ގިނަ ބަޔަކު މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް އެދެމުން ދަނިކޮށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެމަނިކުފާނުގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގަން ވައުދުވެ ވަޑައިގެންފި އެވެ.

މިއަދު އިބޫ ދެއްވި ހާއްސަ ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ފުދުންތެރި ދައުލަތަކަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ ޓެކްސް ނިޒާމެއް ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީ އިން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުއްދެން ޖެހޭނެ ކަމަށެވެ.

"އެމްޑީޕީން ތައާރަފްކުރި ޓެކްސް ނިޒާމް މިހާރު ވަނީ ފުރިހަމަ ކުރަންޖެހިފައި. އެކަން ފުރިހަމަ ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން. މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް އިންކަމް ޓެކްސް ނެގުމަކީ އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް. 2011 ވަނަ އަހަރު ފަރުދުންގެ އާމްދަނީން ޓެކްސް ނެގޭ ބިލް ވެއްދުނު، މިހާރު ޖަޒީރާ މެނިފެސްޓޯގައި ވެސް އެކަން ވާނީ ހިމެނިފައ " އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިންކަމް ޓެކްސް ނެގޭނީ ފުދުންތެރިކަން ހުރި މީހުންގެ އަތުން ކަމަށާއި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ނެގޭ ޕްރޮގްރެސިވް ޓެކްސްއަކަށް އެ ޓެކްސް ވާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ އިތުރަށް ވިދާޅުވީ، ރައްޔިތުން ގެދޮރުވެރިކުރުވުމާއި ބޮޑެތި ބަލިތަކަށް ސަލާން ޖެހުން ހުއްޓުވުމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބުމަށާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެކަންކަން ކުރެވޭނީ ޓެކްސްގެ ނިޒާމް ފުރިހަމަކޮށްގެން. އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ތައާރަފްކުރެވިގެން ދާނެ. އެކަން އަޅުގަނޑުމެން ކުރާނީ ރަނގަޅަށް ދިރާސާކުރުމަށްފަހު އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވަރަށް ރަނގަޅަށް މަޝްވަރާ ކުރެވި އެއަށްފަހުގައި" އިބޫ ވިދާޅުވި އެވެ.

މި ކަމާއި ގުޅޭ ތަފްސީލްތައް އޭނާގެ ވެރިކަމެއްގައި ގާނޫނެއްގެ ސިފައިގައި ލިޔެވިގެން ދާނެ ކަމަށާއި މީރާއިން މިހާރު ވެސް ނާޖައިޒު ފައިދާ ނަގަމުންދާއިރު ނާއިންސާފުން ޖޫރިމަނާތައް ކުރާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މީރާއިން ނާއިންސާފުން ކުރަމުންދާ ކަންކަން ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ބަދަލު ކުރައްވާނެ ކަމަށެވެ. އިބޫ ވަނީ މިނިވަން ޓެކްސް އެޕީލް ޓްރިބިއުނަލެއް ގާއިމް ކުރައްވާނެ ކަމަށް ވެސް މިއަދު ވިދާޅުވެފަ އެވެ.

އިބޫ ވިދާޅުވީ މީހުންނަށް އިތުބާރު ކުރެވޭ ތަނަކަށް މީރާ ހަދާނެ ކަމަށެވެ. އެގޮތުން މީރާގެ ބޯޑާއި އޮފިޝަލުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ، އާންމު ވިޔަފާރިތަކާއި ފަރުދުންގެ މައުލޫމާތުތައް ރައްކާތެރިކޮށް އެ މައުލޫމާތުތައް ނާއިޒު ގޮތުގައި ސިޔާސީ ބޭނުމަށް ބޭނުން ކުރުން ހުއްޓުވުމަށް މީރާގެ އޮފިޝަލުން ޖަވާބުދާރީ ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

" ކޮރަޕްޝަނާއި މަގާމުގެ ނާޖައިޒު ބޭނުންކުރުން ހުއްޓާލުމުން ދައުލަތް މުއްސަނދި ވާނެ އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭނަން " އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އިބޫ ވިދާޅުވީ، ގާސިމް ފަދަ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ވިސިލްބްލޯވާޒް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އެކި ފަހަރު މަތިން އިންކަމް ޓެކްސް ނެގުމުގެ ވާހަކަތައް ދައްކާފައިވީ ނަމަވެސް މިހާތަނަށް އެކަން އެއްވެސް ސަރުކާރަކުން ކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާށިހޮވާ

    އިންކަމް ޓެކްސް ތަމެން ނަގަން ތިޔާ އުޅެނީ އެއީ އެމްޑީޕީ އެއްޗެހި ތައް މަސައްކަތެއް ނުކޮށް ބުރަ ކޮށް މަސައްކަތް ކުރާ އަމިއްލަ ވިޔަފާރި ވެރިން ކުރާ މަސައްކަތުން ކަޓް ކާލައިގެން ތިބުމުގެ ބޭނުމުގައި ދޯ ރާއްޖޭގައި ކޮޕީ ޕޭސްޓް ޔާރާ ދިލްދާރާ ޓެކްސް ރެޖީމް ތައާރަފް ނުކޮށް ވެއްޖެ އެއް ނޫންތޭ މާލެ ސަރަހައްދުން ފުށި ދިއްގަރު ފަޅު ހިއްކައިގެން 1 ސެންޓިލިއަން އަކަފޫޓް ކުއްޔަށް ދޭން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މުޅި ދުނިޔެ އަށް ހުޅުވާލައިގެން އެއިރުން ދުނިޔޭގެ ހުރިހާ ގައުމު ތަކުންނާއި ހުރިހާ ދިވެހިން އެތަނުން ބިން 1000 އަހަރަށް ކުއްޔަށް ހިފުމުން މަހަކު 1 ސެންޓިލިއަން ރުފިޔާ ލިބޭނެ ނޫންތޭ އެހެން ވެއްޖެނަމަ ދެން ޖީއެސްޓީ އުވާލާ ބީޕީޓީ އުވާލާ ކަސްޓަމްސް ޑިއުޓީ އުވާލާ އިންކަމް ޓެކްސް އޮޅާލާ ރާއްޖެއަކީ އެއީ ދުނިޔޭގައި އޮތް ހަމަ އެކަނި ޓެކްސް ފްރީ ކަންޓްރީ އަކަށް ހެދޭނެ ނޫންތޭ އެއްގޮތަކަށް ވެސް އިންކަމްޓެކްސް ނަގައިގެން ނުވާނެއޭ ތަމެން ދެން ވޯޓް ހޯދުމުގެ ބަދަލުގައި ކާށި ހޮވާ އިނގޭ

  2. އޮޅާލާ

    އިންކަމްޓެކްސް ރާއްޖޭގައި ނަގައިފިނަމަ ދެން ރާއްޖޭގައި އިންވެސްޓް ކުރާނެ މީހަކު ނުވާނެއޭ ކަން މިހެން ހުުރުމުން އިންކަމް ޓެކްސް ނުނަގާ އެހެން އިކޮނޮމިކް އެޕްލިކޭޝަންސް ތައް ބަލަންވީ އެޕްލައި ކުރެވޭތޯ އެގޮތުން ބަލާއިރު ހިޔާ މަޝްރޫއުގެ ދަށުން އެބަޖެހޭ 1 ޓްރިލިއަން އަކަފޫޓް ހަމަވާ އަދަދަށް ފްލެޓްސް ތައް ގުޅިފަޅު ގައި އިމާރާތް ކުރުމަށް ފަހު 1 ޓްރިލިއަން އަކަފޫޓްގެ ކަވަރޭޖް ހިމެނޭ ފްލެޓްސް ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭން އެއިރުން މަހަކު 1 ޓްރިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ކުލިން ސަރުކާރަށް ލިބުނީ އެއް ނޫންތޭ އެއީ ބަލަހައްޓަން ފަސޭހަ އެޑްމިނިސްޓްރޭޝަން ކޮސްޓް ކުޑަ ނިޒާމެކޭ ޓެކްސް ނިޒާމް ބަލަހައްޓަން މީރާ އަށް ކުރަން ޖެހޭ ޚަރަދުގެ ފެކްޓަރ އަކީ އެއީ ނަގާ ޓެކްސްގެ %80 އޭ ދެން ކޮން ފައިދާ އެއްތޭ އެނިޒާމް އިން ކުރަނީ އިންކަމް ޓެކްސް ތަމެން ރަނގަޅު ވާނީ ދެން އޮޅާލިއްޔާ އިނގޭތޭ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. ޟަމީ

    ޒަކާތް ވާޖިބުވާ މީހުންގެ އަތުން ޒަކާތް ނަގާބަލަ ދީނުގައި ވާގޮތަށް.

