މި މަހުގެ އެއްވަނަ ދުވަހު އަމަލު ކުރަން ފެށި ނަރުހުންގެ އާ އޮނިގަނޑާއެކު ނަރުހުންގެ މުސާރާ 15 ޕަސެންޓް ބޮޑުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނަރުހުންގެ ވަޒީފާހެ އައި އޮނިގަނޑަށް އަމަލު ކުރުމަށް ނިންމާފައިވާކަމަށާއި، މި އޮނިގަނޑުގެ ސަބަބުން ނަރުހުން މަތީތައުލީމް ހާސިލްކުުރުމަށް ޝައުގުވެރިވެ ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

"އަދި މި އޮނިގަނޑު ތަންފީޒުވުމާއި ގުޅިގެން އެވްރޭޖްކޮށް ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 ޕަސެންޓްގެ ކުރިއެރުމެއް ލިބިގެންދާނެއެވެ". ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ހެލްތް މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި، ސިއްހީ ދާއިރާގެ ހިދުމަތް ފުޅާވެގެންދާއިރު ނަރުހުންގެ ހިދުމަަތަކީ ކުރިއަރާ ދިއުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށެވެ.

މީގެ ކުރިން ކުރިން އަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ހިލާފަށް އަަލަށް އެކުލަވާލެވުނު އާ އޮނިގަނޑުގައި ހަތަރު ކަމެއް ވަނީ ފާހަގަކޮށް އެކަންކަމުގެ މައްޗަށް ރިއާޔަތްކުރެވޭނެކަމަށް ވަނީ ބުނެފައެވެ. އެކަންތައްތަކަކީ

1- މުވައްޒަފުގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް (ޕާރފޯމްންސް) ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭގޮތަށް

2- ނަރސިންގ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން ކުރިއަށްދިއުމަށް (ކެރިއަރ ޕާރތު) މަގުފަހިވާގޮތަށް

3- ނަރުހުންގެ ދާއިރާގެ ހާއްސަ (ސްޕެޝަލައިޒްޑް) ނަރުހުން ހިދުމަތުގެ ތެރެއަށް ތައާރަފްވެގެންދާގޮތަށް

4- އާއްމު އަދި ހާއްސަ (ޖެނެރަލް އަދި ސްޕެޝަލިޓީ) ދާއިރާތަކުން މަގާމުގެ ކުރިއެރުން ލިބޭނެ ގޮތަށް

ނަަރުހުންގެ އައި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކޮށްފައި ވަނީ ސިވިލް ސާރވިސް ކޮމިޝަން، އައިޖީއެމްއެޗް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި، ކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި އަދި ކަމާއި ގުޅުންހުރި އެހެނިގެން އިދާރާތަކާއި މަޝްވަރާކޮށް ލިބިފައިވާ ލަފައާއި އިރުޝާދަށް ރިއާޔަތްކޮށްގެންނެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވިގޮތުގައި، ނަރުހުންގެ އައު އޮނިގަނޑު ތަންފީޒުކުރަން ފެށުމާއެކު ނަރުހުންނަށް ބޭނުންވާ ހާއްސަ ތަމްރީން ޕްރޮގްރާމްތަކަށް މަގުފަހިކޮށް އިތުރު ފުރުސަތު ހުޅުވާލުމަށް ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. ސައޮދު

    އެންމެ %15. ތިވަރަކުން ވޯޓެއް ނުދޭނަން.

  2. ޓީޗަރ

    ނަރުހުންގެ މުސާރަވެސް ބޮޑުކުރަންވީ....އެކަކަމަކު ހުރިހާވެރިން ވާ ވައްދައިގެން ގެންގުޅޭ ޓީޗަރުންގެ ހާލަކީ ކޮބައިބާ....މި ޗުއްޓީ ހަފްތާތެރޭވެސް އެކސްޓްރާ ކްލާސްތައް ނަގަމުން ދަނީ...މޮކް ޕޭޕަރުތައް ހަދަމންދަނީ...ކުޑަމިނުން އިތުރުގަޑީގެ ލާރިކޮޅުވެސް ނުލިބޭ....

