އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަންހެނެއް ކަމަށްވާ ފާތިމަތު ސިއުނާއަށް އެމްޑީޕީގެ ވެރިކަމުގައި ނާޖާއިޒު ގޮތުގައި މިލިއަނުން ފައިސާ ދީފައިވާ ކަމަށާއި، ނަމަވެސް އެމައްސަލަ ބަލަން އެމްޑީޕީއަށް ނުކެރުނު ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ފަޅުރަށްތަކާއި ފަޅުތަކުގެ އިތުރުން ރާއްޖެ ގެންނަ ބޭހުގެ ބޮޑު ޝިޕްމެންޓެއް އެތެރެކުރުމުގެ ނަމުގައި ބޭސް ސަޕްލައި ނުކޮށް އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝިއުނާއަށް މިލިއަނުން ފައިސާ ދީފައިވާ ކަމަށާއި، މިފަދަ މައްސަލަތައް ބަލަން އެމްޑީޕީގެ ސަރުކާރަށް ނުކެރުނު ކަމަށެވެ.

"އެމްޑީޕީގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ އަންހެން ކުއްޖެއް ޝިއުނާއަކީ. ރިސޯޓް ދިނުމުގެ އިތުރުން ރާއްޖެއަށް ގެންނަ ބޭހުގެ ބޮޑު ސަޕްލައިއެއް، 11.85 މިލިއަން ރުފިޔާގެ ބޮޑު މާސިންގާ ޖަރީމާއެއް އޮޑިޓް ރިޕޯޓުން ފެންނަން އެބަހުރި. ބޭސް ސަޕްލައި ނުކޮށް ފައިސާ ދީފައި." އެމްޑީޕީގެ ސަރުކާރުގެ ހިޔާނާތުގެ ސަފްހާއެއް ކިޔައިދެއްވަމުން ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މި ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ އެމްޑީޕީން ދައްކާއިރު، މި ސަރުކާރުން މި ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައިވާނެ ކަމަށާއި، ނަމަވެސް އެމްޑީޕީއަށް އެޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ބަލަން ނުކެރުނު ކަމަށެވެ.

"މިކަހަލަ ބޮޑެތި ކޮރަޕްޝަނާ ފަސާދަ ހިންގާފައި ތިބި ބައެއް އަދި އެ ބަލާލަން ނުކެރުނު ބައެއް އެމްޑީޕީއަކީ. ތިން އަހަރާ ދުވަސްކޮޅަކު އެމްޑީޕީން ވެރިކަން ކުރި، އެކަމަކު މީން ކަމެއް ރައްޔިތުން ބުނެ ބުނެ ތިއްބާ ބަލާލާކަށްވެސް ނުކެރުނު." އެމްޑިޕީގެ ވެރިކަމަށް ނިސްބަތްކޮށް ނިހާން ވިދާޅުވިއެވެ.

ބޭސް ސަޕްލައި ކުރުމުގެ ނަމުގައި ބޭސް ސަޕްލައި ކުރުމަކާ ނުލައި މިލިއަނުން ފައިސާދިނުމުގެ އިތުރުން 400 އެތަށް ފަޅުރަށެއް އެއްވެސް ކަމަކާ ނުލައި، ގާތް އެކުވެރިންނަށް އެމްޑީޕީގެ ސަރުކާރުގައި ބަހާފައިވާ ކަމަށާއި، އެ ރަށްތަކުން ރިސޯޓް ހަދައިގެން ހިންގަމުންދާ ރަށްތަކުގެ ޝެއަރ އަތުލައި ރައްޔިތުންނަށް ދޭން ކެރޭނެތޯ ވެސް ނިހާން ވަނީ އިބޫއަށް ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން، މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ވައްކަމުގެ މައްސަލަ ބަލައި އެކަމުގެ އަޑީގައި ހުންނެވި މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަދި ޓުވަރިޒަމް މިނިސްޓަރާއި މެދު ފިޔަވަޅު އަޅައި، ކޯޓު ހުކުމާ އެއްގޮތަށް ޖަލުގައި ހުންނެވިއިރު، އަދީބު މިނިވަން ކުރުމަށް މަސައްކަތް ކުރައްވަނީ އެމްޑީޕީން ކަމަށާއި، އަދީބު މިނިވަން ކޮށްގެން މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލޭނެތޯ ވެސް ނިހާން ވަނީ އިބޫއަށް ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން، ވެރިކަން ލިބިއްޖެނަމަ، އެސެޓްސް ރިކަވަރީ ކޮމިޝަނެއް އުފައްދަވާނެ ކަމަށް އިބޫ ވިދާޅުވެފައިވަނިކޮށް ނިހާން ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން އެ މަސައްކަތް ކުރުމަށް އުފެއްވި ރިޔާސީ ކޮމިޝަނުން 29 މިލިއަން ރުފިހާ ހަރަދު ކޮށްގެން ކުރި މަސައްކަތުން ނަތީޖާއެއް ނެރެދެވިފައި ނުވަނީސްކަން ނިހާން ވަނީ ފާހަގަ ކުރައްވާފައެވެ.

