ބިލެއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފިއެވެ.

މަމްދޫހާއަކީ ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ކައުންސިލް މެމްބަރެކެވެ. ކުރިން އެމްޕީޑީގެ މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި މަމްދޫހާ މިއަދު ވަނީ އިބޫއާ އެކު ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކުރައްވައިފައެވެ.

މަމްދޫހާ ފޭސްބުކްގައި ޖެހި ޕޯސްޓެއްގެ ޒަރިއްޔާއިން އިބޫ އާއި ފައިސަލްއަށް އޭނާ ތާއިދުކުރައްވާކަން ހާމަވާފަދަ މޭރުމަކުން ވާހަކަދައްކާފައެވެ. އަދި މިއަދު އޭނާ ވަނީ އިބޫ އާއި ފައިސަލްއަށް ވޯޓު ދެއްވަންވީ ކީއްވެކަންވެސް ހިއްސާކޮށްފައެވެ.

"އިބޫ އާއި ފައިސަލް ވެގެން ނޫން ވޯޓު ދެއްވަންވީ. މި ގައުމަށްޓަކައި. އިންސާފަށްޓަކައި. ހަމަހަމަކަން ބޭނުންވާތީ. ދަރިންނަށްޓަކައި" މަމްދޫހާ ވިދާޅުވިއެވެ.

މަމްދޫހާ އޭގެ ފަހުންކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް ޕާޓީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިނުގަތަސް، އެތައް ބައެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ.

މަމްދޫހާ އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީސް މީޑިއާ މެދުވެރިކޮށް ސަރުކާރުގެ އެކި ކަންތައްތަކާއި މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާކަން ހާމަކުރައްވަމުންނެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރަކު އިބޫ އަށް ތާއީދު ކުރައްވަން ނިންމެވިއިރު އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ. ނަމަވެސް އެ ވާހަކަތައް ޕީޕީއެމް އިން ވަނީ ދޮގުކޮށްފައެވެ.

އެގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަން އޮތީ ވަރަށް ބަދަހިކަމާ އެކު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އަދި އެމްޑީއޭގެ ލީޑަރު ސިޔާމް އަކީ ރައީސް ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީ.

    ސިޔަމަކީ ޔާމީނު ކޮޅައް ޖަހައިދިން މީހާ ނަމަވެސް ރަނިންމޭޓުކަން ނުދީ ސަހީމު އެމަގާމައް ނެރުނީ ސިޔާމަކީ ސިޔަސީ ޕާޓީއެއްގެ އިސްފަރާތެއް

  2. ނާފިއު

    ތީ އެމްޑީއޭ ގައި ހުއްޓަސް އެމްޑީޕީ މީހެއް ! އެއަރޕޯތްގައި އެމްޑީޕީ މުޒާހަރާކުރި ދުވަހު ހައްޔަރުކޮށް ދައުވާކުރަން ފޮނުވީމަ އެމްޑީއޭއަށް އައީ .. މިއަދު އިންސާފް ނުލިބޭކަމަށް ބުނެ އެބަދުކޮށްލީ އަމިއްލަ ދަރި މީހަކުމެރިކަމަށް ދައުވާކުރަން ފެށީމަ ! ކޮބާތޯ މަރާލެވުނު މީހާގެ ހައްގު؟ ހުސް ތިކަލަހަލަ މީހުން ތިތާގަ ތިތިބީ ތިމީހުންގެ ސަބަބުން ޔާމީނަށް ގެއްލޭނެ ވޯޓެއް ނޯނާނެ ! ވިއަޔާވާނީ ރަނގަޅެއް ލިބޭވޯޓް ވާނީ ގިނަ ! ހުރިހާ ކުނިޖަމާވާނީ އެއްތަނަކަށް !

  3. Anonymous

    އިންސާފު ނުލިބިގެން އުޅޭމީހުން ތިބީ އިދިކޮޅުގަ. ޕާޓީނޫން އެންމެންނަށް އިންސާފު ލިބޭ.

  4. ާވަތުބަތާނަ

    ތި އަންހެން މީހާ އަޅާފަ ހުރި ބުރުގައިންވެސް އެނގޭ އޭނާ އަކީ އމޑޕ މީހެއްކަން

  5. ފާތުމަ

    ދެއިރު ދެދަޅައަށް ޕާޓީ ބަދަލުކުރާ ދެފުައްކެހެރިން.

  6. ގޮޅާބޯ

    ތިނޫނަސް ދެފުއްކެހެރި ލުއްޗާއިން ފެނެޔޭ

  7. ސުއައިބް

    ތިދިޔައީ ދުވަސް މިފަހަރު 13 އަހަރު ޖަހާނެ

  8. ޢަލީ

    ލަނޑައާވާނީ ލަނޑައާ.

  9. ލައްކަވާހަކަ

    މެންބަރު މުބީންވެސް އެންމެ ފަހުވަގުތުގައި ތިޔަ ފަރަންޖީންނާ ގުޅޭނެކަމަށް މިބަލަނީ

  10. ޏޭކު

    ވަފާތެރިއެއް ނޫން..