    • ނަރުސް

      ތިޔާބުނީ ހެޔޮކޮށް...އެެހެން މުއައްސަސާތަކުގަ އަނލިމިޓެޑް އޯޓީ...ޓީޗަރުން ހަމަ ނިކަމެތި ކަމުގަ...އަހަރެމެން ނަރުހުންނަށް އިތުރު ގޑީގެ ލާރިވެސް އެވެރިންގެ މުސާރަ އަށްވުރެ ބޮޑު...އަަރެންގެ ބައްޕައަކީވެސް ޓީޗަރެއް

    • ނަން

      އަސްލު ޓީޗަރުން ކުރާ ބުރަ މަސައްކަތް އެހެން މީހުންނަށް ނޭނގެނީ. ޢިހުސާސެއް ނުކުރެވޭ. ޢިހުސާސް ކުރެވެނީ ހަމަ އެކަނި ޓީޗަރުންނާ އެމީހުންގެ އާއިލާ މެމްބަރުންނަށް. ކީއްކުރާނީ. ބަންގާޅިންވެސް މިހާ ބުރަކޮށެއް ނޫޅޭނެ

  3. ޓީޗަރު

    އަަހަރެން އަދި އަަހަރެންގެ އެއްވެސް ޓީޗަރެއް އެއްވެސް މީހަކަށް ވޯޓު ނުދޭގޮތަށް...

  4. ނިޝް

    އެންމެންނަށް ބޮޑު ކުރިޔަސް ޓީޗަރުންގެ މުސާރަ ބޮޑެއް ނުކޮށްދޭނެ ހެޔޮ ސައްވީސް ގަޑިއިރު ސްކޫލުގަ އުޅެން ޖެހުނަސް

  5. ޕްރިންސިޕަލް

    ޕްރިންސިޕަލުން މުހިއްމެއްނޫން. އޮނިގަނޑެއް ހަދާނަމޭ ކިޔާފަ ޓީޗަރުންނަށް ވުރެ މުސާރަ ކުޑަ. ރަގަޅުތާ.

  6. Anonymous

    މުސާރަ ބޮޑުކުރުން އެއީ ރަނގަޅުކަމެއް. އެކަމަކު ދެރަވަނީ އަޅުގަނޑަކީވެސް ވަޒީފާގައި 29 އަހަރު ވެފައިވާ މީހަކަށްވެފައި މާދަމާވެސް ވަޒީފާ ދޫކޮށްފައި ދާން ޖެހޭނީ ހުސް އަތާ ކަމަށްވާތީ. ވަރަށް ވަރަށް ދެރަވޭ. އަޅުގަނޑުމެން ޤައުމު ބިނާކުރުމަށް ކޮށްދިން އެއްވެސް ކަމެއް އެއްވެސް ބަޔަކު ބަލައި ނުގަންނާތީ އެއްށްވުރެން ދެރަވޭ. ވަޒީފާއިން ވަކިވާން ބޭނުން ވެފައިވެސް މިހާދުވަސްކޮށްފައި ހުސްއަތާ ދާންޖެހުނީމާ ވަރަށް ދެރަ. މިއަޑު އަހާލާނެ މީހަކު އެބހުރިބާ!!!!!!!

  7. ޓީޗަރ

    24 ގަޑިއިރު ކުދިންނާ ދޭތެރޭ ފިކުރުކޮށް ބޯގާނަން މިތިބޭ ޓީޗަރުންގެ މުސާރަ ބޮޑުކޮށްލަދީ އާދޭސްކޮށްފަ މިދަންނަވަނީ ރައީސަށް މިޓީޗަރުންގެ އިވިވަޑައި ގަންނަވާނެ ކަމަށް އުއްމީދުކުރަން

  8. ވަގުތު

    މުސާރަ 15% ބޮޑުކޮށްފައި ހުރިހާ އެލަވެންސެއް ކަނޑާލީ. މި މުސާރަ ބޮޑުވީބާ ކުޑަވީބާ؟ ދެފުއްޖެހޭ ހަބަރު ލިޔެލަންވީނުންދޯ

    • ހިހި

      އައި ނިއު އިޓް

  9. ހަަަހަހަހަހަ

    މަރުހަބާ ނަރުހުންނަށް....އެޑިޔުކޭޝަން މިނިސްޓަރަށް ވެސް ގޮވާލަން އޮނިގަނޑެއް ހައްދަވާފަ ޓީޗަރުންނަށްވެސް އެހެނިހެން މުއައްސަސާ ތަކަށް ދެއްވާހެން ހައްޤުތައް ދެއްވުމަށް...އެކަމަކު އަޑުއިވި ވަޑައެއް ނުގަންނަވާނެ..

  10. ބުރުގާ

    ތިޔެއް އެނގޭނީ މުސާރަ ލިބުނީމަ!

