ޗައިނާގެ ބޮޑު އެހީތެރިކަމަކާއެކު، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ މަސައްކަތްތައްވަނީ ގާތްގަނޑަކަށް ނިމިފައެވެ. މަސައްކަތްތައް ނިމިފައިވާއިރު، ބްރިޖު ހުޅުވުމަށް ވަގުތު ދަނީ ކުޑަތަންވަމުންނެވެ.

އެތައް ދިވެހީންނެއްގެ އެތައް އުންމީދުތަކާ ގުޅިފައިވާ މި ބްރިޖަކީ، މިހާރުވެސް ރާއްޖޭގެ ޒަމާނީ ތަރައްޤީގެ ނިޝާނަކަށްވަނީ ވެގެންގޮސްފައެވެ. އެންމެ ފަހުން އާއްމުވެފައިވާ ބްރިޖުގެ ފޮޓޯތަކާއެކު، އެތަނުގެ ރީތިކަން، އެތައް ބައެއްގެ ހިތްތަކުގައިވަނީ، ބިންވަޅު ނެގިގެން ގޮސްފައެވެ.

"ސިނަމާލެ ބްރިޖު" ގެ ނަމުން ނަން ދީފައިވާ މި ބްރިޖުގެ ދެ ފަރާތުގައި ލައިޓް ޕޯސްޓުތައް ހަރުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ހަރުކޮށްފައިވާ ލައިޓް ޕޯސްޓުތަކުން، އެތަނުގެ ރީތިކަންވަނީ ފާހަގަވެފައެވެ. ފޮޓޯތަކުން ފެންނަ ފަދައިން، ރޭގަނޑު ނަގާފައިވާ މި މަންޒަރުތަކުން، ދިވެހިންގެ ބްރިޖުގެ ރީތިކަން އިތުރުވެގެންދެއެވެ.

އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ މި ބްރިޖުގެ ލައިޓް ޕޯސްޓުތަކުގެ ދޭތެރެ ތަކުގައި ރާއްޖެއާއި ޗައިނާގެ ދިދަތައް ޖަހާފައި ހުރި މަންޒަރުވެސް، ފޮޓޯތަކުން ފެނެއެވެ. މިކަމުންވެސް، ފުރިހަމަކަން އިތުރުކުރުވާ، ތަނުގައި ހައިބަތު އިތުރަށް ދައްކުވައިދެއެވެ.

ކުރެހުމެއް ފަދަ މި ހަޤީޤީ ފޮޓޯތަކުން، ސަރުކާރުން، ހަދައިގެން ދެއްކި ގްރިފެކްސް ވީޑިޔޯ ތަކަކީ، ހަމައެކަނި ކުރެހުންތަކެއް ނޫންކަންވަނީ ކަށަވަރުވެގެން ގޮސްފައެވެ. ހަމައެހެންމެ، އެއީ، ހަޤީޤަތަކަށް ވާނެ ތަންތަންކަންވެސް، ދިވެހީންނަށް މިހާރުވަނީ އެނގިގެން ގޮސްފައެވެ.

ސިނަމާލެ ބްރިޖު. މި ފޮޓޯ އިން ބްރިޖުގެ ހިތްގައިމުކަން ހާމަވޭ. ފޮޓޯ: ސިނަމާލެ ބްރިޖު/ފޭސްބުކް ޕޭޖް

ސިނަމާލެ ބްރިޖު ނުވަތަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު، މި މަސައްކަތް ނިންމަވާލައްވާފައިވާއިރު، މިކަމުގެ ސަބަބުން، މާލެއާއި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަން ޔަޤީނެވެ. ރާއްޖެއަކީ މިފަދަ ބޮޑެތި އިންވެސްޓަމަންޓުތައް ކުރެވޭނެ ތަނެއްކަން ހާމަވާނެއެވެ. އެކަމުގެ ސަބަބުން، އިތުރު އިޤުތިޞާދީ މަންފާތަކެއްވެސް ލިބިގެންދާނެއެވެ.

މި ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ، ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ބްރިޖުގެ ދިގު މިނުގައި ދެ ކިލޯމީޓަރު ހުންނައިރު، ފުޅާ މިނުގައި 20.3 މީޓަރު ހުންނާނެއެވެ. މި މަސައްކަތަށް ޙަރަދުވެފައިވަނީ 200 މިލިޔަން އެމެރިކާ ޑޮ؛ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮލެޖް

    އަވަހަށް ތި ބްރިޖް އިބޫއަށް ދައްކާ އޭރުން އެއްނޭވައިން ބުނެލާނެ ތިމަންނަގެ ވެރިކަމެއްގައި މާލެ'ހުޅުމާލެ ބްރިޖަކުން ގުޅާލާނަމޭ އަހަރެމެންނަށް މިއުޅެނީ މިފަހަރޫ ކެންޑިޑޭޓަކަށް ޅޮސްގަހެއް ނެރެވިގެން ހިތަށްއަރާ އެމްޑީޕީގަ ހަމަ ނެތީބާއޭ ވެރިކަމަށް ތަސައްރަފްފުދޭމީހެއް ބޯހަލާކު.