    • ކަހުރަބު

      ކަންކަން އަބަދުވެސް ޖެހޭނީ ޒަމާނަށް ފައްތަން

    • Abdul Latheef

      ތިކަމެއް ކުރާނެ ވާހަކަ އެއް ނުކެރޭނެ ބުނާކަށް. އަދި ނުވެސް ކުރާނެ.

  4. ނަސްރު

    ދީނުގައި އޮންނަނީ ޒަކާތްނެގުން. ޒަކާތް ނުދޭމީހުންގެ އަތުން ގަދަކަމުންވެސް ޒަކާތް ނަގާބަލަ. ދީނުގަ އިންކަމްޓެކްސްނެގުމެއްނޯވޭ. ކޮންމެކަމެއް އިދިކޮޅަށް.

  5. ނޯޓެކްސް

    ރާއްޖެއަކީ އިންކަމް ޓެކްސް ނަގާނެ މުއްސަދި ވިޔަފާރި ކުރާ ތަނެއް ނުން. ޓެކްސް ނަގާށޭ ކިޔާފާ ދެން ކުރާނެ ކަމަކީ އެކި އިއްލާނާ ކުރުމާ ސާކިއުލާ ހަދައިގެން އިމްޕޯޓު ލައިސަންސް އޮތްތޯ ބަލާފާ އެމީހާ މައްޗަ އެކިއެކިކަން ލާޒިމް ކޮށް އެމީހާ ބޮޑު އޮފީސް ހަދައިގެން އޮޑިޓް ރިޕޯޓް ހެދުމަށާ ނުލިބޭ ފައިސާއިން ޚަރަދު ކޮށްގެން އެކި ރިޕޯޓު ނުފޮނުވާ ނަމުގާ ޖުރުމާނާ ކުރަން ފަށާނެ. ދުނިޔޭގެ މީހުން ޓެކްސް ނެގީމާ އެކަންވެސް ކޮޕީ ކުރަން އެބަޖެހޭ. މަރަށް މެރު ހިފަން ފެށީމާ މީހަކު މަރާލަން ހިތަށް އެރުމާއެކު އެމީހާ ފްރޭމް ކޮށް މަރާލާނެ ވަރު ކޮރަޕްޓު އިނސާފެއްނެތް ނާތަހްޒީބު ބައެްގެ ތެރޭގާ ޓެކްސް ވެސް ނަގާނީ އެކަހަލަ ގޮތަކަށް ކަން އެއީ ވަރަށް ސާފުކޮށް އެނގޭކަމެއް.ކެނެރީގެ ނަޝީދު ހިނދު ކޮޅެއްގާ ހުރެގެން ކުރާ ކަނތައް ރާއްޖޭގާ ކުރަން އުޅޭބައެއް.

  6. ޔޫބީއައި

    އިންކަމް ޓެކްސް ނަގައިގެން ވެސް ކުރަން ހަމަޖައްސާފަ ތި އޮތީ މިހާރު ނުނަގާ ކުރާ ކަންތައް. މިއީ ރަނގަޅު ގޮތެއް ނޫން. ރައްޔިތުން އަތުން ފައިސާ ނަގާފަ ރައްޔިތުންނަށް ފައިސާ ދޭންވެސް ވާނެ. އަޅުގަނޑު ވަކާލާތު ކުރަނީ ޔުނިވާސަލް ބޭސިކް އިންކަމް ދިނުމަށް. ބޮލަކަށް 2000ރ މަހަކު. އޭރުން އަހަރަކު 10ބިލިއަން ވަރު ވާނީ. ރާއްޖޭގެ މިހާރުގެ އާމްދަނީ އަކީ 36ބިލިއަން. އިންކަމް ޓެކްސް ނެގީމަ އާމްދަނީ 72 ބިލިއަން އަށް އަރާނެ ކަމަށް ލަފާކުރެވޭ. އެހެންވީމަ ޔޫބީއައި ދީފަ ވެސް އަދި ބާކީ ވާނެ 24 ބިލިއަން.