  11. ނައިފަރުން

    5 ބުރީގެ ހޮސްޕިޓަލެއް އެކަމަކު ހުރިހާ މާބަނޑުމީހުން ވިހަން މިޖެހެނީ މާލެއަށްދާން އަޅޭފަހެ މީހަކު އަޖައިބެއްނުވާނެތަ ޑޮކްޓަރެއްނެތޯ

  12. ޙުށީ

    މުސާރަ ބޮޑުވުމޭ ކިޔާތަ 1000 ރުފިޔާ ވަރު ބޮޑުވިޔަސް، ބޭނުމަކީ އަޑެއް އަރުވާލުން ، ނޯ ވޯޓް

    • ޙުށީއަށް

      1000ރުފިޔާ ބޮޑުކޮށްފިއްޔާ ކީއްވެތަ މުސާރަ ބޮޑުނުކުރެޔޭ ކިޔަންވީ؟ ބޮޑުކުރިވަރު ކުޑަޔޭކީދާނެ..

  13. އަލީ

    ކޮބާ ޓީޗަރުން އެއްވެސް ޓީޗަރަކު ވޯޓް ނުދޭތި

    • ޔަގީން.....

      ޓީޗަރުންގެ މުސާރަ އެކަށިގެންވާ މިންވަރަކަށް ބޮޑުކުރުން....ނުވަތަ މަސައްކަތް ކުރާމިންވަރަކަށް އެހްނިހެން މުއައްސަސާތަކަށް ދޭގޮތަށް އަްލިމިޓެޑް އޯޓީ......މި ދެކަމުން ކޮންމެވެސް އެއްކަމެއް ކޮސްދނުމުން މެނުވީ އެއްވެސް ޓީޗަރެއް ވޯޓު ދޭނެ ކަމެއް ނެތް.....

  14. ވޯޓް

    ޓީޗަރަކު ވޯޓް ނުދޭތި ދަރިވަރުންގެ ގާތު ބުނޭ ވޯޓް ނުދޭށޭ ތިމީހުންގެ ބާރު މިފަހަރު ދައްކާލާ

    • އޯކޭ

      މިހާރުން މިހާރަށް މަސައްކަތް މި ފެށީ.....

  15. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

    • ޙަސަން

      ޙަޖަމް ޕްލީސް

  16. ާހެލްތް ވޯކަރ

    12 ނަރުހުން ތިއްބަސް 2 ނައިޓް ހޭލާހުންނަންޖެހޭ އިރަށް ސަކުވާތައް އޮއްސާލާނެ. .. އެންމެފަހުން ހުންނަންޖެހޭނީ އެ ކޮމިއުނިޓީ ހެލްތް ވޯކަރ .... މުސާރަ ލިބޭދުވަހު ބޮޑު މުސާރަ ނަރުހުންނަށް ... ހެލްތް ވޯކަރުންނަށް ލިބޭ އެއްޗަކާ ދޭތެރޭ ވިސްނާލަބަލަ....

  17. Anonymous

    ނަރުހުން އެކަނިތަ ސިއްހީދާއިރާގަ މަސައްކަތް ކުރަނީì

  18. Anonymous

    ޢިންސާފެއް ނޫ ތިގޮތެއް!

  19. ބަލިމީހާ

    ދެފަހަރު އެއްބަލިމީހަކު އައިސްފިނަމަ ތިބޭނީ ތުންފިއްތާފައި

    • ދޯ

      އެކަމަކު މުޖުތަމަޢުއިން މުޖުތަމަޢުގަ ނެތް އެއްޗެއް ނެރެވިދާނެތަ؟ ކުރީގެ ނަރުހުންނާ މިހާރުގެ ނަރުހުންގެ ތަފާތަކީ އިޖުތިމާޢީ ފޭރާމަށް އައިސްފައިވާ ބަދަލު. ފެށޭނީ ދަރިން ތަރުބިއްޔަތު ކުރުމާއި އޯގާތެރިކަން ދަރިންނަށް ދަސްކޮށްދެވިގެން. ޤައުމު ސިޔާސީ ވެގެން ދިޔަދިޔުމުގައި އަޚްލާޤާއި އޯގާތެރިކަން މިވަނީ ގެއްލިފަ.

  20. ޏަރުު

    ބައެއްފަހަރު ހީވާނީ ހުއްދަނެތްކަންތައްހެން ހުރިހާވެސްހުރީ... އަނެއްބައިފަހަރު ހުރިހާކަމެއްވެސް ހުއްދަ ވޭ .... ?

  21. އިއިމިނަތު އަރޫޝާ

    ނަރުހުންގެ މުސާރަ ބޮޑެއް ނުވޭ. ޚަބަރުގެ ލިޔެފައިވާ މައުލޫމާތު ރަނގަޅެއް ނޫން.