  2. Anonymous

    ހަބޭސް

  3. ނައްލަބެ

    ސާބަހޭ ރައީސް ޔާމީން ގައުމާއިގެ 2 ވަނަ ދައުރަކަށް މަރުހަބާ ކިޔާނަން ފަހުރުވެރިކަމާއި އެކު 2018 ރައީސް ޔާމީން ޔަގީން އިންޝާ ﷲ

  4. ޙ.ހ

    ތިކަމުގެ ފައިދާ ކުރާނީ މާލޭގައި ދިރިއުޅޭ އަޅުންނަށް.

  5. ޢާމަން

    ސަޅި ވައުދެއް، ސަޅި ތަރައްޤީ، ސަޅި ބުރިޖެއް. ކުރިއަށް ދިވެހި ގައުމު. އެއްލަކިން

  6. ނަލަ

    ބަލަ ތިކަމެން ވެރިކަންކުރާ މާލޭގެ ރައްޔަތުންގަބޫލެއްނުކުރޭ މިހާރުވެސް ތާއީދު ކުރަނީ ފަނާކުރަނި ވެރިންނައް ބަލަ ރައީސް ޔާމީނު ކިތަމެ ކަމެއްކޮއްދިނަސް ތިނަދޫ ކުޅުދުއްފުށި ފުވައްމުލަކުގެ ތާއީދެއް ނުލިބޭނެ ހަމަބޭނުމީ ފަނާކުރަނި ފިކުރު ވަގުތީ މަންފާ ބަލަ ރައީސް ޔާމީނައް ހެޔޮއެދޭ މީހަކުވަރައްމަދު ދެހާސްއަށެއްގައި މައުމޫނައްވީގޮބަލަ؟؟

  7. ޙާލުގެދުލުން

    އަލްހަމްދު ލިﷲ. މިކަންވެސް މިނިމެނީތާ. ﷲ އިރާދަފުޅާމިންވަރު ފުޅުން ރައީސްޔާމީން 2018 އިންތިޚާބު ކާމިޔާބުވާނެ.

  8. މުޙައްމަދު އަޙުމަދު

    ހުޅުލޭގައި ޖައްސާ ކޮންމެ މީހަކަށް ވިއްސާރަ ދުވަސް ދުވަހު ރާޅާ ތަޅަމުން އަންނަން ނުޖެހި ބަހުގައި ބުރިޖުން މާލެ އަންނާނީ ދޮންކަލޯ މާލޭ މީހުން އެކަނިތަ؟

  9. ނުރަބޯ

    މިކަންކަމާމެދު ދިވެހިރައްޔިތުން ވިސްނާފަ، މިސަރުކާރަށް ތާއީދުކޮށް، ތާއީދު ހޯދައިދިނުމަކީ އިތުރު ތަރައްގީ ލިބި ތަނަވަސް ކަން އިތުރު ވާނެ ކަމެކެވެ.

  10. ޢިބޫ

    ބުރިޖް ނިމުނީމަ ވީކީއެއްނޫން...ހަތަރުމަސްމިވީ ޓީޗަރުން ހަމަނުވާތާ...މަޖުބޫރު މާއްދާއަކަށް މިޙާރު އިސްކަންދެނީ ޗައިނާބަސް ދަސްކޮށްދޭން...އިނގިރޭސި ހިސާބު ޓީޗަރު ނެތްތާ ދެމަސްވީ...ދެން އަތްޖަހާ...

  11. އަސް

    ބުރިޖު ކިތަންމެ ހިއްގައިމުވިއަސް ޔާމީނަކަށް މިފަހަރު އިންތިޚާބުގައި ރައްޔިތުން ވޯޓެއް ނުދޭނެ، ސަބަބަކީ މިސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެން ދިއުން

  12. ބަކުރުބޭ

    އަޖާބެއް ނުވާނެތަ މާލޭގަ އުޅެނީ %75 ރާއްޖެތެރެ މީހުނޭ އެމްޑީޕީގަ ގިނަވާނީ ގުރޭޑް 7 ގެ ފެންވަރުނެތް ގަމާރުން ބޯހަލާކު

  13. ހީހީ ހަލާކު

    އަނިޔާއޭ ތިކިޔާނީ ޔާމީނު ކޮންއަނިޔާއެއްކޮއްގެން ކުށުގެ ތުހުމަތުގަ އައްޔަރުކިތީމަތަ ކުއްކުރާއިރު އެކުށައް އަދަބު ލިބޭނެކަމެއް ނޭގޭތަ ނޭޅޭނޭބުނި ބުތިޖު އެއޮތީ އަޅާފަ ދެން ބުރިޖު މައްޖަށް އަރަން ތައްޔާރުވޭ