާލިހު ލައްވައި މިއުޅެނީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރައްވާފައި ބާކީބައި ފޭރިގަންނަން" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މި ފަސް އަހަރުގެ ވާހަކަ ވަރަށް ރީއްޗަށް އެބޭފުޅުން ވިދާޅުވެ ދެއްވަންޖެހޭނެ ކަމަށާއި އެމްޑީޕީން މިއަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވގ

    ވަގުތުކުޑަތަންވަނީދޯ

  2. Anonymous

    ނިހާނު ބުންޏަސް ރަނގަޅު ވާހަކައެއް، އިބޫ ކަލޭގެއަށް އެއްވެސް ވޯޓެއް ދޭންޖެހޭ ސަބަބެއްނެތް، މަޖިލިސް މެމްބަރުކަމަށް ރައްޔިތުން ހޮވާދީފައިވާ ދާއިރާއަށްވެސް ޢައްދާރުވެފައިވަނީ، މަޖިލިސްގައި ދާއިރާތަކުގެ ތަރައްގީއަށްނެރޭ އެއްވެސް ބަޖެޓަކަށް ވޯޓުނުދޭ، ހަމައެކަނި ސޮއިކޮށްލާފަ އެތަނުން އެންމެ ފެންވަރުރަނގަޅު ކާނާ ކައިބޮވެގެން ކޮންމެމަހަކު ބޮޑުމުސާރައާއި އެލަވަންސް ފައިސާފުނި ބަނޑަށްލަމުންދަނީ، މިވަރުގެ ޚާއިނަކަށް ގައުމުގެ ރައީސަކަށް އަރުވަން ވޯޓް ދޭންޖެހޭތަ ؟؟؟ ކަމާއިގުޅޭ ތަޢުލީމާއި ގާބިލުކަމެއްވެސް ހުރިމީހެއްނޫން

  3. ލަޙްފާ

    ތެދެއް ! މުޅި ރާއްޖެއިންވެސް ދެވަނަ އިން ޝާ އަﷲ!