އޭޑީކޭގައި އޮތް ބަލި މީހެއްގެ ބިލަށް އެރި ފަސް ލައްކަ ރުފިޔާ، (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ) އެންސްޕާއިން ދައްކައިދީފިއެވެ.

އެންސްޕާގެ އެހީގައި ބިލް ދައްކައިދީފައި ވަނީ ޏ. ފުވައްމުލަކު ދޫނޑިގަން، އާގޭ މުޙައްމަދު މުންއިން ޢަލީ (34) އަށެވެ. އެނގިފައިވާގޮތުގައި މުންއިންމް އޭޑިކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަސް އޮޕަރޭޝަނެއްކޮށްފައި ވެއެވެ. އޭނާ ބައެއް ފަރުވާތައް އާސަންދައިންވެސް ކަވަރުކޮށްފައިވާއިރު، އެންސްޕާއިން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ އޭޑީކޭއަށް ދައްކައިދީ އެކަން އާއިލާއަށް އަންގާފައިވާ ކަމަށް މުންއިމްގެ އާއިލާއިން ވަނީ ބުނެފައެވެ.

މުންއިމްގެ އާއިލާއިން ބުނެފައިވާގޮތުގައި، އޭނާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. އެންމެ ފުރަތަމަ އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އޭޑީކޭއަށް މުންއިމް ބަދަލުކުރީ އައިޖީއެމްއެޗުގައި ދެވެން ނެތް ފަރުވާދިނުމަށް ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އެއަށްފަހު މުންއިމްގެ ބޮލުގެ ނާށިގަނޑުން ދުޅަވެފައިވާ ބައެއް ކަފާލައި ސިކުނޑިއަށް ލޭ އެޅިފައިވާތަނެއް ކަފާލުމަށްފަހު ސާފުކޮށްފައިވާއިރު، ފަހުން އެތަން ދުޅަވުމާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ކޮށްފައިވާކަމަށްވެސް މުންއިމްގެ އާއިލާއިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންތަކަށްފަހު ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން މުންއިމް އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތްއިރު، ކޮޓަރީގެ ކުއްޔާއި އެކު ބޮޑު ޢަދަދެއް އޭނާގެ ބިލަށް އަރާފައިވާ ކަމަށް ވެއެވެ. ނަމަވެސް ޢާންމުންގެ އެހީއަށް އެދުމުގެ ކުރީން އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ މުންއިމްގެ އާއިލާއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އެންސްޕާއަކީ މީގެ ކުރިންވެސް ބަލި މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޭޖެންސީއެކެވެ.

މުންއިމްއަކީ އުފެދުމުގައި ދިމާވި ކަމެއްގެ ސަބަބުން ނުކުޅެދޭ މީހެކެވެ. މުންއިމްގެ މަންމަ ވަނީ އޭނާ ވިހެއިތާ މާގިނައިރެއް ނުވެ ދުނިޔެއާއި ވަކިވެފައި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އައްޔުބެ

    އޯގާތެރި ސަރުކާރަށް ޝުކުރިއްޔާ.

  2. ކުޑަބެ

    އޭޑީކޭ ހޮސްޕިޓަލް ތީ ސީދާ ރައްޔިތުންގެ ލޭބޯ ތަނެއް

  3. ާހަމަ

    ތިގޮތައް ޓްރީޓޮޕްއަށްވެސް އެންސްޕާއިން އެހީތެރި ނުވަނީ ކީއްވެބާ؟؟

  4. އަސް

    އަހަރެން ނައް މިކަހަލަ އޯގާތެރި ސަރުކާރަކައް ހުރިހާ އެންމެއް ވެސް އާއެކޭ ބުނުން އެއީ އެންމެ ރަގަޅު ގޮތް.

  5. ޝާން

    މިހާރު ހުރިހާ ކަމެއްވެސް ކޮށްދޭނެ. ބަލަގަ ހުޅުމާލޭ އެކްސިޑެންޓްވީ ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލް ބިލްނުދެއްކިގެން އާއްމުންގެ އެހީއަށް އެދި ފައިސާ ހޯދިއިރުވެސް ތިއެންސްޕާ އިންދިނީ އޭގެން އެތިކޮޅެއް. ބަލަގަ ރައްޔަތުންނަކަށް ނޯޅޭނެ.

  6. ބޮކި ބޮކި ބޮކި

    ވަރަށް އޯގާތެރިއެއްނުއް ޓުރީޓޮޕް އޮތް ބަލިމީހަކަށް ފައިސާދެއްކީ ތިބުނާ އާސަންދަ ނޫން....ދެން ކޮން އޯގާތެރިކަމެއް ގެވާހަކައެއްތަ

  7. Anonymous

    އަޅާޅުމާއި އޯގާތެރިކަމަކުންގެއްޅުމެއްނުވާނެ

  8. ތިއްތި

    ޕޕމ މީހެއްވީމަ ތިކަން ކޮށްދިނީ

  9. މީ

    އަލްހަމްދުﷲ

  10. މުހައްމަދު

    ޥަކިބަޔަކަށް ތިޔަގޮތަށް ފައިސާވެސްދެނީ އަހަރުމެން އެދުމުން ދެނީ ކުޑަ ކުޑަ އެއްޗެއް ސަލާން ޖެހީމަވެސް ތަފާތު ކުރުން ވަރަށް ބޮޑަ ތަފާތު ކުރޭ

  11. ޝުކުރިއްޔާ ޤައުމު

    މިއަދު އަޅުގަނޑުމެންގެ ދައްތައަކަށްވެސް އެންސްޕާއިން އެހީވެދެއްވި.. ވަރަށް ކުޑައިރުކޮޅެއްގެ ހުރިހާ ކަމެއް ހަމަޖައްސާދިނީ.. އަސްލު އެހީ ވާނެ ހުރިހާ ބަޔަކަށް ވެސް.. އެކަމާ އުޅެގެންވާނީ އެކަމެއް

  12. ޙަފްޞާ / މާލެ

    ކަތުރުފަންޏާ މަކުނުވަލުން ފުރިފައޮތް ދައުލަތުގެ ރިޟާވް މިއަދު ވަނީ މަކުނުވާ ފޮޅާ ސާފްކޮށް ޑޮލަރުން ފުރާލާފަ! ފައިސާ ދެއްކޭނީ ފައިސާ ހުރި ސަރުކަރަކުން! މިއީ ޙަޤީޤަތަކީ! ވަރުއަރާބަޔަކު ވަރުއަރައަރާ ތިބޭ!

  13. ނަސީދު

    ސަރުކާރަކީ ރައްއިތުން ބަލަން ހަދާފައި އޮންނަ މުއަސިސާ ސޯ ދެއްޓް އިސް ސަރުކާރުގެ ރެސްޕޮންސިބިލިޓީއެއް ދައުލަތައްޓެކްސް ދައްކަނީ އެއިގެން ހަރަދުކުރަން

  14. އައްޔުބެ

    އައްޔުބެ މެން މިބުނަނީ ރަނގަޅުމަގުން ހިނގީމަ ރަނގަޅުވާނެޔޭ.