    ނަރުހުންގެ އޮނިގަނޑަށް ބަދަލެކޭ ކިޔާފައި މީގެ ކުރިން ސީނިއަރ މަގާމުތަކުގަ ތިބި ނަރުހުން މަގާމު ދަށްކޮށްފަ މުސާރަ ކުޑަ ކުރީ. މިސާލަކަށް ނަރސިންގ އިން ޑިގްރީ އެއް ނަގާފަ 15 އަހަރު މަސައްކަތް ކޮށް ސީނިއަރ ރަސްޓަޑް ނާސް އެއްގެ ގޮތުގައި ވަޒީފާ އަދާކުރާތާ 5 އަހަރު ވެފައި ތިބި ނަރުހުންނާއި އަލަށް ނަރސިން ކިޔަވައިގެން ވަންނަ ނަރުސް މީހާއާއި އެއް ހަމަޔަކަށް ބަދަލު ކުރީ.

    އެކްސްޕީރިއަންސް ނުގުނާ ވާހަކަ ބުނީ. ނަރުހުންގެ ތެރޭގައި 20 އަހަރު ވެފައި ތިބި ނަރުހުން ޑީމޯޓް ކުރީ. އެއްވެސް އެންގުމަކާއި ނުލައި މިކަން ކުރީ. ނަރުހުންނަށް އެނގުނު އެޓެންޑެންސް ސިސްޓަމްސް އިން މީހާގެ ވަޒީފާ ބަދަލުވެފައި ވަނިކޮށް. އެ އަޑު ފެތުރިގެން ނަރުހުން ހިތްހަމަ ނުޖެހުނީމަ ސަރވަރ އެރރާ އެކޯ ބުނީ. މިކަން ހިނގީ އިއްޔެގަ. އީދު ބަންދާއި ދިމާކޮށް. މިމަހު އެކެއްގަ އެއް ނޫން.

    ނަރުހުން ހިތްހަމަ ނުޖެހިގެން ދާނެ ތަނެއް ނެތް. 10 ދުވަސް ސަރުކާރު ބަންދު!

  22. ޙާލަތު

    ނަރުުން ކުދިން ބުރަކޮށް ކުރަންޖެހޭކަމަކީ ކޮބާ؟؟؟ ބައެއް ރަށްރަށުގަ އަހަރަކު 1 ޢެޑްމިސަން .... ބޯހަލާކު

  23. ނަރުސް

    ނަރުހުން ދެކެ މީހުން އެހާ ރުޅި އަންނަނީ ކީއްވެބާ؟؟ ނަރުހުންނަކީ މުސާރަވެސް ޙައްގު ނުވާވަރުގެ ބަޔަކީތަ؟؟

    • Anonymous

      އެއްބަޔަކު ޖޭ ވަނީ. އަނެއް ބަޔަކު އެބުނަނީ ނަރުުހުންގެ ފަރާތުން ފެންނަންޖެހޭ އޯގާތެރިކަން ނުފެންނަ ވާހަކަ. ދެން ތިބީ ޓީޗަރުން... ބޮޑަށް ބެލެވެނީ ރަށްރަށުގަ އުޅޭ ނަރުހުންގެ މަސައްކަތް ލުއިވެފަ ޓީޗަރުންގެ ލޯޑު ބޮޑުވީމާ އުފެދޭ ޝުޢޫރުތަކެއްހެން.

  24. ބާބު

    ކޮބާއިތޯ މިސްކިއްތަކުގެ އިމާމުންގެ މުސާރަ އެންމެ ޒިންމާދާރު ވަޒީފާއަކީ މިއެއްނޫންތޯ؟؟؟

  25. ޕޮލިސް

    އޯކޭ ޓީޗަރުންނަކީ ނޫސްކިޔާބައެއްކަން އެގިއްޖެ ކޮމެންޓްތައް ކިޔަަލީމަ..... ވީއާރ ޕޮލިސް ނޯ އީދު، ނޯ ހުކުރު، ހައްޖު، ވީކެންޑް،...... މިދުވަސްވަރު ކުޑަމިނުން ޗުއްޓީ ވެސް ކަނޑާލާފަ އޮތީ އަދި ކުރިޔައް އޮތީ ދުވަސްތައް.. އެކަމުވެސް ޝަކުވާއެއްވެސް ނެއް، މުސާރައެއްވެސް ބޮޑެއްނޫން އެކަމާވެސް ޝަކުވާއެއް ނުކުރާނަން.... އިތުރު ގަޑިއެއްވެސް ނުލިބޭ އެނގޭ އިތުރުގަޑީގަ ކުރާމަސައްކަތައް ފުލުހުންނަސް ފައިސާ ދެންވެއްޖެޔާ އެއްވެސް ސަރުކާރަކައް އެކަން ނުވެސް ވާނެކަން.... އަހަރެމެން ކޮއްދޭ އެއްވެސް ކަމަކައް އުޖޫރައެއްވެސް ނުނަގާނަން އަދި ކަމެއް ކޮއްދިން ކަމަން ނުހެދިޔަސް ވެސް ޝަކުވާއެއް ހިތްބުރަކަމެއްވެސް ނޯއްނާނެ ކުރުކޮއް އެގޭ ނުރޯދަރިޔަކައް ކިރެއް ނުކިބޭނެކަންވެސް އެކަމް ރޮއެގަންނާނީ ވަރައް ވަރުވެގެން އެވަރު ނުވާނެ ގޮތަކައް ކިރުދެމުން ގެންދާތި ހުރިހާ މުއައްސަސާތަކައް ވެސް، ޓީޗާރސް، ވެސް ހިމަނައިގެން...