ޕީޕީއެމް އިން ބުނަމުންދަނީ، އެމްޑީޕީއަކީ ކޮރަޕްޓް ސަރުކާރެއް ހިންގެވި ޕާޓީއެއް ކަމަށާއި، ނަމަވެސް އެކަންކަން ފޮރުވުމަށްޓަކައި އެންމެ އަޑު ހަރުކޮށް ކޮރަޕްޝަނޭ ކިޔައިގެން އަޑު އުފުލިޔަސް ދިވެހި ރައްޔިތުންނަށް ހަޤީގަތް އޮޅިފައި ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް 33 ދުވަހަށް ވެފައިވާއިރު، ރިޔާސީ ކެމްޕޭންގެ ފޯރިވެސް ވަނީ ގަދަވެ ސިޔާސީ ފަރާތްތަކުގެ ބަހުގެ ހަމަލާތަށް ހޫނުވާން ފަށާފައެވެ. އިންތިޚާބުގެ ވޯޓު ލުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    މި ނިހާނު ކަމަކީ މީދޯ....ލޮލ

  2. ޙަސަން

    އެމްޑީޕީގެ ސަރުކާރުގަ ކަރަޕްޝަންއޮތްނަމަ މިވެރިކަމުގަ ޔަޤީނުންވެސް ބަލާ އެމީހުން ޖަލައްލީސްކަން ކަށަވަރު. މިސަރުކާރުު ވެރިކަމާ ހަވާލުވީއްސުރެއް ކުރަނީ އެކަންތައް އެހެންނަމަވެސް އެމްޑީޕީ ސަރުކާރުގެ ކަރަޕްޝަން ހޯދާ ހޯދާވެސް ނުފެނުނު. ދެންމިހާރު ހިޔާލީ އަދަދުތަކެއް ޕޯޑިޔަމްތަކުގަ އަޑުނަގާފަ ގޮަވަނީ

    • ޥ
  3. ހުވަދު

    ކީއްވެތޯ މިިޚްލާސްތެރިސަރުކާރުން ތިމައްސަލަ ނުބަލާން ތިތިބެނީ

    • މަރިޔަމް މޫސާ

      ތީނައަށް ލިޔަން ކިޔަން އެނގޭނަމަ ނުވަތަ ލޮލަށް ފެންނަ ނަމަ މި ހަގީގަތްތައް ފެންނާާނެ. އެ ފައިސާ އަތުލުމަށާއި އެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދައި މައްސަލަތައް ބަލައި ފައިސާއަތުލައި ފިޔަވަޅު އަޅަމުން ގެންދާކަން އެނގޭނެ.

      • ޢަދުލް އިންސާފު

        މި ސަރުކާރުގަ ވެރިމިހާ ކައިލި 15.42 މިލިއަން ރުފިޔާ (1 މިލިއަން ޑޮލަރުގެ) ވާހަކަ ނިހާނުމެން ނުދައްކަނީ ކީއްވެޔޯ؟

  4. ޕްރިޕެއިޑް

    ނިހާނުމެން ތިވާހަކަ ތިދެއްކީ އަހަރެމެން ތިވާހަކަތައް އެކިނޫސްތަކުގަ ކޮމެންޓްކުރާތާ ކިހާދުވަހެއްފަހުން.. އަހަރެމެން މިކިޔަނީ މިކަތައްތަ ބަލާށޭ.. ބަލާފަ ކޯޓަށްގެންދާށޭ.. ބޮލަކަށް ލޮލަކަށް ނުބަލާ ގެންދާށޭ.. މީނައަށް ނަރުދަމާއަޅަންވެސް ހަވާލުކުރިކަމަށްވޭ. އަޅެމީނައެޅި ނަރުދަމާ ވީހިސާބެއް ބަލާލަބަލަ.. އަބްދުއްﷲ ޝާހިދުމެން ނަރުދަމަން އައްނި ހަވާލުކުރީ މިކަހަލަ މީސްމީހުންނާވިއްޔާ..

  5. ޏިހާބް

    ނިޙާން އެންމެފުރަތަމަ އޮޑިޓްކުރަންވީ ރޔ ގެ ކެބިނެޓް ބޭފުޅުންގެ އެކައުންޓް

  6. ބެއްޔާ

    ނިހާނޫ ތިކަމާ އެމް.ޑީ.ޕީ ފަރާތުން މަސައްކަތް ކުރީ ޝާހިދު. ލޮލް

  7. ބލަ

    ޢެމައްސަލަތައް ބަލަން ވެގެނެއްނު ވެރިކަނ ވައްޓާލާ ވެރިކަމަށް އެރިބަޔަކު އެރީ...ދެން ބަލަން ވީނު...

