އަންނަމަހު ބޭއްވުމަށް ހަމަަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ފްލެޓްތަށް ލިބެނީ އޭގެ ހައްގުވެރިންނަށް ތޯ ކަށަވަރު ކޮށްދެއްވާ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދެއްވާނެ ކަމަށް އިދުކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެންވޭރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ބޯހިޔާވެހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކުން ފްލެޓް ހޯދުމަށް ކުރިމަތިލިޔަސް އޭގެ ހައްގުވެރިންނަށް ނުލިބޭ މައްސަލަޔަކީވެސް ބޮޑު މައްސަލަ އެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުން ހައްގުވެރިންނަށް ފްލެޓް ދިނުމުގެ ބަދަލުގައި ފެންނަބަޔަކަށް ދެމުންދާާ ކަން ފާހަގަ ކުރައްވާ ގުޅިފައިވާ އިއްތިހާދުގެ ވެރިކަމެއް އަތުވެއްޖެ ނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރުގެ ލިސްޓެއް. އަޅުގަނޑުމެންގެ އޮންނާނީ މާކްސް ދެވޭ އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުން. އެގޮތުން މާކްސް ދެވޭއިރު މަދަނީ ޖަމްއިއްޔާތައް ބައިވެރިކޮށްގެން އިވެލުއޭޝަން ކުރިއަށް ގެންދާނަން،" އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ފްލެޓްތަކުގެ ކުލި ބޮޑު ވުމުގެ ޝަކުވާއަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ގުުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި ފްލެޓްތަކުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހެންވޭރު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިބޫ ވަނީ މާލޭގެ ޕާކިން މައްސަލަ އަށް އަލި އަޅުވާލާ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެކަމަށް ހައްލެއްގެނައުމަށް މާލޭގައި ޕާކިން ޒޯންތަށް އިތުރުކޮށް ޖޫރިމަނާތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި ފުރަތަމަ ދައްކާނީ ޕާކްކުރާ ތަން. އެއަށް ފަހު ޕާކް ކުރަން ކަނޑައެޅިފައި އޮންނަ ތަނުގައި ޕާކް ނުކުރީމަ ޖޫރިމަނާ ކުރާނީ. މިހާރު މާލޭގެ މަގުތަކުގައި ޕާކް ކޮށްގެން އެ ނަގާ ޖޫރިމަނާ އަޅުގަނޑުމެންގެ ވެރިކަމުގައި ކަނޑާލަދޭނަން." އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޫސްމޭން

    ޝިފާޒުއަށް ފްކެޓް ބަހަން ހަވާލު ކުރޭ

  2. ޑިމޮކްރަޓިސްޓް

    ބަރޯ މީހުންގަޅިހެއްދޭނެ ދުވަސް ނިމިހިނގައްޖެ.. ކަލޭމެން ނުދަންނަމީހުން މިރާއްޖެއަކު ނޫޅެޔޭބޮރޯ.. ހައްގޭ، ކޮރަޕްޝަނޭ ކިޔާއިރު ލަދުގަންނަންޖެހޭ.. ނުވާނެ ތިކަމެއް ކަލޭމެނަކަށް.. މިހާރުވެސް ކަންކަން ގަދަބާރުންތިކުރަމުން އަންނަގޮތުގެ މައްޗައްވުސްނާއިރު ކޭމެންގެ ލަދުހަޔާތްކުޑަން އތިބުނާ އިންސާފުގެ މައްޗައް ހެކިދޭ.. މީވަރަށ1 ވާހަކަ.. ވިސްނާމީހުނަށް އިބުރަތަކަށްވާނެ..

  3. ހުސޭނުބޭ

    އެމްޑީޕީގެ ވެރިކަމެއްގައި ފްލެޓްގެ ހައްޤުތައް ލިބެނީ ކޮންބައެއްކަމަށްކަން ވެބްކެމް މާސްޓަރު ވަނީ ބަޔާންކޮށްދީފައި...... މިހާރުވެސް ޕީޕީއެމެކޭ އެމްޑިޕީއެކޭ އެއްގޮތަކަށް ފްލެޓް ލިބޭ. ތިއުޅެނީ ޕާޓީކުދިންނަށް ފްލެޓް ބަހަން. އަހަރެމެން ނޫޅެމު ކަލެއަށް ވޯޓުލާ ހިތަކުންނެއް1

  4. އަސްތާ

    ވޭތުވެދިޔަ ސަރުކާރުތަކުގައި ފުލެޓް ދީފައިހުރީ ވަރަށްވެސް ނާއިންސާފުން އެހާ އަގުބޮޑުކޮށް އަދި ފައިސާ ދައްކާފައި ފުލެޓް ނުލިބޭ ފަރާތްތަށް އެހާގިނަ، އަދި ހުޅުމާލެއިން ގިނަ އަދަދެއްގެ ބިންވަނީ ގާތްފަރާތްތަކަކަށް ބަހާފައި އެހެންވީމަ އިބޫ އަށް މިކަމުގަ އިހްލާސްތެރިވެވޭނެ ހެނެއް ހިޔެއްނުވޭ

  5. ީޑޑ

    ތީ ހަމަ ޖަވާހިރެއް

  6. ނުރަބޯ

    އިހަށްނުވި ކަމެއް ދެނެއްވެސް ނުވާނެ. ކުރާކަށް ނުވެސް އުޅޭނެ. އެކަމުގެ ކޮލިޓީއެއްވެސް ކަލޭމެންގެ ކިބަޔަކުން ނުފެނޭ....!!!

  7. ހޯބޯލަވާ

    ތާކުންތާކު ނުޖެހޭ ވައުދު ކަލޭ ތިޔަވަނީ ލަދުންބޯހަލާކު ވެރިކަން ހޯދަން ކަލޭ ނުވަނީ ކޮންވައުދެއް ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތި ކަރުނަ އޮއްސަންޖެހޭ އުމުރަށް މުޅިން...