  11. ޒުވާނށ

    ތިބުނާ މުބީން ގެ އަންހެނުން ގެ މަންނަ ވެސް އިދިކޮޅު އެފެމެލީ ވެސް އިދިކޮޅު ވަރަ ކެރިހުރެ މިބުނަނީ

  12. ޖޮއްބެ

    އެމްޑީޕީ އަކީ ބަޔަކަށް އިންސާފު ހޯދައިދެވޭނެ ބައެއްނަމަ ރަނގަޅު އެމްޑީޕީ އަށް ތާއީދު ކުރަން. އެކަމަކު ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖުރިބާތަކުން އެނގެނީ އެމްޑީޕީ އަކީ އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ނެތް އެބައުޅޭ މިބައުޅޭ ބައިގަނޑެއް ކަމެވެ. އަދި އެއްވެސް ކަމެއް ސުލްޙަވެރިކަމާއެކު ކުރުމުގެ ބަދަލުގައި ގަދަބަދަވިކަން ކުރިޔަށްނެރެގެން މަގްޞަދު ޙާޞިލްކުރަން ދިމާކުރާ ބައެކެވެ. އެމީހުންގެ ވެރިއަކަށް ހުރި މީހާއަކީ މިދިވެހިރާއްޖޭގައިހުރި މާތްވެގެންވާ އިސްލާމްދީނުގެ އެއްމެބޮޑު ޢަދުއްވު މެއެވެ. އެހެންކަމުން އިންސާފުހޯދާށޭ ކިޔާފަ އެމްޑީޕީ އަކަށް ދާނެކަމެއްނެތެވެ. ސަރުކާރާ ޒާތީ ވެގެން ސަރުކާރު ބަދަލު ކުރުމުގެ ބޭނުމުގައި ދިޔައީއޭބުނިނަމަ މާހަމަޖެހޭނެއެވެ.

  13. އަސް

    މިވަރުން ދާނަމަ ރައީސް ޔާމީނަށް އިތުބާރު ކުރެވޭ އެއްވެސް މީހަކު ނެތޭ ބުނާހިސާބައް އަދި ކަންތައް ދާނެ

  14. Anonymous

    ރަނގަޅު ނިޔަތެއްގަ ބުރުގާއަޅާ އަންހެނެއްނަމަ އައުރަ ނިވާވާގޮތަށް ބުރުގާ އަޅާނީ، މި ދެފުއްކެހެރި ދައިތާ ބުރުގާ އަޅާގޮތަށް ބޮލުގެ ކުރިމަތިފަޅިގެ އިސްތަށިތަށް ހާމައަށް ދައްކާލައިގެން އިންޑިއާގެ ހިންދޫ / ބުދިސްޓު އަންހެނުންވެސް ބުރުގާ އަޅައިގެން ތިބޭ، ކަލޭ އިންސާފާއި ބޭއިންސާފު ތިހާވަރަށް އިގޭނަމަ މިސަރުކާރުން ބޭއިންސާފުން ހިންގާފައިވާ ކަންތައް ނިކަން ބުނެދީބަލަ، ކަލޭގެ ފިރިމީހާ ނާއިބުރައީސަކަށް ނުނަގައިގެންތަ؟؟ ކަލޭގެ ދަރިޔަށް ހިންގަންޖެހިފައިވާ މީހަކުގެ މަރާއިގުޅޭ ޝަރީއަތް ނުހިންގަންވީތާ؟؟ކަލޭގެ ފަތްފުށް އިގޭމީހުން ވަރަށްގިނަ، އަނގަ ހުޅުވަން ލަދު ކޮބ

  15. ޏ

    މަމްދޫހާގެ ފިިރިހެން ދަރިއަކަށް މަރުގެ ހުކުމެއް އައިސް ސްޕްރީމް ކޯޓު މަރުހަލާގައި ވޭތޯ ވަގުތު ނޫހުން ޗެކްލަން ފެނޭ

  16. އަހްމަދު

    މިހާރު މިހައިހިސާބުން މުބީނުވެސްއެބަޖެހޭ މުބީނުހުރިކޮޅެއް ރައްޔިތުންނައް ބުނެލަދޭން އެންމެފަހުވަގުތުގަ އޮޅުވާނުލައްވައި ކުރީބައިގަ އެނގެންއެބަޖެހޭ

  17. ވގ

    ތީ ޖާސޫސްކުރަންފޮނުވި ކަބަލެއް މުބީންބުނެގެން އެކޮޅު އަޑިއަޅާތީވެ ގޮތެއް އޮތްތޯބަލަން

  18. މުޚުތާރު

    އަލީސިޔާކަމަކީ އެއްގޮތަކަށްވެސް ރަނިންމޭތްކަމަށް ދަހިވެތިވީމީހެއްނޫން! ނާއިބުރައީސަކުގެ ޢިއްޒަތާ ޖާހަތައްވުރެ މާމިނިވަންކަމާ އިއްޒަތުގައި މިހާރުވެސް ސިޔާމު އުޅުއްވަނީ އަލީއަށް ތިޔައެގެނީ ހަމައެކަނި ސިޔާމުގެނަން! އެހެންއެއްވެސް ކަމެއްނޭގޭ