  8. ބަރާބަރު

    ޝިއުނާ، މުނާއަމީނާ، ފަރަހަނާޒް ފައިސަލް، މާރިޔާ، ތާތު ރަސީދު، ރެކިބިޔާ، މިމީސްމީހުންނަށް ދިންފައިސާގެ މައްސަލަ ޕީޕީއެމުން ނުބެލިގެން އުޅޭ ސަބަބެއްވެސް ނޭނގެ. ނުބަލައިފިއްޔާ އަހަރުމެންގެ ވޯޓު ގެއްލުނީ ކަމަށް ބަލާ!!!!

  9. އާބިދާ

    ނިހާންވެސް މާ ކަންބޮޑު ކުރާނެ ކަމެއްނެތް. އެމަންޖެ ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭ ވަރު ކޮށްދިނީ. އެއީ ހެޔޮ ކަމެއް ނޫންތޯ؟

  10. ޛސ

    ޕްރިޕެއިޓް

  11. ހަބަރު

    ތީގައި ހަގީގަތެއް އޮތްނަމަ ޕޕޕ ގެ ސަރުކާރުން ޝިއުނާގެ މައްޗައް ޓެރަރިޒަމްގެ ދައުވާކޮށް އޮންނާނީ ޖަލަށް ލާފައި

  12. ހައްވަ

    ޝިއުނާއަށް މިލިއަނުން ދިން ފައިސާ އަތުލަން ނިހާނާ، އަދުރޭގެ ސަރުކާރަށް 5 އަހަރު ލިބުމުން ނިދާފައި ތިބި ވާހަކަ ތިބުނި؟

  13. ހުސޭނު

    ތިޔަފައިސާ އަތުނުލާ ނިހާނާ، އަދުރޭގެ ސަރުކާރުން މިދިޔަ 5 އަހަރު ކީއްތަ ކުރީ؟

  14. ހަސަން ނިޒާރު

    ޝިއުނާ ހާދަ ލޯބިޔޭ، އައިލަވްޔޫ އުންންމަމަ

  15. ނަން

    ތިމަންޖެއާ އިންނަން އަހަރެން ބޭނުމީ. މިހާރުވެސް އޭނަ ހުންނަނީ މިހެންތަ؟

  16. އެނގޭތަ

    "ތިން އަހަރާ ދުވަސްކޮޅަކު އެމްޑީޕީން ވެރިކަން ކުރި، އެކަމަކު މީން ކަމެއް ރައްޔިތުން ބުނެ ބުނެ ތިއްބާ..." ލޮލް. ބަލަގަ. 5 އަހަރަށް ރައްޔިތުން ހުއްދަ ދިން ވެރިކަމެއް 3 އަހަރުން ނިންމާލަން ޖެހުނީ ތިޔަ އަނގަ ފުޅާ ބައިގަނޑުގެ ސަބަބުންނެވެ. 5 އަހަރު ނިމުނު ނަމަ ތިހެން ބުނެވުނީހެވެ. މި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ކިތައް ވަޢުދު މި 5 އަހަރު ތެރޭގައި ފުއްދައިދެވިއްޖެތޯ؟ ބެޔަސް ނުބެޔަސް، ދަނޑުވެރިން، ރިސޯޓް ހިއްޞާ، އަލަތު ކައިވެނީގެ ފްލެޓް. މި ކަންކަން ނުކޮށް ބަހައްޓާފައި، ކަޓު ލިބޭ ގޮތަށް ހިންގަނީ ކިތައް މަޝްރޫޢުތޯ؟ ނިހާނެކޭ އެއްގޮތަށް އަހަރުމެން ވެސް މިދަނީ ވާނުވާ ބަލަމުން. މަގޭ ވޯޓް މި ފަހަރު އިބޫއަށް.

  17. ކެރެޓް

    ތުންފޮއްސެއް ތީ ފައްކާ

  18. ޟަރީފާ

    ތީ ހަގީގަތެއްނަމަ ކުރީގެ ހައުސިން މިނިސްޓަރު އަތުން ވެސް ރުފިޔާނެގި! ޢެނޫން ތި 11 މިލިޔަން ރުފިޔާ ނުނަގާ ތިބޭނެހެން ހީވޭތަ!

  19. ޚާލީލް

    ކޮބާ ސަން ލޭންޑް ބިލްޑިންގ އަށް ކުލި ދެއްޚީ ޢެ ކޮއި ފުރާޅުން ނެގި ފެނުން ބާ؟

  20. ޝިއުނާ

    ތިއޭ ޔާމީނުގެ މައްސަލައަކީ ކީއްވެހޭ މިފަސްއަހަރުގެތެރޭގަ ނުބެލީ!

  21. ދަލޭކާދިޔެ

    ފިރިހެނުން އަތުން ލާރި އަތުލަމުން އަބުރު ވިކަމުން ދާ އަނަހެނެއް..