    • ކްރިމިނަލް

      ކޮން ޝަކުވާއެއް ކުރާކަށް؟ ކިރު ނުލިބެޔޭ ޗުއްޓީ ނެތޭ ކިޔާއިރު ތިޔަ ބޭކަލުންނަށް ވުރެ ހުރިހާ ސަރުކާރަކުންވެސް ދިން ބައެއް ނެތް... މިހާރުވެސް 10 ފްލެޓް އަޅައިފިއްޔާ 5 ފްލެޓެ ސޯ މެންނަށް...ދެން ވަޒީފައަށް ނުކުމެފަ ކޮންމެވެސް ނޫސްވެރިއެއް ގެންގޮސް ތަންޑާ ކޮށްލާފަ ހިލޭ އަންހެނެއް ގޮވައިގެން ތަނަކަށް ވަދެ އޮތަސް މުސާރަ ލިބޭ...ސުވާލު ކުރާނެ ބައެއް ނުހުރޭ...މާމަތީ ބައެއް ކަމަށް އަމިއްލައަށް ދައުވާ ކުރާއިރު ސޯ މެން ވެސް ގޮތްހުސްވާނެ ދުވަހެއް އައިސްދާނެކަމަށް ޤަބޫލެއް ނުކުރަމުދޯ؟ އަދި އެބަ ބިރުދައްކައެއް ނޫން އަހަރެމެން ވަރުނާރުވައްޗޭ....

  26. ްއަނގަ

    ކޮބާތަ ޓީޗަރުންގެ މުސާރަ ބޮޑުކުރާކަށް ނުވޭތަ އެމީހުން އެއީ މީހުން ބިނާކުރާ ބަޔަކީ

  27. ހަވީ

    އަބަދު ބޮޑުކުރަން ޖެހެނީ ޓީޗަރުންގެ މުސާރަދޯ! ތީތަ ހަމައެކަނި މަސައްކަތް ކުރާ ބަޔަކީ! މުސާރަ އެހެންބަޔަކަށް ބޮޑުކުރާ އިރަށް ގޮވަން ފަށާނެ ބޮޑު ކުރޭ ބޮޑުކުރޭ ހީވަނީ މިމީހުން އެކަނިހެން ބުރަކޮށް މަސައްކަތް ކުރަނީ ވަރަށް ދެރަކަމެއްމީ އެހެން މީހުންނާ ދޭތެރޭވެސް ވިސްނާލަބަލަ

  28. ޕްރިންސިޕަލް

    ސްކޫލުތަކުގައި އެންމެ ޒިންމާދާރު މަޤާމަށް ޓީޗަރު މީހާޔަށް ވުރެވެސް މުސާރަ ކުޑަ. އަމުދުން އެއީ އޮނިގަނޑެއްވެސް ނުހައްދަވާ މަޤާމެއް. ޕްރިންސިޕަލުންނަކީ ހުރިހާ ސަރުކާރަކުންވެސް އިހުމާލުވެފައިވާބައެއް. ވަރަށްދެރަ.

