އެމްޑީޕީގެ ރަނިންމޭޓް ފައިސަލް ނަސީމް ކެންޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ފައިސަލް ނަސީމް ފުވަމުލަކަށް ވަޑައިގަތުމުން ގުޅިފައިވާ އިއްތިހާދުގެ ގިނައަދަދެއްގެ ސަޕޯޓަރުން ވަނީ މަރުހަބާ ދެއްނެވުމަށް އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

ފުވަމުލަކަށް ފައިސަލް މި ކުރައްވާ ދަތުރަކީ ގުޅިފައިވާ އިއްތިހާދަށް ތާއިދު ހޯދުމަށް ކުރައްވާ ދަތުރެއްކަމަށް އިދުކޮޅު އިއްތިހާދުން މައުލޫމާތުދެއެވެ. މި ދަތުރުގައި ޖުމްލަ ދެ ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު ފައިސަލްގެ އަމިއްލަ ރަށަށް ކުރައްވާ މިދަތުރުފުޅުގައި ފުވައްމުލަކުގައި ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ހާލަތު ބައްލަވާލައްވާނެ ކަމަށް މައުލޫމާތު ދެއެވެ.

އަދި ރައްޔިތުންނަށާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމަށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގެންނާނެ ހައްލުތައް ރައްޔިތުންނާ ހިއްސާ ކުރައްވާނެއެވެ.

ފުވަމުލަކަށް ފައިސަލް ނަސީމް މި ކުރައްވާ ދަތުރުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތާއިދު ހޯދުމަށް ކެނޑިޑޭޓުން މަސައްކަތް ކުރައްވަމުން ދާއިރު ރަށްރަށުގަ އަދި މާލޭގައި ވެސް އިންތިހާބު ފޯރި ގަދަ ކުރުމަށް ތަފާތު ހަރަކާތްތަށް ހިންގަމުންދެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަމަހުގެ 23 ވާ އާދިއްތަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަރެން

    ކާމިޔާބު ރަމްޒުކުރަން ދެއިނގިލި އުފުލަނީ ކާފަރުން.. ވީއަކުރު ދައްކަން.. މުސްލިމުން ޝަހާދަތް އިނގިލި ހިއްލަނީ ﷲހެކިކޮށް.. ނަމާދުގަވެސް.. ކާމިޔާބަށްއެދެނީވެސް ﷲގެހަޒުރަތުން.. ވީމާ ކށމިޔާބުއޮތީ ﷲއިރާދަކުރެއްވުއްޔާ އެކެއްގަ.. އެއް އިނގިލި.. ޝަހާދަތް އިނގިލި..