އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް އަކީ ފަސްބައިގައި ކިލަނބު ކަމެއް ނެތް ބޭފުޅެއް ކަމަށާޢި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ހުރިހާ އެންމެންވެސް އިދިކޮޅު އިއްތިހާދަށް ވޯޓް ދިނުމަށް އެ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ފައިސަލްގެ އުފަން ރަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ރަށު އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އިބޫ އަކީ ފަސްބައިގައި ހަޑިކަމެއް ނެތް ބޭފުޅެއް ކަމަށެވެ. އަދި އިބޫއަށް ވޯޓު ދޭން ޖެހޭ ސަބަބަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިނުވެ ގައުމު ތަރައްގީ ކޮށްދެއްވާނެތީ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަމިއްލަފުޅު ރަށް ފުވަމުލަކު ސިޓީ އަށް ވަޑައިގަތުމުން ފައިސަލް ނަސީމް އަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އިއްތިހާދަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ފުވަމުލަކަށް މި ކުރައްވާ ދަތުރުގައި ދެ ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ހާލަތު ފައިސަލް ބައްލަވާލައްވާނެއެވެ.

އަދި ރައްޔިތުންނަށާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމަށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގެންނާނެ ހައްލުތައް ރައްޔިތުންނާ ހިއްސާ ކުރައްވާނެއެވެ.

ފުވަމުލަކަށް ފައިސަލް ނަސީމް މި ކުރައްވާ ދަތުރުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އާޗާ ފޯއްމުލަކު ނާއިބުރައީސު، ކުދިންނޭ ދެން ތިމާގަނޑުތަކުގައި ރަތްކުލަ ގުޅުވާކަށް ނުޖެހެޔޭ، ބޭނުންކުރަންޖެހެނީ ހަމައެކަނި ރީނދޫ ކުލަކަން ނެގެނީތަ،؟؟ އެސޮރުގެ އަމިއްލަ އުފަންރަތް ވީމަވެސް ހާދަ ސަޕޯރޓެއްނެތޭ، ރިސީވުކުރަންގޮސް ތިބީވެސް ހާދަ މަދު މީސްކޮޅެކޭ، ހީވަނީ ހަމައެކަނި އާއިލާ ކުދިންހެން، އެނގިދާނެތާ

  2. ފާގަ

    މަޖުލިސް އިންތިހާބުގައި އެމް.ޑީ.ޕީ ބަލިވީ ކެމްޕެއިން ފަންޑު ކާކު ހިންނަވަރަށް ތެޅީމަތަ؟

  3. ރާފު

    ފަސްބައި އެގްޒެކެޓިވް ބާރުގެ ތެރެއިން ކިލަބު ވާނެ ފުރްސަތު ލިބިފައި އަދި ނެތީ. އެކަމަކު މަޖިލިހުގެ ތެރެއިން ކިލަބު ވާ އެންމެ ބޮޑަކަށް ކިލަބު ވެފަ ހުރީ....އެއަށްވުރެ މުހިންމީ ކިޔަވައިގެންތޯ ހުރީ. ތަޖުރިބާ އެބަހުރިތޯ ސާބިތު ކޮށްދެވިފަ ވޭތޯ ހުރީ..މީ ވެރިއަކަށް މުހިންމު ވަނީ....ދެން އެގްޒެކެޓިވް ބާރުގެ ތެރެއަށް ވަދެވުނީމަ އެގޭނީ އެތަނުން ފަސްބައި ކިލަބުވާ މިންވަރު.