    • ޕްރިންސިޕަލްްްލްލްލް

      ކޮބާ ކުޑަވެފަ. ގައިމުވެސް 18000 ލިބޭ. ފިކްސްޑް އޯޓީ ލިބޭ.. ޢެވަރަކަށް އޯޓީ ލިބޭ އެއްވެސް މުވަައްޒަފަކު ސްކޫލެއްގަ ނޫޅޭނެ.. ގިނަ ޕްރިންސިޕަލުންނަކީ ހުރިހާ ކަމެއް ދަށުން ތިބޭ މީހުން ކުރީމަ ވަދެ ސޮއިކޮށްލާ މީހުން.ކޮބާ ހޭ އިދާރީ މުވައްޒަފުންގެ ހައްގު.ކިޔެވިޔަސް 30 އަހަރު ވަޒީފާގަ ހުއްޓަސް ލިބޭ އެއްޗެއް ހަރާމް. މާސްޓާސް ހެދިއަސް އެއްކަލަ 7000 ރުފިޔާ ހިފައިގެން ގެޔަށްދާންޖެހެނީ

  29. ޟައިމުއްދޭ

    މިބަދަލާއެކުވެސް ﷲ އިރާދަކުރެއްވީއްޔާ ނަމްބަރު 1 ދާނީ ފުލުން

  30. ޔެލޯ

    ބައެއް ތަންތަނުގެ ނަރުހުންނަކީ ހިރުނދަ ގަސްދޮށުން ޑިއުޓީ ނިންމާލާބައެއް

    • Anonymous

      ރަނގަޅުވީސް ޕޭޝަންޓު ނަމްބަރުން ގިންތިކޮށްފައި ބޮޑުކުރިނަމަ. ތިޔަބުނާހެން ގިނަ ރަށްތަކުގައި މާލެއާ ނުވަތަ ރީޖަނަލް ހޮސްޕިޓަލުތަކާއި ވަރަށް ތަފާތު.

  31. ޙަސަން

    ނަރުހުންނަށް މުސާރަ ބޮޑުކޮށްދިންގޮތަށް ޓީޗަރުންގެވެސް އެލެވެންސްތައް ކަނޑާލާފައި މުސާރަ ބޮޑުކޮށްދީ.. އެއްޗެއް ވިސްނޭނެ އޭރުން.

  32. މީޙާ

    ނަރުހުންނަގާ ޒިންމާ ޓީޗަރުންނަކަށް ނުނެގޭނެ

    • ޓީޗާރ

      ބަލަ ނަރުސްކަން ކިޔަވައިދިނީ ޓީޗާރއެއް ނޫންތަ؟ ރެސްޕެކްޓް ކޮބާ؟

  33. ނަން

    ޢޭ މީހާ ޓީޗަރުންހެން ނަރުހުން ގެއަށް ވަންނަ ފަހުން ޖެހޭތަ އެ މަސައްކަތް ކުރަން. ޓީޗަރުން ގެއަށް އަޔަސް އެ މަސައްކަތް ކުރަނީ. ތަންދޮރު އެނގިގެނ ވާހަކ ދައްކާ

  34. ނަރުސް

    މުސާރަ ބޮޑުކުރީ އޭ ކިޔާއިރު ނަރުލުންގެ

    އަތުން ކަނޑާލި އެލަވެންސް ތަކާއި ގިނަ

    އަހަރުވަޒީފާ ގައި އުޅުނު ނަރުހުން ޑީމޯޓް ކުރި

    ވާހަކަ ދައްކާނެ ބަޔަކުނެތް. ހަގީގަތް ނުބަލާތިބެ

    ނަރުހުންގެ މުސާރަ ބޮޑުކުރީއޭ ކިޔަނީ.

  35. ޢަލީ

    އަނެއްބައި ފަހަރު ޖޯލިފަތީގަވެސް....

  36. ނަރުސް

    ޓީިޗަރުން ޖޭެ ވަނީި..ބަލަ ނަރުސްކަން ކިޔެވި ނަމަ..ފުރަތަމަ ތިމާަ ކިޔަވައިދޭ ކުދިން ފާަސްކޮށްބަލަ

  37. ބްލޮކްމޯޑަށް ޑިގްރީި މާަސްޓާރސް ހަދައިގެންކޮންފެންވަރެއް ހުންނާަނީ ...އޯލެވެލް ގަ ޔޫ ސެޓް.7ނިންމާފަ ..ޓީޗަރުން ދޯ

    ..ބްލޮކްމޯޑަށް ޑިގްރީި މާަސްޓާރސް ހަދައިގެންކޮންފެންވަރެއް ހުންނާަނީ ...އޯލެވެލް ގަ ޔޫ ސެޓް.7ނިންމާފަ ..ޓީޗަރުން ދޯ މީ..

  38. ނަރުސް

    އަނގަނުތަޅާަ ގޮސް ގޭގަ ތިބޭ..ބަޔަކަށް އެއްޗެއް ލިބޭތީ ހަސަދަވެރި ނުވެ...

  39. ރަށު ނަރުސް

    ދެރަކަމެއްނު..ނަރުހުން ގިންތިކޮށްފަ މުސާރަ ދޭން ކިޔަނީ ރާއްޖެ ތެރޭގަ ނަރުހުން މަސައްކަތް ނުކުރަނީތަ..މީހުން ކުރާ މަސައްކަތް އިނގޭނީ ކޮންމެ މީހަކާވެސް ކުރަންޖެހުނީމަ..ނަރުހުން މުސާރަ ބޮޑު ކުރާއިރު ޓީޗަރުންނަށް ކޮންބާރެއްތަ މިކުރަނީ..ބަލަ ދާއިރާއަށް ވަންނައިރު ނޭގެނީތަ އެހާބުަރަ ވާނެކަމެއް.ވާ ގޮތަކީ ޝަރުތު ކުޑަކޮށް ޓީޗިންދާއިރާއިން ކުރިޔަށް ދެވޭތީ އަދި އަވަހަށް ޑިގުރީ ހެދޭތީ ކިޔަވަނީ.ވަޒީފާ އަށް ވަނީމަ އެގެނީ ބުރަކަން..އެކަމާ ނަރުހުން ކީއްކުރާނީ..ރާއްޖެ ތެރޭ ސްކޫލް ތަކުގަ ޓީޗަުންނަށް މުސާރަ ދޭންވީނު ދަރިވަރުންގެ އޯލެވެލް ނަތީއްޖާއަށް ބަލާފަ...

  40. ފައިސަލް

    ކޮންމެ މުއައްސަސާއަކުން ވެސް މަސައްކަތްކުރަނީ ހަމަ ބުރަކޮށް ނަރުހުންވެސް ބުރަކޮށް ޓީޗަރުންވެސް ބުރަކޮށް ތަފާތަކީ މަސައްކަތްކުރަން ޖެހޭ ދާއިރާގެ ތަފާތުކަން، ޑީޕީއާރުއެސް: ޖަލުގައިތިބޭ މީހުން ބެލެހެއްޓުން (ހުރިހާވައްތަރެއްގެ ކުއްވެރިން ހިމެނޭގޮތަށް)
    ކަސްޓަމް: ރާއްޖެއެތެރެވާ އެއްޗިހި ފުރޭނުން
    އިމިގްރޭޝަން: ބޮއްސުންލާފަ އޮތަސް ކޮންމެސް ކަމެއް ކުރާނެ މިބައިމީހުންވެސް..
    ނަރުހުން: ގޭދޮށުމީހާޔާ ޒުވާބުކޮށްފައި އައިސް ޕޭޝަންޓްއަށް އެކަން ބާލާފަނަމަވެސް ކުރަން ޖެހޭކަމެއް ކުރާނެ
    ޓީޗަރުން: ފެންވަރުނެތަސް ކިޔަވަދެވޭތޯބަލާނެ އެކިކުދިންގެ މެދުގައި ތަފާތުކުރުންތަށް ބަހައްޓައިގެން ނަމަވެސް، ހަމަ ވަރަށް ބުރަކޮށް އުޅޭނީވެސް
    ޕޭކޮމިޝަން: ވަރަށް ބުރަކޮށް ރެޔާދުވާލު އަވަދިނެދި ހިންދެމިނުލައި މަސައްކަތްކުރާ ހަމައެކަނި މީހުން އުޅޭނީ މިތާގަ، ހަމަ ބޮޑުމުސާރަވެސް ހިނގާނެ ނަމަވެސް އުފެދުނުފަހުން މިހާތަނަށް ޕޭކޮމިޝަން ކުރިކަމަކުން ވީކަމެއް ހަރާން.... އުފެދުނުފަހުން ވީދުވަހެއްހެއްވެސް ނޭގެ، މިމީހުންގެ މަސައްކަތަކީ ސަރުކާގެ އެކިމުއައްސަސާ ތަކުގެ މެދުގައިހުރި މުސާރައިގެ ފަރަގުނައްތާލައި ކުރާމަސައްކަތާ އެކަށިގެންވާ މުސާރަތަށް ކަނޑައެޅުން އެކަން ކުރަން އެމީހުން މުސާރަނަގައިން ތިބެނީ.... ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްޗިހީގެ އަގާއި ހިދުމައތް ތަކަށްބަލާއިރު ސަރުކާރުގައި މަސައްކަތްކުރާ އެގްޒެކްޓިވް ލެވެލްއިން ދަށުގެ މީހުނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭވަރުގެ މުސާރައެއް ނުލިބޭކަން. -/7000 އަކުން ނުވާނެ، -/10000 އަކުން ވެސް ނުވޭ، -/15000 އަތޮޅުތެރޭގައިނަމަ މިވަރުން ނުދަރާ އުޅެވިދާނެ، -/20000 އަތޮޅުތެރޭގައި އަބުރުވެރިކޮށް އުޅެވޭނެ އެންމެ ކުޑަވަރު، -/25000 މާލޭގައި ނުދަރާ މީހަކާ އިނދެގެން ކުލިދޭން ނުޖެހޭ ގޮތަށް ނަމަ އުޅެވިދާނެ.....

  41. އެނގޭތަ

    ދުވަހަކު ވެސް ނަރުހަކާއި ވާހަކަ ދެކެވިފައި ނެތީމައި ތިހެން ބަޔަކު ކިޔާ ކޮންމެ އެއްޗެއް ޤަބޫލު ކުރެވިދާނެއެވެ. އައިޖީ އެމް އެޗެއް ނޫނެވެ. އަތޮޅު ތެރޭގެ ނަރުހެއްގެ ގާތުން އެ ނަރުސް ކުއްޖާގެ ޖުލައި މަހުގެ މުސާރަ ސްލިޕަކާއި އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ މުސާރަ ސްލިޕެއް ހޯދާލާށެވެ. އޭގައި ހުންނަ ތަފާތަށް ބަލާށެވެ. ތެދެކެވެ. ބޭސިކް މުސާރަ ބޮޑެވެ. އެކަމަކު އުނިކޮށްލީ، ކޮންމެ ޑިއުޓީއަކަށް ދޭ 25 ރުފިޔާގެ ޝިފްޓް އެލަވަންސާއި، ކޮންމެ ދުވާލަކަށްދޭ 100 ރުފިޔާގެ ރިސްކް އެލަވަންސެވެ. ލިމިޓްކޮށްލީ އިތުރު ގަޑިއެވެ. ސިވިލް ސާރވިސް ޤަވާއިދުގައި ބުނަނީ ރަސްމީ ވަގުތަކީ 6 ގަޑިއިރު ކަމުގައެވެ. ނަމަވެސް ނަރުހުން 8 ގަޑިއިރު ޑިއުޓީ ކުރުން މަޖުބޫރެވެ. ނޭނގޭ ވާހަކަ މީހުން ކައިރިން އަހައިގެން ލިޔާށެވެ. ހަމަ މީހަކަު ކިޔާ އެއްޗެއް ނުލިޔެ ވޭތޯ ބަލާށެވެ.

  42. ހަގީގަތް

    2008 ގެ ފަހުން ވެސް ޓީޗަރުންގެ މުސާރަ 2 ފަހަރު ބޮޑުކޮއްފި. ފުރަތަމަ ބޮޑުކުރި އިރުވެސް އެމީހުން ގެޔައް ގެންދާވަރު ކުޑަވެގެން ސިވިލް ސާރވިސްގެ ކަޑައަޅާފައިވަ ސެޓްފިކެޓް ގެ ލެވެލް އަށް ވުރެ ބޮޑުކޮށް މުސާރަ ކަނޑައެޅީ.2009 ގައިވެސް އެޑްވާންސް ލެވެލްގެ މުދައްރިސުން ޑިޕްލޮމާގެ މުސާރަ ގެއައް ގެންދޭ.މިހާރު މުދައްރިސުންނަށް އެކަނި ކުރާމަސައްކަތަށް ނުބަލާ ވަޒީފާގެ މައްސޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސެޓްފިކެޓް ގެ މަތިން މުސާރަދެނީ.ތެދެއް އެހެން ޕުރޮފެޝަންގެ މީހުނައްވެސް ކިޔަވާދެނީ މުދައްރިސުން. އެހެނޭކިޔާފަ ޕައިލެަތުންނަށް ކިޔަވާދޭ މުދައްރިސުންނާ ގުރޭޑް ތަކަށް ކިޔަވާދޭ މުދައްރިސުން ނާ ހަމަހަމަ ނުކުރޭ. ރާއްޖޭގަ މިހާރުވެސް އޭފޯރ އެޕަލް ބީފޮރ ބޯލް ކިޔަވާދޭ މުދައް ރިސުންނަށް ބެޗްލާރ، މާސްޓަރ ގެ މުސާރަ އެބަދޭ ސިވިލްގެ އެހެން ބެޗްލާރ އޮވެގެން ވަޒީފާގެ ޝަރުތުހަމަވާ ވަޒީފާތަކުގެ މުސާރަޔަށް ވުރެ ބޮޑުކޮށް...ދެރައީ ސިވިލް ސަރވެންޓުންގެ މެދުގާ ތަފާތު ކުރާތީވެ...

  43. ބަދޫ

    ބޮޑު އޮޅުވާލުމެއް